Advertisement

ބަލިމަޑުކަން ނިމެން އަދި ގާތް ވެސް ނުވޭ: ޑަބްލިއުއެޗްއޯ

21 ޖަނަވަރީ 2022 - 06:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް. -- ފޮޓޯ: އޭއެފްޕީ


ބަލިމަޑުކަން ނިމެން އަދި ގާތް ވެސް ނުވޭ: ޑަބްލިއުއެޗްއޯ

21 ޖަނަވަރީ 2022 - 06:03 0

ޖެނީވާ، ސްވިޓްޒަލޭންޑް (ޖެނުއަރީ 20) - ބައެއް ގައުމުތަކުން ރިކޯޑް އަދަދަކަށް ކޭސްތައް ފެންނަމުންދާ މި ދަނޑިވަޅުގައި ކޮވިޑް ބަލިމަޑުކަން ނިމެން އަދި ގާތް ވެސް ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ފާއިތުވި 24 ގަޑިއިރު ފްރާންސާއި ޖަރުމަނުވިލާތް އަދި ބްރެޒިލް އިން ވެސް ރިކޯޑް އަދަދެއްގެ ކޭސް ރިޕޯޓުކުރި އެވެ. ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓްގެ ސަބަބުން އެ ނޫން ވެސް ގައުމުތަކުގައި ކޭސްތައް ވަނީ ރިކޯޑް އަދަދަށް މަތިވެފަ އެވެ.

"ބަލިމަޑުކަން ނިމެން އަދި ގާތް ވެސް ނުވޭ،" ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ވިދާޅުވި އެވެ.

އޮމިކްރޯން އަކީ އާދައިގެ ވޭރިއެންޓެއްގެ ގޮތުގައި ނުދެއްކުމަށް އޭނާ ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

"އޮމިކްރޯންގައި ބޮޑުވަރުވުން ކުޑަވެދާނެ، އެކަމަކު އެވްރެޖުކޮށް ބަލާނަމަ، ބޮޑުވަރުވުން ކުޑަ ކަމަށް ބުނުމަކީ ހަގީގަތެއް ނޫން."

ފާއިތުވި ހަފްތާގައި ޔޫރަޕުން ފަސް މިލިއަން ކޭސް ރިޕޯޓުކޮށްފައި ވާއިރު، އަންނަ މާޗް މަހުގެ ކުރިން ޔޫރަޕްގެ 50 ޕަސެންޓު މީހުންނަށް އޮމިކްރޯންގެ ސަބަބުން ކޮވިޑް ޖެހޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ލަފާކުރެ އެވެ.

ޔޫރަޕް ގައުމުތަކުގައި ފިޔަވަޅުތައް ވަރުގަދަކޮށް، ވެކްސިން ޖެހުމަށް ބާރު އަޅަމުން ދާއިރު، ދެކުނު އެމެރިކާ އާއި އޭޝިއާ ގައުމުތަކުގެ ކޭސްތައް ވެސް ވަނީ މަތިވާން ފަށާފަ އެވެ،

ޖަޕާނުގައި ފިޔަވަޅުތައް ވަރުގަދަކޮށް ޖެނުއަރީ 21 އިން ފެށިގެން ފެބްރުއަރީ 13 ގެ ނިޔަލަށް 13 ސަރަހައްދެއްގައި ހާއްސަ ގޮތްތަކަށް އަމަލުކުރަން ވަނީ ނިންމާފަ އެވެ.