Advertisement

ރާއްޖެއިން މިހާތަނަށް އޮމިކްރޮންގެ 74 ކޭސް ފެނިފައިވޭ

23 ޖަނަވަރީ 2022 - 13:41 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ މަގުމަތި: ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވާ އޮމިކްރޯންގެ ކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެ އައި ފަތުރުވެރިއެއްގެ ފަރާތުން ފެނުނު ކޭސްއެއް-- ފޮޓޯ: ހުސެން ޝަޔާހު / އަަދަދު


ރާއްޖެއިން މިހާތަނަށް އޮމިކްރޮންގެ 74 ކޭސް ފެނިފައިވޭ

23 ޖަނަވަރީ 2022 - 13:41 0

ރާއްޖެއިން މިހާތަނަށް އޮމިކްރޯން ވޭރިއަންޓަށް 74 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ފުރަތަމަ ފަހަރަށް އޮމިކްރޯންގެ ކޭސްއެއް ރާއްޖެއިން ފެނުނީ ސައުތު އެފްރިކާއިން އައި ފަތުރުވެރިއެއްގެ ފަރާތުންނެވެ. އެ ފަތުރުވެރިޔާ ރާއްޖެއަށް އައިސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަަނަ ދުވަހު އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ފޮނުވި 1196 ސާމްޕަލްގެ ތެރެއިން 74 ކޭސް އޮމިކްރޯނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން، މި ޖެނުއަރީ މަހުގެ 11 ގައި ފޮނުވި ބެޗްގެ 100 ސާމްޕަލްގެ ތެރެއިން 51 ސާމްޕަލް އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.

މާލެ ސިޓީ އާއި އައްޑޫ ސިޓީ ހިމެނޭހެން 11 ރަށަކުން އޮމިކްރޯން ފެނިފައިވާ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެޗްޕީއޭން މީގެ ކުރިން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ކޮވިޑް ފެތުރުން އިތުރު ވެފައި މި ވަނި އޮމިކްރޯންގެ ސަބަބުން ކަމަށެވެ.

ކޮވިޑުގެ އާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ ނޮވެމްބަރު މަސްތެރޭ ދެކުނު އެފްރިކާ އިންނެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު މިހާރު ގޯސްވަމުން ދާއިރު، މިހާރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 2000 އިން މަތީގަ އެވެ. ބަލި ޖެހުނު 48 މީހުން އެޑްމިޓްކޮށް ފަރުވާދެމުން އަންނައިރު، އޭގެ ތެރެއިން 4 މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

ރާއްޖެއިން ކޮވިޑް ފެނުނުތާ 686 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 269 އަށް އަރާފަ އެވެ.