Advertisement

އެފްކޮން: މާލީ އިން މޮރޮކޯ ހިފަހައްޓައިފި

about 2 hours 0


އެފްކޮން: މާލީ އިން މޮރޮކޯ ހިފަހައްޓައިފި

about 2 hours 0

ރަބަތު، މޮރޮކޯ (ޑިސެމްބަރު 27) - އެފްރިކަން ކަޕް އޮފް ނޭޝަންސް މި ފަހަރު ބާއްވާ މޮރޮކޯ އިން މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުގައި މާލީއާ 1-1 އިން އެއްވަަރުވެއްޖެ އެވެ.

އެ ގޮތުން، ފުރަތަމަ މެޗުގައި، ކޮމޮރޯސް އަތުން އުނދަގޫ މޮޅެއް ހޯދި މޮރޮކޯ އިން ރޭގެ މެޗުގައި ހޯދި ޕޮއިންޓާ އެކު، ބާކީ މެޗެއް އޮއްވައި އެ ޓީމަށް ގަދަ 16 ބުރުގެ ޖާގައެއް ވަނީ ޔަގީންވެފަ އެވެ. އެކަމަކު، މިހާރު އެ ޓީމަށް ގްރޫޕްގެ އެއް ވަނައިގައި ނިންމުމަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅޭ ފަހު މެޗުގައި ނަތީޖާއެއް ނެރުން ވަނީ މަޖުބޫރުވެފަ އެވެ.

ޕްރިންސް މައުލޭ އަބްދުﷲ ސްޓޭޑިއަމްގައި، 60،000 އަށް ވުރެން ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި މޮރޮކޯގެ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރަހިމް ޑިއާޒް އެވެ. މިއީ، މާލީ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އަކުން ޑިއާޒް ޖެހި ގޯލެކެވެ. ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖެހި ޑިއާޒް ވަނީ މުބާރާތުގައި، މޮރޮކޯ އިން ކުޅުނު ފުރަތަމަ މެޗުގައި ކޮމޮރޯސް ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި މޮރޮކޯ ކޮޅަށް މާލީން އެއްވަރުކުރި ގޯލު ޖެހީ ވެސް ޕެނަލްޓީ އަކުންނެވެ. އެ ގޮތުން، ލަސީން ސިނަޔޯކޯ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އޭނާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. މާލީގެ ކީޕަރު ޖިގުއީ ޑިއާރާ ވަނީ މެޗުގައި އެ ޓީމަށް ޕޮއިންޓެއް ހޯދައިދޭން ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެެވެ.