Advertisement

އެސް22 އަލްޓްރާ މޫލީ އިން ޕްރީއޯޑާ ކުރެވޭނެ، ހިލޭ 60 ޖީބީ ޑޭޓާ އާއި ގެލެކްސީ ބަޑްސް

2 މާރިޗު 2022 - 17:50 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އުރީދޫން ގެލެކްސީ އެސް22 އަލްޓްރާ 256ޖީބީ ގެ ފޯނެއް ވިއްކާނީ 28،999 ރުފިޔާ އަށް -- ފޮޓޯ: އުރީދޫ


އެސް22 އަލްޓްރާ މޫލީ އިން ޕްރީއޯޑާ ކުރެވޭނެ، ހިލޭ 60 ޖީބީ ޑޭޓާ އާއި ގެލެކްސީ ބަޑްސް

2 މާރިޗު 2022 - 17:50 0

ސެމްސަންގެ އާ ފްލެގްޝިޕް ފޯނު ކަމަށްވާ ގެލެކްސީ އެސް22 އަލްޓްރާގެ ޕްރީއޯޑާ އަށް އުރީދޫ މޫލީ މެދުވެރިކޮށް މިއަދު ހުޅުވާލައިފި އެވެ.

ފެބްރުއަރީ 11، ގައި ސެމްސަންގުން ލޯންޗުކުރި ފޯނު މިއަދުން ފެށިގެން މޫލީ މެދުވެރިކޮށް 18 މާޗާ ހަމަޔަށް ޕްރީއޯޑާ ކުރެވޭނެ އެވެ.

އުރީދޫން ގެލެކްސީ އެސް22 އަލްޓްރާ 256ޖީބީ ގެ ފޯނެއް ވިއްކާނީ 28،999 ރުފިޔާ އަށެވެ. އަދި ފެންޓަމް ބްލެކް އާއި ބާގަންޑީ ކުލަައިގެ ފޯނު ލިބެން ހުންނާނެ އެވެ.

"ޕްރީއޯޑަރަށް ބައްލަވައިގަންނަވާ ކޮންމެ ސެމްސަން ގެލެކްސީ އެސް22 އަލްޓްރާ ފޯނަކާއެކު، ކޮންމެ މަހަކު 10 ޖީބީ ހިލޭ ޑޭޓާ، 6 މަސް ދުވަހަށް ލިބިވަޑައިގަންނަވާނެ،" އުރީދޫ އިން މިއަދު ހާމަކޮށްފައިވެ އެވެ.

އޭގެ އިތުރުން މޫލީއިން ޕްރީއޯޑާ ކުރައްވާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް 2 ވެސް ހިލޭ ލިބޭނެ އެވެ. ހަމައެހެންމެ، ޕްރީއޯޑާ ކުރައްވާ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އުރީދޫން ހިލޭ ޑެލިވާ ކޮށްދޭނެ އެވެ.

މި ފޯނުގައި 6.8 އިންޗުގެ ބޮޑު ޑިސްޕްލޭއެއް ހުންނާނެ އެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ ފެންވަރު ރަނގަޅު އެއް ޑިސްޕްލޭ އެވެ.

ސެމްސަންގުން ބުނާ ގޮތުގައި ކެމެރާގެ ސޮފްޓްވެއާ އަށް ބަދަލުތަކެއް ގެނެސް ކެމެރާގެ ކޮލިޓީ ކުރީ ފަހަރަށްވުރެ ވަނީ ރަނގަޅު ކޮށްފަ އެވެ. 'ނައިޓޯގްރަފީ' އާއެކު ރޭގަނޑު ނަގާ ފޮޓޯތަކުގައި ފްރޭމް ކުރުމާއި ފޮޓޯ ކޮލިޓީ ރަނގަޅުވާނެ ކަމަށް ސެމްސަންގުން ބުނެ އެވެ.

މި ފޯނުގެ ފަހަތުގައި 108 މެގަޕިކްސެލްގެ ވައިޑް ލެންސް އަކާއި، 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ލެންސެއްގެ އިތުރުން 10 މެގަޕިކްސެލްގެ ދެ ޓެލެފޮޮޓޯ ލެންސް ވެސް ހުރެ އެވެ. އަދި 40 މެގަޕިކްސެލްގެ ފްރޮންޓް ކެމެރާއެއް ވެސް ހުރެ އެވެ. ފޮޓޯތައް ރޯ ފޯމެޓަށް ވެސް ނަގާލެވޭނެ އެވެ. ސިކުންތަކު 24 ފްރޭމްގެ ނިސްބަތުން 8ކޭ ވީޑިއޯ ވެސް ނެގޭނެ އެވެ.

ގެލެކްސީ އެސް22 އަލްޓްރާގައި ގެލެކްސީ ނޯޓް 20 ގެ ފަހުން ފުރަތަމަ ފަހަރަށް އެސް ޕެން ނުވަތަ ސްޓައިލަސް އަށް ހާއްސަ ސްލޮޓެއް އިންނާނެ އެވެ. ސެމްސަންގުން ވަނީ އެސް ޕެންގެ ލޭޓެންސީ ވެސް ނުވަ މިލިސިކުންތުން 2.8 މިލިސިކުންތައް ކުޑަކޮށްފަ އެވެ. އަދި 88 ބަހަކުން ލިޔާ ލިޔުންތައް ޓްރާންސްކްރައިބް ކުރުމުގެ ގާބިލްކަން އެސް22 އަލްޓްރާގައި ހުންނާނެ އެވެ.