Advertisement

ރެޑްވޭވްގެ ނަމުގައި ފޭކް ޕްރޮމޯޝަނެއް؛ ސަމާލުވާން އެދިއްޖެ

13 ފެބުރުވަރީ 2022 - 19:31 0

ރެޑްވޭވް މެގަމޯލް، ރެޑްވޭވްގެ ނަމުގައި ފޭކް ޕްރޮމޯޝަނެއް ހިންގާތީ ސަމާލުވާން އެކުންފުނިން އެދޭ. ފޮޓޯ: ހުސައިން ސަޔާހު/އަދަދު


ރެޑްވޭވްގެ ނަމުގައި ފޭކް ޕްރޮމޯޝަނެއް؛ ސަމާލުވާން އެދިއްޖެ

13 ފެބުރުވަރީ 2022 - 19:31 0

ފައިސާ ލިބޭނެކަމަށް ބުނެ އޮޅުވާލުމެއްގެ ތެރެއިން، ރެޑްވޭވްގެ ޕްރޮމޯޝަނެއްގެ ނަމުގައި ކުރިއަށް ގެންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރެޑްވޭވް އިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ އެކުންފުނީގެ ނަމުގައި އޮޅުވާލައިގެން ކުރިއަށް ގެންދާ އެ ހަރަކާތުގެ ލިންކް ޝެއާ ނުކުރުން އެދޭ ކަމަށެވެ.

"...ރެޑްވޭވް އިން ކުރިއަށް ގެންދާ ހުރިހާ ޕްރޮމޯޝަނެއްގެ މައުލޫމާތު މިކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރެވިގެންދާނޭ ކަމުގައި ދަންނަވަމެވެ،" ރެޑްވޭވްގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު ބައެއް އެހެން ވިޔަފާރިތަކުގެ ނަމުގައި ވެސް މީގެ ކުރިން އެފަދަ އޮޅުވައިލުންތައް ހިންގާފައި ވެ އެވެ.

އޮޅުވާލައިގެން މީހުންގެ ކާޑްގެ މައުލޫމާތު ހޯދައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވެސް ރާއްޖޭގައި ގިނަ އެވެ.