Advertisement

އޮމިކްރޯން ވޭރިއެންޓަށް ހާއްސަކޮށް އުފެއްދި ފައިޒާ ވެކްސިން މާޗް މަހު ނިމޭނެ

12 ޖަނަވަރީ 2022 - 05:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފައިޒާގެ ކޮވިޑް ވެކްސިން. -- ފޮޓޯ: އޭއެފްޕީ


އޮމިކްރޯން ވޭރިއެންޓަށް ހާއްސަކޮށް އުފެއްދި ފައިޒާ ވެކްސިން މާޗް މަހު ނިމޭނެ

12 ޖަނަވަރީ 2022 - 05:43 0

ނިއު ޔޯކް، އެމެރިކާ (ޖެނުއަރީ 11) - އޮމިކްރޯން ވޭރިއެންޓަށް ހާއްސަކޮށް ފައިޒާ އިން އުފެއްދި ކޮވިޑް ވެކްސިން މާޗް މަހު ބޭނުންކުރަން ފެށޭނެ ކަމަށް ބުނެފި އެވެ.

ފައިޒާގެ ސީއީއޯ އެލްބާޓް ބޫރްލާ ސީއެންބީސީ އަށް ވިދާޅުވީ ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ އޮމިކްރޯން އަށް ހާއްސަ ކޮވިޑް ވެކްސިން ޑޯޒްތައް އުފައްދަމުންދާ ކަމަށެވެ.

"މާޗް މަހު ވެކްސިން ނިމޭނެ. އަޅުގަނޑަކަށް ނޭނގޭ އޭގެ ބޭނުން ޖެހޭނެ ކަމެއް. އަޅުގަނޑަކަށް ނޭނގޭ އޭގެ ބޭނުން ޖެހޭނެ ކަމެއް އަދި އެ ބޭނުން ކުރާނެ ގޮތެއް،" ބޫރްލާ ވިދާޅުވި އެވެ.

ބޫރްލާ ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގޮތަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒްގެ އިތުރުން ބޫސްޓާ ޝޮޓެއް ޖެހުމުން އޮމިކްރޯންގެ ނުރައްކަލާ ދެކޮޅަށް ރައްކާތެރިކަން ލިބޭ ކަމަށެވެ.

ނަމަވެސް އޮމިކްރޯން އަށް ހާއްސަ ވެކްސިނެއް ހުރުމަކީ ހަލުވިކަމާ އެކު ފެތުރޭ އެ ވޭރިއެންޓާ ދެކޮޅަށް ލިބޭނެ އިތުރު ރައްކާތެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މޮޑާނާ އިން ވެސް ބުނެފައި ވަނީ އޮމިކްރޯން އަށް ހާއްސަ ކޮވިޑް ވެކްސިނެއް އުފައްދަމުންދާ ކަމަށާއި މި އަހަރުގެ އޯގަސްޓު މަހު އެ ބޭނުންކުރެވޭނެ ކަމަށެވެ.