ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާތީ ރާއްޖޭގައި ވެސް ތެލުގެ އަގަށް ބަދަލު ގެނެސްފި

ފިއުލް ސަޕްލައިގެ ތެޔޮ ޝެޑެއް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފިއުލް ސަޕްލައިގެ ތެޔޮ ޝެޑެއް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ، ރާއްޖޭގައި ވެސް ތެލުގެ އަގު ބޮޑުކޮށްފި އެވެ.

އެންމެ ގިނައިން ރާއްޖެ އަށް ތެޔޮ އެތެރެކުރާ، އެސްޓީއޯއިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް 14.80ރ. އަށެވެ.

މިއީ ޕެޓްރޯލް ލީޓަރަކުން 2.54ރ.، ޑީސަލް ލީޓަރަކުން 2.36ރ. ގެ ބޮޑުވުމެކެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް 12.06ރ. ވިއްކަމުން ދިޔައިރު، ޑީސަލް ލީޓަރެއް ވިއްކީ 12.44 ރ. އަށެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމުގެ ނެތި އުފުލެމުން ދަނިކޮށް، ފެބްރުއަރީ މަހު ފަހުކޮޅު ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަން ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ ތެލުގެ އަގު މައްޗަށްދާ ނިސްބަތް ވަނީ އިތުރަށް ހަލުވިވެފަ،" އެސްޓީއޯގެ ބަޔާނުގައިވެ އެވެ.

ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގެ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 112 ޑޮލަރަށް ޖެހިފަ އެވެ.

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރީ ޖެނުއަރީ 21 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

"އިލީ ޑޭ" ފާހަގަކޮށް "ގޯލްޑަން އަވާ ސީރީޒް" ތައާރަފުކޮށްފި

ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅުވައިގެން ސިމްޑީ ގްރޫޕުން "އިލީ ޑޭ" ކުލަގަދަކޮށް ފާހަގަކޮށް، އިލީ ކޮފީގެ އާ ފަސް ރަހައެއް ހިމެނޭ "ގޯލްޑަން އަވާ ސީރީޒް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. މި ހަފުލާގައި މި ބުއިންތައް ތައްޔާރުކުރާނެ ގޮތުގެ މާސްޓަރކްލާހެއް ކުރިއަށް ގެންގޮސްފައިވާއިރު، މިހާރު ރާއްޖޭގެ މަގުބޫލު ކެފޭތަކާއި ރެސްޓޯރެންޓްތަކުން މި އާ ރަހަތައް ލިބެން ހުންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox