14 މޭ 2023 - 16:06 0
ރައްޔާން މުހައްމަދު
ދެ ފޯނުގެ ވެސް ފެށޭ އަގަކީ 1،800 ޔޫއެސް ޑޮލަރު
14 މޭ 2023 - 16:06 0
ގޫގުލްގެ ފުރަތަމަ ފޯލްޑަބަލް ސްމާޓްފޯން ކަމަށްވާ ޕިކްސެލް ފޯލްޑް ގޫގުލްގެ އައި/އޯ ޑިވެލޮޕަރ ކޮންފަރެންސްގައި ދައްކާލައިފި އެވެ. މި ދެބައިކުޅަ އެއްބައި ފަށްޖަހާލެވޭ މި ފޯނުގައި 7.6 އިންޗީގެ އޯއެލްއީޑީ ޑިސްޕްލޭއަކާއި ގޫގުލް ޓެންސާ ޖީޓޫ ޕްރޮސެސަރަކާއި 12ޖީބީގެ ރެމް އާއި 512ޖީބީ އާއި ހަމައަށް ސްޓޯރޭޖް އަދި ޓްރިޕްލް ރިއާ ކެމެރާ ސިސްޓަމެއް ހިމެނެ އެވެ.
ފޯނުގެ އޮޕަރޭޓިން ސިސްޓަމަކީ ގޫގުލްގެ އެންމެ ފަހުގެ އޯއެސް ވާޝަން އެންޑްރޮއިޑް 14 އެވެ. މި އޯއެސްގައި މެޓީރިއަލް ޔޫ ޑިޒައިން، ލައިވް ޓްރާންސްލެޓް، އަދި ފޭސް މެޗް ފަދަ އާ ފީޗާސްތައް ހިމެނެ އެވެ.
އެކަމަކު ފޯލްޑަބަލް މާކެޓުގެ މިހާރުގެ ރަސްގެފާނު ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 4 އާ އަޅާބަލާއިރު ޕިކްސެލް ފޯލްޑްގެ ދަރަޖަ ކޮބައިހެއްޔެވެ؟ ގެލެކްސީ ޒެޑް ފޯލްޑް 4 ގައި ވެސް މެދުން ފަށްޖަހާލެވޭ 7.6 އިންޗީގެ އޯއެލްއީޑީ ޑިސްޕްލޭއެއް ހުރެ އެވެ. ނަމަވެސް, މީގެ އިތުރުން ފޯނު ފަށްޖަހާލާފައި ހުންނައިރު ބޭނުން ކުރެވޭ 6.2 އިންޗީގެ ކަވަރ ސްކްރީނެއް ވެސް ހުރެ އެވެ. ޕިކްސެލް ފޯލްޑްގައި ހިމެނެނީ 5.8 އިންޗީގެ ކަވާ ސްކްރީނެކެވެ.
ގެލެކްސީ ޒެޑް ފޯލްޑް 4 ގައި ސްނެޕްޑްރެގަން 8 ޕްލަސް ޖެން 1 ޕްރޮސެސަރާއި 12ޖީބީގެ ރެމް އަދި 1 ޓީބީ އާއި ހަމައަށް ސްޓޯރޭޖް ހިމެނެ އެވެ. އަދި, ޕިކްސެލް ފޯލްޑަށް ވުރެ ޒެޑް ފޯލްޑް 4 ގެ ކެމެރާ ސިސްޓަމް މާ ވަރުގަދަ އެވެ. އެއީ ކުއަޑް ރިއާ ކެމެރާ ސެޓަޕް އަކާއި މައި ސްކްރީނުގައި އަންޑާ ޑިސްޕްލޭ ސެލްފީ ކެމެރާއެއް ހިމެނޭތީ އެވެ.
ނަމަވެސް, ބެޓެރީ ޕަވާ ގައި ކުރީގައި އުޅެނީ ޕިކްސެލް ފޯލްޑެވެ. ޕިކްސެލް ފޯލްޑްގައި 4،800 އެމްއޭއެޗް ގެ ބެޓެރިއެއް ހިމެނޭ އިރު ޒެޑް ފޯލްޑް 4 ގައި ހިމެނެނީ 4،400 އެމްއޭއެޗް ގެ ބެޓެރި އެކެވެ.
ޕިކްސެލް ފޯލްޑް އާއި ގެލެކްސީ ޒެޑް ފޯލްޑް 4 އަކީ ފޯލްޑަބަލް ޓެކްނޮލޮޖީގެ ގާބިލްކަމާއި ކުރިއެރުންތައް ދައްކުވައިދޭ ޑިވައިސްތަކެކެވެ. ނަމަވެސް ދެ ފޯނަކީ ދެ އޯޑިއެންސްއަކަށް އަމާޒުވެފައިވާ ދެ ފޯނެވެ. ގޫގުލްގެ ސޮފްޓްވެއާ އާއި ހިދުމަތްތަކުގެ އިތުރުން މިނިމަލިސްޓް ޑިޒައިންއަށް ލޯބި ކުރާ ފަރާތްތަކަށް ޕިކްސެލް ފޯލްޑް ކަމުދާނެ އެވެ. އިތުތު ފަންކްޝަންސްގެ އިތުރުން ޕްރީމިއަމް އަދި ފްލެޝީ ޑިޒައިންއެއް ބޭނުންވާނަމަ ޚިޔާރުކުރާނީ ގެލެކްސީ ޒެޑް ފޯލްޑް 4 އެވެ.
ސްމާޓްފޯނުތަކުގެ އެވަރެޖް އަގާއި އަޅާބަލާއިރު ދެފޯނުގެ އަގު ބޮޑު ނަމަވެސް މިވަގުތު ދެ ފޯނުގެ އަގު ވެސް ހުރީ އެއްވަރެއްގަ އެވެ. ފެށޭ އަގަކީ 1،800 ޔޫއެސް ޑޮލަރެވެ. އަދި ދެ ފޯނުގައި ވެސް ވަޔަލެސް ޗާޖިން އާއި ރިވާސް ވައިލެސް ޗާޖިންގެ އިތުރުން ވޯޓާ އެންޑް ޑަސްޓް ރެސިސްޓެންސް ހިމެނެ އެވެ.
Comment