about 2 hours 0
about 2 hours 0
ޓެންޖިއާ، މޮރޮކޯ (ޑިސެމްބަރު 28) - މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި، ސެނެގާލް އާއި ނައިޖީރިއާ އިން މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.
ކުޅުނު ފުރަތަމަ ދެ މެޗަށް ފަހު، ގަދަ 16 ޔަގީންކުރީ ސެނެގާލް، ނައިޖީރިއާގެ އިތުރުން ކޮންގޯ، މިސްރު އަދި މޮރޮކޯ އެވެ. ނައިޖީރިއާ އިން ވަނީ ގްރޫޕް ސީގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. ފުރަތަމަ މެޗުން، ޓެންޒާނިއާ އަތުން 2-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ޓިއުނީޝިއާ އަތުން މޮޅުވީ 3-2 އިންނެވެ.
ނައިޖީރިއާގެ ލަނޑުތައް ޖެހީ، ވިކްޓަ އޮސީމެން، ވިލްފްރެޑް އެންޑީޑީ އަދި އަޑެމޯލާ ލުކްމަން އެވެ. ޓިއުނީޝިއާގެ ލަނޑުތައް ޖެހީ، އޮމާރު ތަލްބީ އާއި އެލް އަބްދީ އެވެ.
މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ފުރަަތަމަ ދެ މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ނައިޖީރިއާ އެވެ. ސެނެގާލް އިން ގްރޫޕް ޑީގައި ފުރަތަމަ މެޗުން ބޮޓްސްވާނާ އަތުން 3-0 އިން މޮޅުވި ނަމަވެސް ރޭ ކޮންގޯއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ރޭ މި ގްރޫޕް އަނެއް މެޗުގައި، ބޮޓްސްވާނާ ވަނީ ބެނިން އަތުން 1-0 އިން ބަލިވެފަ އެވެ.
ރޭގެ މެޗުގައި ކޮންގޯ އަށް ލަނޑު ޖަހައިދިނީ، 61 ވަނަ މިނިޓްގައި ސެޑްރިކް ބަކަމްބޫ އެވެ. އޭގެ އަށް މިނިޓް ފަހުން، ސަޑިއޯ މާނޭ ވަނީ ސެނެގާލަށް މެޗުގެ 69 ވަނަ މިނިޓްގައި އެއްވަރުކޮށްދީފަ އެވެ.
Comment