Advertisement

އީއައިއޭއާ ހިލާފުވުމުން މާފުށިވަރަށް 402،500ރ. ގެ ޖޫރިމަނާއެއް، ވަގުތުން ދައްކައިފި

28 ޑިސެންބަރު 2021 - 14:25 2

އަމަން ހަލީމް

އަމަން ހަލީމް

އދ. މާފުށިވަރުގައި ހިންގާ އެލްޓީއައި މާފުށިވަރު ރިސޯޓުގެ ޕޫލް، ސްޕާ ކޮމްޕްލެކްސް އަދި މޫދު ގްރިލް ރެސްޓޯރަންޓު: މި ރިސޯޓު ހިންގަނީ ޖަރުމަނުގެ ޑާ ޓޫރިސްޓިކް ކުންފުނީގެ އެލްޓީއައި ބްރޭންޑިންގެ ދަށުން. -- ފޮޓޯ: ޓްރިޕް އެޑްވައިޒާ


އީއައިއޭއާ ހިލާފުވުމުން މާފުށިވަރަށް 402،500ރ. ގެ ޖޫރިމަނާއެއް، ވަގުތުން ދައްކައިފި

28 ޑިސެންބަރު 2021 - 14:25 2

ރިސޯޓު ހަދަން ހުއްދަ ދިން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާ ހިލާފުވެގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން އދ. މާފުށިވަރު ރިސޯޓު 402،500ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި ޖޫރިމަނާކުރުމާއެކު ރިސޯޓުން ވަނީ ވަގުތުން ފައިސާ ދައްކާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓްރީ ބުނާ ގޮތުން މި ރިސޯޓުގެ އޮޕަރޭޓަރަކީ ޕެރެޑައިސް ރިސޯޓް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑެވެ.

ނަމަވެސް, މި ރިސޯޓު ހިންގަނީ ޖަރުމަނުގެ އާރުއީޑަބްލިޔުއީ (ރީވީ) ގްރޫޕުގެ ޑާ ޓޫރިސްޓިކް ކުންފުނިން، އެ ކުންފުނީގެ އެލްޓީއައި ހޮޓެލްސް ބްރޭންޑިންގަ އެވެ. މި ރިސޯޓު މިދިޔަ އަހަރު އެ ކުންފުނިން ހުޅުވީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުންނެވެ.

މާފުށިވަރުގެ ޖޫރިމަނާއާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ އެ ރިސޯޓު ޖޫރިމަނާ ކުރަން ޖެހުނީ އީޕީއޭއަށް ހުށަހަޅައިގެން ފާސްކުރި އީއައިއޭއާ ހިލާފަށް ރިސޯޓުގައި މަސައްކަތްތަކެއް ކުރުމާ ގުޅިގެން ކަމަށެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި އީޕީއޭއިން ވަނީ އެހެން ރިސޯޓުތަކެއް ވެސް އީއައިއޭއާ ހިލާފުވެގެންނާއި ތިމާވެށީގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާކޮށްފަ އެވެ.

ތިމާވެށީގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާކުރި ރިސޯޓުތައް

  • ފާރުފުށި ރިސޯޓު - 275،000ރ. (އީއައިއޭއާ ހިލާފުވެގެން)
  • އޮޅުވެލި ބީޗް އެންޑް ސްޕާ - 313,250ރ. (އީއައިއޭއާ ހިލާފުވެގެން)
  • ގިލި ލަންކަންފުށި - 562,980ރ. (ފިނޮޅަކަށް ގެއްލުން ދީގެން)