Advertisement

ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ލުއި ނުދޭން މަޝްވަރާ ކުރަނީ

24 ޖަނަވަރީ 2022 - 11:02 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކޮވިޑް ވެކްސިން ޖަހަނީ: ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ލުއި ނުދޭން ނިންމުމަށް މަޝްވަރާ ކުރަމުންދަނީ ކޮންމެ ދުވަހަކު ޕޮޓިވްވާ މީހުންގެ އަދަދު 2000 އިން މަތިވެފައިވާ ދަނޑިވަޅެއްގައި --- ފޮޓޯ: ހުސެން ޝަޔާހު / އަދަދު


ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ލުއި ނުދޭން މަޝްވަރާ ކުރަނީ

24 ޖަނަވަރީ 2022 - 11:02 0

ކޮވިޑުން ދިފާއު ވުމަށް ޖަހާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ލުއި ނުދޭން މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރަކުން ފެށިގެނެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ބޫސްޓާ ޑޯޒް މީގެ ކުރިން ޖަހަމުން ދިޔައީ ފްރޮންޓްލައިން ގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށާއި 50 އަހަރުން މަތީގެ މީހުންނަށާއި އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. ނަމަވެސް މި މަހުގެ 15 އިން ފެށިގެން 18 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ވަނީ ޖަހަން ފަށައިފަ އެވެ.

އެޗްޕީއޭން ބުނީ ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތު ހަމަވެފައިވާ، ނަމަވެސް މިހާތަނަށް ޖަހާފައި ނުވާ މީހުން، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށް ލިބިދޭ ލުއިތަކުން އުނިކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކަރަންޓީން ވާން ޖެހޭ މުއްދަތު އިތުރު ކުރަނީ އެވެ. މިހާރު ކަރަންޓީން ވާން ޖެހެނީ ޕޮޒިޓިވްވާ މީހެއްނަމަ ހަތް ދުވަހަަށެވެ. އަދި ކޮންޓެކްޓެއް ނަމަ 10 ދުވަހަށެވެ. ބޫސްޓާ ޑޯޒް ނުޖަހާނަމަ ބަދަލު ކުރަން އުޅެނީ 14 ދުވަހަކަށް ކަރަންޓީން ވާން ޖެހޭ ގޮތަށެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މީހާތަނަށް 397،382 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި 369،151 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. ބޫސްޓާ ޑޯޒް 49،142 މީހުން ވަނީ ޖަހާފަ އެވެ.

ކޮވިޑުގެ ބޫސްޓާ ޑޯޒެއް ޖަހަން މަޖޫބޫރުކޮށް ފިޔަވަޅު އަޅަން ނިންމާފައި މި ވަނީ އެ ބަލީގެ އާ ރާޅަކާއެކު ބަލި ޖެހޭ މީހުން އަދަދު އިންތިހާއަށް މަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮވިޑުގެ އެންމެ ބާރަށް ފެތުރޭ އާ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން މިހާރު ރާއްޖެއިން ވެސް ފެނިފައިވާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ މައްޗަށް ގޮސްފަ އެވެ.

އެގޮތުން، އިއްޔެ އެކަނިވެސް 2484 މީހަކަށް ބަލި ޖެހިފައިވާއިރު، މިހާތަނަށް ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ އެއް ލައްކަ ހުރަސްކޮށްފަ އެވެ.