ޕާސްޕޯޓް ހިފެހެއްޓުން ސިޔާމް ސިފަކުރީ ސިޔާސީ ޖަރީމާއެއް ގޮތަށް

ސަން ކުންފުނީގެ ވެރިޔާ ސިޔާމް: އެ ކުންފުނިން ހިލްޓަންއަށް ފައިސާ ނުދެއްކި މައްސަލަ ދިފާއުކޮށް، އޭނާ ގޯސްކުރީ ޖޭއެސްސީއާ، ވިދާޅުވީ އެއީ ސިޔާސީ ހުކުމެއް ކަމަށް،-- ފޮޓޯ: މަޖިލީސް

ސަން ކުންފުނީގެ ވެރިޔާ ސިޔާމް: އެ ކުންފުނިން ހިލްޓަންއަށް ފައިސާ ނުދެއްކި މައްސަލަ ދިފާއުކޮށް، އޭނާ ގޯސްކުރީ ޖޭއެސްސީއާ، ވިދާޅުވީ އެއީ ސިޔާސީ ހުކުމެއް ކަމަށް،-- ފޮޓޯ: މަޖިލީސް

ހިލްޓަން އިންޓަނޭޝަނަލަށް ދޭން ޖެހޭ 24 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދީ އޮތް މައްސަލާގައި ސަން ކުންފުނީގެ ވެރިޔާ، އަހްމަދު ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމާ އެކު، ދިފާއުގައި އެ އަމުރަކީ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ނެރުނު އެއްޗެއް ކަމަށް ވިދާޅުވެއްޖެ އެވެ.

ސަން ޓްރެވަލްއިން 2009 ވަނަ އަހަރު ހިލްޓަންއާ އެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރް އާބިޓްރޭޝަނުން ކަނޑައަޅައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން ސަންގެ މައްޗަށް އަމުރުކުރި އެވެ.

އެ ނިންމުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާއިރު، ސިޔާމްގެ އިތުރުން ސަން ޓްރެވެލްގެ އަނެއް ޑިރެކްޓަރު އަދި ސިޔާމްގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ވަނީ ހިފަަހައްޓާފަ އެވެ.

އަމުރު ތަންފީޒުކުރުމަށްޓަކައި ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މީގެ ދެ އަހަރު ކުރިން ބޭންކުތަކަށް އަމުރުކުރީ ސަން ކުންފުނީގެ އެކައުންޓްތަކުގައި އަށް މިލިއަން ޑޮލަރު ހުރި ނަމަ އެ ފައިސާ ހިފަހައްޓުމަށެވެ. އަދި އެއަށް ވުރެ މަދުން ހުރި ނަމަ އެ ކުންފުނީގެ ނަމުގައިވާ ހުރިހާ އެކައުންޓަކު ހުރި ފައިިސާތައް އެއްކޮށް ހިިފެހެއްޓުމަށެވެ. އެ ނިންމުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައިކޯޓުން ވެސް ތާއީދުކޮށްފައިވާއިރު، ހިލްޓަންއާއި، ސަންގެ ދެތިން މައްސަލައެއް މިހާރުވެސް ހިނގަމުން އެބަދެ އެވެ.

އެކަމާ ގުޅިގެން އެމްޑީއޭގެ ސިޔާސީ ހަރަކާތްތައް މަޑުޖެހިފައިވާ އޮންނަތާ އެތައް މަހެއް ފަހުން އެ ޕާޓީގެ ލީޑާޝިޕުން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. ސިވިލް ކޯޓުގެ އަމުރަކަށް ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުން އޭނާ ސިފަކުރީ ގާނޫނުތަކާއި ގަވާއިދުތަކާ ސީދާ ދެކޮޅަށް ކަމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެން ހިންގައިގެން ލިބޭ އެއްޗަކަށް ވުރެ މާ މަތީ އަދަދެއް ދޭނެ ކަމަށް ބުނެ، މެނޭޖްމަންޓް ކުންފުންޏޭ ކިޔާ ސީދާ އިޒްރޭލުގެ ކުންފުންޏަކުން، އެގްރީމެންޓް ހެދީ، ނަމަވެސް އެގްރީމެންޓްގައި ސޮއިކުރުމަށްފަހު، އެއްބަސްވުމާ ހިލާފަށް ހުރިހާ ތަންތަނުން ވައްކަންކޮށް ހަތަރު ދުވަސްތެރޭގައި މުޅި ކުންފުނި ބެންކްރަޕްޓް ކޮށްލީމަ އެމީހުންގެ އެގްރީމެންޓް ކެންސްލްކޮށްލީ. އެކަމާ ގުޅިގެން ކޯޓަށް ގޮސްގެން ފުރަތަމަ އެމީހުންނަށް ވިން ވީ. ދެވަނަ ފަހަރު ކޯޓަށް ގޮސްގެން އަޅުގަނޑުމެންނަށް ވިން ވީ. މިއަދު އެ އުޅެނީ އަނެއްކާ އެމީހުންނަށް ވިން ވެގެން،" ސިޔާމްގެ ނަޒަރުގައި އެކަން ހިނގައިދިޔަ ގޮތް ކިޔައިދެއްވި އެވެ.

"އަޅުގަނޑުމެންނަކީ މަލްޓި މިލިއަން ކުންފުންޏެއް. މިގޮތަށް ކުއްލިއަކަށް ޕާސްޕޯޓެއް ނުހިފެހެއްޓޭނެ. ގާނޫނުތަކާއި ގަވާއިދުތަކާ ވެސް ހިލާފަށް ކޮށްފައި އޮތް ސިޔާސީ ޖަރީމާއެއް،"

ސިޔާމްގެ ފާޑުކިޔުން ޖޭއެސްސީއަށް

ހިލްޓަންއަށް ފައިސާ ނުދެއްކި މައްސަލަ ދިފާއުކޮށް، ސިޔާމް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ފާޑުކިޔަން ފެށީ ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ކަމުގައި ޖޭއެސްސީއަށެވެ. އެ ކޮމިޝަންގެ ކޮމްޕޮޒިޝަން އެތުރިފައި ވަނީ ހުސް ސިޔާސީ ބޭފުޅުންގެ މައްޗަށްކަން ފާހަގަކުރަމުން އޭނާ ވަނީ އެ ކޮމިޝަނުން ރައްޔިތުންނަށް ލިބޭނެ އިންސާފަކާ މެދު ސުވާލު އުފައްދަވާފަ އެވެ.

"ސަދޫމާއި މި ގައުމާ ކޮބާތޯ ތަފާތަކީ. ގާޒީން މި ތިބެނީ ގޭގައި. ޖުޑީޝަލް ސާވިސް ކޮމިޝަނުން މި ލިޔުއްވަނީ މިގޮތަށޭ ހުކުމް ކުރަންޖެހޭނީ. މިގޮތަށް ނުކޮށްފިއްޔާ ގާޒީން ގެއަށޭ ފޮނުވާލާނީ. މިއީތޯ އިންސާފަކީ،" ސިޔާމް ވިދާޅުވި އެވެ.

އޭނާގެ ވިޔަފާރީ ފުނޑާލުމަށް އެކި ފަހަރު މަތިން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް މީގެ ކުރިން ސިޔާމް ކުރައްވާފައިވާއިރު، އިއްޔެ ވެސް އޭނާގެ ބަހުގެ ހަމަލާތައް އެމަނިކުފާނަށް އަމާޒުކުރެއްވި އެވެ.

"ސިޔާސީ އެންމެ ބޮޑު ޕާޓީގެ ލީޑަރު އިނދެގެން ކިހިނެއްތޯ އަދުލު އިންސާފެއް ގެންނާނީ. ގެނެވޭނެ ގޮތެއް ވިސްނާލާ. ރާއްޖޭގައި ހިންގި އެންމެ ބޮޑު ސިޔާސީ ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ މައްސަލައިގެ އެންމެ ބޮޑު މަންފާއެއް ލިބުނީ ކޮން ފަރާތަކަށްތޯ،" އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެންމެ ބޮޑު މަންފާއެއް ލިބުނީ ރައީސް ނަޝީދަށް ކަމަށް ސިޔާމް ތުހުމަތުކުރެއްވި އެވެ.

އެ ވާހަކައާ އެކު އޭނާ ވަނީ ވެރިކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށް، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކުރައްވާފަ އެވެ. އެގޮތުން އެމްޑީއޭގެ ސަރުކާރެއް ނުވަތަ އެ ޕާޓީން ތާއީދުކުރާ ސަރުކާރެއްގައި ވެސް، ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ނުބައިތިއްބާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. އޭނާ ވައުދުވެވަޑައިގަތީ ޖުޑިޝަރީ އިސްލާހު ކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށެވެ.

ޕާސްޕޯޓް ހިފެހެއްޓީ އަބުރު ކަތިލަން

އޭނާއަކީ ދައުލަތަށް އެންމެ ގިނަ އަަދަދަކަށް ޓެކްސް ދައްކާ މީހާކަން ފާހަގަކޮށް ސިޔާމް ވަނީ އެހެން ގައުމުތަކުގައި ބޮޑެތި ޓެކްސް ދައްކާ މީހުންނަށް ގަދަރު ކުރާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އޭނާ ދެކެނީ އޭނާއަަށް ސެލިއުޓް ހައްގު ކަމަށެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ޒާތީ ގޮތުން ޖައްސަލައި، އަގު ވައްޓާލުމުގެ ގޮތުން ކަމަށް ގަބޫލުކުރައްވަ އެވެ.

"ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ޓެކްސް ދައްކާ އެންމެ ބޮޑެތި ކުންފުނިތަކުގެ ވެރިންނަކީ ހާދަ ގަދަރުވެރި ބައެކޭ، ރާއްޖޭގައި ކިހިނެއްތޯ މިވަނީ؛ ޒާތީގޮތުން ޖައްސާލައި ޒާތީ ގޮތުން އަނިޔާކޮށް މީހުންގެ އަގު ވައްޓާލަން ޕާސްޕޯޓް މި ހިފަހައްޓަނީ" ސިޔާމް ވިދާޅުވިއެވެ.

