Advertisement

ގެލެކްސީ އެސް22 އަލްޓްރާ އާ ގުޅޭގޮތުން އެނގޭ ހުރިހާ ކަމެއް

11 ފެބުރުވަރީ 2022 - 09:26 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ގެލެކްސީ އެސް22 އަލްޓްރާ ވިއްކަން ހަމަޖެހިފައިވާ ކުލަތައް. މި ފޯނު ބާޒާރަށް ނެރޭނީ ފެބްރުއަރީ 25، ގައި. -- ފޮޓޯ: ދަ ވާޖު


ގެލެކްސީ އެސް22 އަލްޓްރާ އާ ގުޅޭގޮތުން އެނގޭ ހުރިހާ ކަމެއް

11 ފެބުރުވަރީ 2022 - 09:26 0

ސެމްސަންގް ފޯނުތަކަށް ލޯބިކުރާ މީހުންގެ ދިގު އިންތިޒާރަށް ރޭ ނިމުން އަތުވެއްޖެ އެވެ. ގެލެކްސީ އަންޕެކްޑް އިވެންޓް ބާއްވައި އެ ކުންފުނިން ވަނީ ގެލެކްސީ އެސް22 ގެ އާ ފޯނުތައް ކަމަށް ގެލެކްސީ އެސް22 އަދި ގެލެކްސީ އެސް22 ޕްލަސް ފުރަތަމަ ފަހަރަށް ދައްކާލާފަ އެވެ. ރޭ ދައްކާލި ސެމްސަންގްގެ ޕްރޮޑަކްޓް ތަކުގެ ތެރެއިން ވެސް އެންމެ ހާއްސައީ ގެލެކްސީ އެސް22 އަލްޓްރާ އެވެ. މިއީ އެކުންފުނީގެ އާ ފްލެގްޝިޕް ފޯނާ ގުޅޭގޮތުން މިވަގުތަށް އެނގެން ހުރި ހުރިހާ މައުލޫމާތެކެވެ.

އެސް22 އަލްޓްރާގެ ޑިޒައިނާއި، ސައިޒު އަދި ހިމަނާފައިވާ ސްޓައިލަސް އަށް ބަލާއިރު މިއީ ސެމްސަންގް އިން މިހާރު ހުއްޓާލާފައިވާ ނޯޓް ސީރީޒްގެ ފޯނުތައް އަނބުރާ ގެނައުން ކަމަށް ބެލެވެ އެވެ.

ފްލެގްޝިޕް ފޯނު ހިމެނޭހެން ހުރިހާ ފޯނަކަށް ސެމްސަންގުން ވަނީ ޕްރީއޯޑަރަށް ހުޅުވާލާފަ އެވެ. ބާޒާރުން މި ފޯނު ގަންނަން ލިބޭނީ ފެބްރުއަރީ 25، ގަ އެވެ.

ޖުމްލަ ހަތަރު ކުލައަކުން ފޯނު ގަންނަން ލިބޭނެ އެވެ. އެއީ ކަޅު، ހުދު، ފެހި އަދި ބާގަންޑީ އެވެ. މި ފޯނުގައި 6.8 އިންޗުގެ ބޮޑު ޑިސްޕްލޭއެއް ހުންނާނެ އެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ ފެންވަރު ރަނގަޅު އެއް ޑިސްޕްލޭ އެވެ.

ބަލާބެލުމަށް އެސް22 އަލްޓްރާގެ ކެމެރާ މިދިޔަ އަހަރު ނެރުނު އެސް21 އަލްޓްރާގެ ކެމެރާއާ އަޅާބަލާއިރު މާ ބޮޑު ތަފާތެއް ނުފެނެ އެވެ. ނަމަވެސް، ސެމްސަންގުން ބުނާ ގޮތުގައި ކެމެރާގެ ސޮފްޓްވެއާ އަށް ބަދަލުތަކެއް ގެނެސް ކެމެރާގެ ކޮލިޓީ ކުރީ ފަހަރަށްވުރެ ވަނީ ރަނގަޅު ކޮށްފަ އެވެ. 'ނައިޓޯގްރަފީ' އާއެކު ރޭގަނޑު ނަގާ ފޮޓޯތަކުގައި ފްރޭމް ކުރުމާއި ފޮޓޯ ކޮލިޓީ ރަނގަޅުވާނެ ކަމަށް ސެމްސަންގުން ބުނެ އެވެ.

މި ފޯނުގެ ފަހަތުގައި 108 މެގަޕިކްސެލްގެ ވައިޑް ލެންސް އަކާއި، 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ލެންސެއްގެ އިތުރުން 10 މެގަޕިކްސެލްގެ ދެ ޓެލެފޮޮޓޯ ލެންސް ހުންނާނެ އެވެ. އަދި 40 މެގަޕިކްސެލްގެ ފްރޮންޓް ކެމެރާއެއް ވެސް ހުންނާނެ އެވެ. ފޮޓޯތައް ރޯ ފޯމެޓަށް ވެސް ނަގާލެވޭނެ އެވެ. ސިކުންތަކު 24 ފްރޭމްގެ ނިސްބަތުން 8ކޭ ވީޑިއޯ ވެސް ނެގޭނެ އެވެ.

ގެލެކްސީ އެސް22 އަލްޓްރާގައި ގެލެކްސީ ނޯޓް 20 ގެ ފަހުން ފުރަތަމަ ފަހަރަށް އެސް ޕެން ނުވަތަ ސްޓައިލަސް އަށް ހާއްސަ ސްލޮޓެއް އިންނާނެ


ގެލެކްސީ އެސް22 އަލްޓްރާގައި ގެލެކްސީ ނޯޓް 20 ގެ ފަހުން ފުރަތަމަ ފަހަރަށް އެސް ޕެން ނުވަތަ ސްޓައިލަސް އަށް ހާއްސަ ސްލޮޓެއް އިންނާނެ އެވެ. ސެމްސަންގުން ވަނީ އެސް ޕެންގެ ލޭޓެންސީ ވެސް ނުވަ މިލިސިކުންތުން 2.8 މިލިސިކުންތައް ކުޑަކޮށްފަ އެވެ. އަދި 88 ބަހަކުން ލިޔާ ލިޔުންތައް ޓްރާންސްކްރައިބް ކުރުމުގެ ގާބިލްކަން އެސް22 އަލްޓްރާގައި ހުންނާނެ އެވެ.

މި ފޯނުގައި ހުންނާނީ 5000 އެމްއޭއެޗްގެ ބެޓަރީ އެކެވެ. އަދި އަންނާނީ 45 ވޮޓްގެ ވަޔާޑް ފާސްޓް ޗާޖިން އާއެކު އެވެ. ހަމައެހެންމެ، ވަޔަލެސް ކޮށް ވެސް ޗާޖުކޮށްލެވޭނެ އެވެ. ސެމްސަންގުން ވަނީ 20 މިނެޓު ތެރޭގައި މި ފޯނު 50 ޗާޖު ކުރެވޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މި ފޯނު ރަންކުރާނީ ސެމްސަންގެ 'އަން ޔޫއައި 4.1' އަދި އެންޑްރޮއިޑް 12 ސޮފްޓްވެއާގަ އެވެ.

ސެމްސަންގުން އަލަށް ތައާރަފްކުރި ފޯނު ލައިނަޕްގެ ތެރެއިން އެންމެ އަގުބޮޑުކޮށް ވިއްކާނީ މި ފޯނެވެ. އެގޮތުން، 128 ޖީބީގެ ފޯނެއް ވިއްކާނީ 1،199 ޑޮލަރަށެވެ. 256 ޖީބީގެ ފޯނެއް 1،299 ޑޮލަރަށް ވިއްކާއިރު އެންމެ ސްޓޯރޭޖް ބޮޑު 512 ޖީބީ ފޯނެއް މާކެޓުގައި ފުރަތަމަ ވިއްކާނީ 1،399 ޑޮލަރަށެވެ. އަދި އެއް ޓީބީގެ ފޯނު ވިއްކާނީ 1،599 ޑޮލަރަށެވެ. 128 ޖީބީގެ ފޯނުތަކުގައި ހުންނާނީ އަށް ޖީބީގެ ރެމް އެވެ. އެހެން ހުރިހާ ފޯނެއްގައި ހުންނާނީ 12 ޖީބީގެ ރެމް އެވެ.