24 ޖަނަވަރީ 2022 - 17:56 0
އަހުމަދު ސައީދު
ޓޫރިޒަމް މިނިސްޓްރީގެ ޓީމުން ގއ. ގެމަނަފުށީގެ ބައެއް މީހުންނާއި މިދިޔަ ބުރާސްފަތި ދުވަހު މަޝްވަރާ ކުރަނީ -- ފޮޓޯ ޓޫރިޒަމް މިނިސްޓްރީ
24 ޖަނަވަރީ 2022 - 17:56 0
ޓޫރިޒަމްގެ ސީދާ ފައިދާ ރާއްޖޭގެ ހުރިހާ ރަށަކަށް ހޯދައިދިނުމަކީ ޓޫރިޒަމް މިނިސްޓްރީން އެންމެ އިސްކަމެއް ދީގެން މިހާރު ކުރިއަށް ގެންދާ އެއް މަސައްކަތެވެ. މިނިސްޓްރީގެ ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑު ލޯކަލައިޒޭޝަން ޓީމުން ގެންދަނީ އެކަން ކާމިޔާބު ކުރުމަށްޓަަކައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރަމުންނެވެ.
"ދަތުރުތަކުގެ ބޭނުމަކީ ޓޫރިޒަމް ތައާރަފު ކުރުމަށް ހުރި ދަތިތައް ދަނެގަނެ، ހައްލު ކޮށްދެވެން ހުރި ކަންތައްތައް ބަލައި އެކަންކަން ހައްލު ކޮށްދިނުން،" މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓާ އަލީ ރައްޒާން ވިދާޅުވި އެވެ.
މިނިސްޓްރީގެ ޓީމުން މިހާތަނަށް 67 ރަށަކަށް ދަތުރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްތަކާއި ބ. ޅ. ވ. މ. ފ. ދ. ލ. އަދި ގއ. އަތޮޅުގެ ރަށްތަކެވެ. އެންމެ ފަހުން މިދިޔަ ހަފުތާ ބަންދުގައި ކަވަރު ކުރީ ގއ. އަތޮޅުގެ ރަށްތަށެވެ.
"އެކަށީގެންވާ ވަރަށް ބެޑް ނުލިބުމާއި ދަތުރުފަތުރުގެ ދަތިކަން ފަދަ ކަންކަން މިހުންނަނީ، ގދ. އަތޮޅުގައި ވެސް ވަރަށް ރަނގަޅު ފެންވަރަށް ހަދާފައިވާ ގެތައް އެބަހުރި، އަޅުގަނޑުމެން މިބަލަނީ ހޯމް ސްޓޭއާއެކު އެ ގޭގެ ޓޫރިޒަމަށް ހުޅުވާލެވޭނެ ކަމަށް، ހޯމް ސްޓޭއާއެކު ގެސްޓު ހައުސް އެއް ނުހަދާ ވެސް އެކަށީގެންވާ ވަރަށް ބެޑު އިތުރުކުމުގެ ފުރުސަތު އެބަ ލިބޭ،" ރަޒްއާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ އުތުރުގައި އޮތް ހއ. ކެލާ އާއި ވަށަފަރު ކަހަލަ ރަށްރަށުގައި ގެސްޓު ހައުސްތައް ކާމިޔާބު ކަމާއެކު ހިންގަމުން ދިއުމުގެ ހެއްކަކީ މާލެ އާ ދުރު މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ވެސް ޓޫރިޒަމް ކާމިޔާބު ވާނެ ކަމުގެ ހެއްކެކެވެ.
"ފަސް ވަރަކަށް ކޮޓަރީގެ ގެސްޓު ހައުސް އެއް ހަދަން ވެސް ފަސް ވަރަކަށް މިލިއަން ރުފިޔާ އެބަ ހަރަދުވޭ، އެހެން ވީމަ ދުރު އަތޮޅު ތަކުގައި ގެސްޓު ހައުސް އަށް އިންވެސްޓު ކުރަން މީހުން ފަސް ޖެހޭ، ހޯމް ސްޓޭއާއަކު ކޮންމެ ގެއަކުން ވެސް އެއް ކޮޓަރިން ފަށާފައި ޖެހިގެން އަންނަ އަހަރު ކޮޓަރި އިތުރު ކުރެވިދާނެ،" ރައްޒާން ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ގއ. ގެ ބައެއް ރަަށްރަށުން ހޯމް ސްޓޭ އަށް ރަޖިސްޓްރީ ކުރުމަށް މިހާރު ވެސް ބޭނުންވެފައިވާ ކަމެވެ. ރަށްރަށް ޓޫރިޒަމް ތައާރަފު ކުރުމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވާ ދަތުރު ފަތުރުގެ ދަތިކަން އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކާ އެކު ހައްލުވެގެން ދާނެ ކަމަށް މިނިސްޓްރީން ޔަގީން ކުރެ އެވެ.
Comment