ހިލްޓަން މައްސަލައި ހައިކޯޓުގެ އިސްތިއުނާފަށް ބަަލައިގެންފައި ކަމަށާއި، ކޯޓުން އަންގާ އެންގުމަކާ ގުޅިގެން ލަހެއްފަހެއް ނުވެ އެ ކުންފުނީގެ ވަކީލުން ކޯޓަށް ހާޒިރުވަމުން ދަނިކޮށް، އޭނާގެ ޕާާސްޕޯޓް ހިފެހެއްޓުމަކީ ދިން އަނިޔާއެއް އަދި ހިންގި ބޮޑު ޖަރީމާއެއް ކަމަށް އޭނާ ދެކެ އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި މީހަކު ހޯދުމުގެ މަސައްކަތް އެއްވެސް ވަރަކަށް ނުކޮށް، ކޯޓުތަކުން "ޓަސްލާފައި" މީހުން ހޯދައި ނުފެނިގެން ކަމަށް ބުނެ ފޮޓޯ އާންމުކުރެ އެވެ. އޭނާގެ ނަޒަރުގައި އެކަން ކުރަނީ މީހުންގެ އަބުރު ކަތިލައި އަގުވައްޓައިލުމަަށެވެ.

ސިޔާމުގެ ލޯނަކަށް ފައިސާ ދެއްކޭނެ މަގު ސަރުކާރުން ފަހިކޮށްދިން

ކޮވިޑްގެ އެންމެ ދަތި ދަނޑިވަޅުގައި، ބޭރު ފައިސާ ރާއްޖެއަށް ލިބޭނެ ހުރިހާ މަގެއް ބަންދުވެފައި ވަނިކޮށް، އަހުމަދު ސިޔާމް ހޯލްޑިންގްސް (އޭއެސްއެޗް) އިން ދައުލަތުން ޒިންމާވާގޮތަށް ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނަށް ނުދެއްކިވާ ފައިސާ ދެއްކޭނެ މަގު ސަރުކާރުން ފަހިކޮށްދިނެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ، ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ހުރިހާ ރިސޯޓެއް ހުއްޓުމަކަށް އައިސްފައިވާ އެ ދަނޑިވަޅުގައި ބޭރު ފައިސާ ރާއްޖެއަށް ވަންނާނެ ހުރިހާ މަގެއް އޮތީ ބަންދުވެފަ އެވެ. ސަރުކާރު ޖާމިނުވާ ގޮތަށް ޗައިނާގެ އެގްޒިމް ބޭންކުން ނަނގާފައިވާ އެ ލޯނަށް ނުދެއްކިވާ ފައިސާ ދެއްކުމަށް އެ ދަނޑިވަޅުގައި ސިޔާމުއަށް، 10 މިލިއަން ޑޮލަރުގެ ލޯނެއް ބީއެމްއެލުން ދޫކުރި އެވެ.

އެ ފައިސާ 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ތެރޭ ދެއްކި ކަމަށް ބުނެ ފިނިއޭންސް މިނިސްޓްރީއިން ބަޔާނެއް ވެސް ނެރުނު އެވެ. އަދި މަޖިލީހަށް ފިނިއޭންސް މިނިސްޓަރު ހާޒިރު ކުރި ދުވަހަކު، ސިޔާމް އޭނާއަށް ތައުރީފްކުރުމަށްފަހު ސަރުކާރަށް ޝުކުރު ވެސް އަދާކުރި އެވެ.

"ދައުލަތުގެ ނަމުގައި ގެރަންޓީ ދޫކުރުމުގެ އުސޫލް"ގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓް (މިހާރު ސަން ސިޔާމް ވޯލްޑް) ތަރައްގީ ކުރުމަށް އިމްޕޯޓް އެކްސްޕޯޓް ބޭންކް އޮފް ޗައިނާ (ޗައިނީޒް އެގްޒިމް ބޭންކް)އިން 06 ނޮވެމްބަރު 2017ގައި އޭއެސްއެޗާއެކު ސޮއި ކޮށްފައިވާ، 127،500،000 ޑޮލަރު ލޯނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރު ޖާމިނުވާ ގޮތަށް ސިޔާމަށް ހޯދާދީފައިވާ ބޮޑު ލޯނެކެވެ.

މިއީ މިގޮތަށް ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން އަމިއްލަ ވިޔަފާރީވެރިއަކަށް ދިން ހަމައެކަނި ލޯންކަން ފާހަގަކޮށްލެވެ އެވެ. ސަން ސިޔާމް ވޯލްޑަކީ ރާއްޖޭގެ އެންމެ ބޮޑު ހަރަދެއް ކޮށްގެން ހަދާފައިވާ އެނދުގެ ނިސްބަތުން ބަލާނަމަ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox