Advertisement

އެސް22 ފޯނުތައް މިހާރު މެކްސްކޮމްއިން ޕްރީއޯޑާ ކުރެވޭނެ، ހިލޭ ގެލެކްސީ ބަޑްސް ލިބޭނެ

20 ފެބުރުވަރީ 2022 - 16:14 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މެކްސްކޮމްއަކީ ރާއްޖޭގައި ހުންނަ ސެމްސަންގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


އެސް22 ފޯނުތައް މިހާރު މެކްސްކޮމްއިން ޕްރީއޯޑާ ކުރެވޭނެ، ހިލޭ ގެލެކްސީ ބަޑްސް ލިބޭނެ

20 ފެބުރުވަރީ 2022 - 16:14 0

ސެމްސަން ގެލެކްސީ އެސް22 ގެ އާ ފޯނުތައް ކަމަށް ގެލެކްސީ އެސް22 އާއި ގެލެކްސީ އެސް22 އަދި ގެލެކްސީ އެސް22 އަލްޓްރާ ގެ ޕްރީއޯޑާއަށް މެކްސްކޮމް ޓެކްނޮލޮޖީސް އިން އިއްޔެ ހުޅުވާލައިފި އެވެ.

ޕްރީއޯޑާ ފީއެއްގެ ގޮތުގައި 1000ރ. ދައްކަން ޖެހޭނެ އެވެ. އަދި، ޕްރީއޯޑާ ކުރާ މީހުންނަށް އެއް އަހަރު ދުވަހުގެ އޮފިޝަލް ވޮރަންޓީ އާއި ސްމާޓް ކަވަރެއްގެ އިތުރުން ގެލެކްސީ ބަޑްސް 2 ލިބޭނެ ކަމަށް މެކްސްކޮމް އިން ބުނެ އެވެ.

އެސް22 ސީރީޒްގެ ފޯނުތައް ވިއްކާ އަގުތައް

  • ގެލެކްސީ އެސް22 256ޖީބީ (ފެންޓަމް ބްލެކް) - 19،500ރ.
  • ގެލެކްސީ އެސް22 ޕްލަސް 256ޖީބީ (ބްލެކް، ގްރީން، ޕިންކް ގޯލްޑް) - 23،450ރ.
  • ގެލެކްސީ އެސް22 އަލްޓްރާ 256ޖީބީ (ބްލެކް، ވައިޓް، ގްރީން، ބާގަންޑީ) - 28،900ރ.
  • ގެލެކްސީ އެސް22 އަލްޓްރާ 512ޖީބީ (ބްލެކް، ވައިޓް، ގްރީން، ބާގަންޑީ) - 32،500ރ.

މި ފޯނުތައް ރާއްޖޭގެ އެކި އިންސްޓޯލްމަންޓް ސްކީމްތައް މެދުވެރިކޮށް ވެސް ނެގޭނެ އެވެ. އެގޮތުން، ބީއެމްއެލް އިސްލާމިކް، ބީއެމްއެލް އީޒީ ޕޭ، އެމްއެފްއެލްސީ، އަދި އިސްލާމިކް ބޭންކްގެ އިތުރުން އެހެނިހެން އިންސްޓޯލްމަންޓް ސްކީމްތައް މެދުވެރިކޮށް ވެސް ފޯނު ނެގޭނެ ކަމަށް މެކްސްކޮމްއިން ބުނެ އެވެ.

މެކްސްކޮމްއަކީ ރާއްޖޭގައި ހުންނަ ސެމްސަންގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ބާޒާރުން މި ފޯނުތައް ގަންނަން ލިބޭނީ ފެބްރުއަރީ 25، ގަ އެވެ.

އިތުރަށް ކިޔާލުމަށް: