Advertisement

އޮބާމަޔަން ގައުމީ ޓީމުން ފޮނުވާލި ވާހަކަ އާސެނަލުން ދޮގުކޮށްފި

18 ޖަނަވަރީ 2022 - 10:15 0


އޮބާމަޔަން ގައުމީ ޓީމުން ފޮނުވާލި ވާހަކަ އާސެނަލުން ދޮގުކޮށްފި

18 ޖަނަވަރީ 2022 - 10:15 0

ޔައުންޑޭ، ކެމަރޫން (ޖެނުއަރީ 18) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރަމުން އަންނަ ގެބޮންގެ ކެޕްޓަން ޕިއޭ އެމްރިކް އޮބަމަޔަންގެ ސިއްޙީ ހާލަތު ހުރި ގޮތުން އޭނާ އާސެނަލަށް ފޮނުވާލަން ގައުމީ ޓީމުން ނިންމި ވާހަކަ އޮބަމަޔަން އާއި އާސެނަލުން ވެސް ދޮގުކޮށްފި އެވެ.

އާސެނަލްގެ އޮފިޝަލަކު ސްކައި ނިއުސް އަށް އެ ކަން ދޮގުކޮށްދިންއިރު، އަލުން ކްލަބާ ގުޅޭ ވާހަކަ އަކީ ހަގީގަތެއް ނޫންކަން އޮބާމަޔަން ހާމަކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

މިހާތަނަށް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގެބޮން ދެ މެޗު ކުޅެފައިވާއިރު ދެ މެޗުގައި ވެސް އޮބަމަޔަން އަށް ނުކުޅެވުނެވެ. މި މަހުގެ ހަ ވަނަ ދުވަހު އޭނާގެ ކުލަބް، އާސެނަލް ދޫކޮށް ގައުމީ ޓީމާއި ގުޅުމަށް ކެމެރޫން އަށް އައުމަށް ފަހު ހެދި ޓެސްޓްތަކުން އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވި އެވެ. އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ހެދި ޓެސްޓްތަކުން ނަތީޖާ ނެގަޓިވްވި ކަމުގައިވިޔަސް ހިތުގެ މައްސަލައަކާ ހުރެ އޭނާ އަށް މުބާރާތުގައި އަދި ކުޅެވޭ ގޮތެއް ނުވެއެވެ.

އޮބާމަޔަން ކުލަބަށް ފޮނުވާލިކަން ދޮގުކޮށްފައި މި ވަނީ އެ ގައުމުގެ އެފްއޭ އިން އޭނާ އާއި މިޑްފީލްޑަރު މާރިއޯ ލެމީނާ ކުލަބަށް ފޮނުވާލަން ނިންމާފައިވާކަން ހާމަކޮށްފައި ވަނިކޮށެވެ.

އޮބާމަޔަންގެ ހާލަތާ ގުޅޭގޮތުން ގެބޮން އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޓީމުގެ ކެޕްޓަންގެ ސިއްޙީ ހާލަތު އެންމެ ރަނގަޅަށް ދެނެގަނެވޭނެ ޓެސްޓްތަކެއް ކެމަރޫންގައި ހެދެން ނެތުމާ އެކު އިތުރު ރިސްކެއް ނުނަގައި އޮބާމަޔަން އާސެނަލަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

"ކުޅުންތެރިންގެ ސިއްޙަތަކީ އެންމެ މުހިންމު ކަންތައް. އޮބަމަޔަންއާއި މިޑްފިލްޑަރ ލެމީނާ އަށް ދިމާވެފައިވާ ސިއްޙީ ކަންތައްތަކުގެ އެންމެ ރަނގަޅު އެނަލިސިސް އެއް ހެދުމަށް ދެ ކުޅުންތެރިން ވެސް ކުލަބަށް ފޮނުވާލަން އަހަރެމެން ނިންމައިފިން" ގެބޮން އެފްއޭ އިން އިއްޔެ ނެރުނުު ބަޔާނުގައިވެ އެވެ.

އޮބާމަޔަން އޭނާގެ ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އަށް އާސެނަލަށް ފޮނުވާލި ވާހަކައަކީ ދޮގު ހަބަރެއް ކަމަށާއި އަދި ވެސް ހުރީ ޤައުމީ ޓީމާ އެކު ކަމަށެވެ. އަދި ޓީމު ތެރޭގައި ހައްލު ނުވެގެން އުޅެނީ އެހެން މައްސަލައެއް ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފަ އެވެ.