Advertisement

ދުވާލަކު ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ތިން މިލިއަނަށް އަރައިފި

21 ޖަނަވަރީ 2022 - 06:35 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޮކޮވިޑް ބަލިމަޑުކަމާ ގުޅިގެން ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭ.


ދުވާލަކު ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ތިން މިލިއަނަށް އަރައިފި

21 ޖަނަވަރީ 2022 - 06:35 0

ޕެރިސް، ފްރާންސް (ޖެނުއަރީ 20) - ޖެނުއަރީ 13 އިން ފެށިގެން ޖެނުއަރީ 19 ވަނަ ދުވަހާ ހަމައަށް މުޅި ދުނިޔެއިން ދުވާލަކު ފެނުނު ޖުމްލަ ކޮވިޑް ކޭސްތައް ރިކޯޑް އަދަދަކަށް ތިން މިލިއަނަރަށް އަރައިފި އެވެ.

އޭއެފްޕީގެ ތަފާސްހިސާބް ދައްކާ ގޮތުން ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓް ނޮވެމްބަރު 2021 ވަނަ އަހަރު ދެކުނު އެފްރިކާ އާއި ބޮޓްސްވާނާއިން ފުރަތަމަ ފެނުނު ފަހުން ދުވާލަކު ރިޕޯޓު ކުރާ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ ފަސް ގުނަ އިތުރުވެފަ އެވެ.

ފާއިތުވި ހަތް ދުވަހު ވެސް އެވްރެޖުކޮށް 3،095،971 ކޭސް ރިޕޯޓުކުރި އެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 17 ޕަސެންޓުގެ އިތުރުވުމެކެވެ.

އޮމިކްރޯން ވޭރިއެންޓް ފެނުމުގެ ކުރިން، ދުވާލަކު ރިޕޯޓު ކުރި ކޮވިޑް ކޭސްތަކުގެ ރިކޯޑެއް އޮތީ އޭޕްރިލް 2021 ވަނަ އަހަރު 800،000 ކޭސްއާ އެކު އެވެ.

މިހާރު ކޭސްތައް ފެންނަމުންދާ މިންވަރަކީ ނޮވެމްބަރު މަހުގެ ފަހު ހަފްތާއާ އަޅާ ބަލާއިރު 440 ޕަސެންޓް އިތުރު މިންވަރެކެވެ.

ޖެނުއަރީ 13 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ދުވާލަކު މަރުވި މީހުންގެ އެވްރެޖް އަދަދަކީ 7،522 އެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 11 ޕަސެންޓްގެ އިތުރުވުމެކެވެ.