Advertisement

ކޮވިޑްގައި މަރުވާ މީހުންގެ އަދަދު 12 ޕަސެންޓުން އުފުލިއްޖެ

15 ޖަނަވަރީ 2022 - 05:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮވިޑްގައި ހާލު ބޮޑުވެފައިވާ މީހަކަށް އޮކްސިޖަން ގުޅާފައި.


ކޮވިޑްގައި މަރުވާ މީހުންގެ އަދަދު 12 ޕަސެންޓުން އުފުލިއްޖެ

15 ޖަނަވަރީ 2022 - 05:41 0

ޕެރިސް، ފްރާންސް (ޖެނުއަރީ 14) - ފާއިތުވި ހަފްތާގައި ދުނިޔޭގެ ކޮވިޑް ކޭސްތައް އުފުލެމުން ދިޔަ އިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު 12 ޕަސެންޓުން އުފުލިއްޖެ އެވެ.

އޭއެފްޕީގެ ތަފާސްހިސާބް ދައްކާ ގޮތުން ދުވާލަކު އެވްރެޖުކޮށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު މިދިޔަ ހަފްތާގައި ވަނީ 2.78 މިލިއަނަށް އަރާފަ އެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 44 ޕަސެންޓު އިތުރެވެ.

ގިނަ ގައުމުތަކުން އޮމިކްރޯން ވޭރިއެންޓް ފެނިފައި ވާއިރު، ދުނިޔޭގެ ހުރިހާ ދިމާލަކުން ވެސް ކޭސްތަކުގެ އިތުރުވުމެއް ދަނީ ފެންނަމުންނެވެ.

އޭޝިއާގެ ކޭސްތަކުގެ އަދަދު 210 ޕަސެންޓު އިތުރުވި އިރު، މެދުއިރުމަތީގެ ކޭސްތައް އިތުރުވީ 142 ޕަސެންޓުންނެވެ. ލެޓިން އެމެރިކާ އަދި ކެރީބިއަންގައި 126 ޕަސެންޓު އިތުރުވި އިރު، އޯޝޭނިއާގައި ކޭސްތައް އިތުރުވީ 59 ޕަސެންޓެވެ.

އެމެރިކާ އާއި ކެނެޑާގެ ކޭސްތައް 31 ޕަސެންޓް މަތިވި އިރު، ޔޫރަޕްގައި 25 ޕަސެންޓް އިތުރުވި އެވެ. އެހެން ނަމަވެސް އެފްރިކާގެ ކޭސްތައް ވަނީ 11 ޕަސެންޓް ތިރިވެފަ އެވެ.

ފާއިތުވި ހަފްތާގައި އެންމެ ބޮޑު ނިސްބަތަކުން ކޭސްތައް އިތުރުވީ ފިލިޕީންސް، އިންޑިއާ އަދި ކޮސޯވޯގަ އެވެ. ފިލިޕީންސްގައި 327 ޕަސެންޓް، އިންޑިއާގައި 321 ޕަސެންޓް، ކޮސޯވޯގައި 312 ޕަސެންޓް، ބްރެޒިލްގައި 290 ޕަސެންޓް އަދި ޕެރޫ އިން 284 ޕަސެންޓްގެ އިތުރުވުމެއް ފެނުނެވެ.

ޖެހިޖެހިގެން ދެ ވަނަ ހަފްތާއަކު އެންމެ ބޮޑަށް ކޭސްތައް މަދުވީ އެފްރިކާގެ އެސްވަތީނީ އިންނެވެ. އެ ގައުމުގެ ކޭސްތައް 45 ޕަސެންޓް މަދުވި އެވެ. ޒެމްބިއާގައި 30 ޕަސެންޓް، ދެކުނު އެފްރިކާގައި 27 ޕަސެންޓް، ނެމީބިއާގައި 26 ޕަސެންޓް އަދި އިނގިރޭސިވިލާތުގައި 25 ޕަސެންޓް ކޭސް މަދުވި އެވެ.

އެ ފަސް ގައުމަކީ އޮމިކްރޯން ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނު ގައުމުތަކެވެ.

ދުވާލަކު އެވްރެޖުކޮށް އެންމެ ގިނަ ކޭސްތައް ފެންނަމުން ދަނީ 796،500 އާ އެކު އެމެރިކާ އިންނެވެ. އެއީ 34 ޕަސެންޓްގެ އިތުރުވުމެކެވެ.

ފްރާންސް އިން 43 ޕަސެންޓްގެ އިތުރުވުމަކާ އެކު ދުވާލަކު 293،900 ކޭސް ފެންނަމުން ދާއިރު، އިންޑިއާ އިން 321 ޕަސެންޓްގެ އިތުރުވުމަކާ އެކު ދުވާލަކު 172،700 ކޭސް ރިޕޯޓު ކުރި އެވެ.

އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ ގިނަ ކޭސް ފެނުނީ އަޔަލޭންޑުންނެވެ. އެ ގައުމުގެ ކޮންމެ 100،000 މީހަކުން 3،087 ޕޮޒިޓިވް ކޭސް ފެނުނެވެ. ފްރާންސްގައި 3،047 ކޭސް، ސައިޕްރަސް އިން 2،993 ކޭސް އަދި ޑެންމާކާއި މޮންޓެނޭގްރޯ އިން 2،490 ކޭސް ރިޕޯޓު ކުރި އެވެ.

ހަފްތާތަކެއް ވަންދެން ކޮވިޑް މަރުތައް ދަށްވުމަށް ފަހު ފާއިތުވި ހަފްތާގައި 12 ޕަސެންޓްގެ އިތުރުވުމަކާ އެކު ދުވާލަކު އެޗްރެޖުކޮށް 6،911 މީހުން މަރުވި އެވެ.

އެންމެ ގިނަ މީހުން މަރުވީ އެމެރިކާ، ރަޝިއާ އަދި ޕޮލޭންޑުނެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ މަރުތައް ރިޕޯޓު ކުރަމުން ދަނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯ، ބަލްގޭރިއާ، ޖޯޖިއާ، ކްރޮއޭޝިއާ އަދި ޕޮލޭންޑުންނެވެ.