Advertisement

ލީބިޔާގެ ރިޔާސީ އިންތިހާބު ފަސްކޮށްފި

23 ޑިސެންބަރު 2021 - 08:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރިޔާސީ އިންތިހާބް ފަސްކުރުމާ ދެކޮޅަށް ބަޔަކު މުޒާހަރާ ކުރަނީ. -- ފޮޓޯ: ޓައިމްސް އޮފް މޯލްޓާ


ލީބިޔާގެ ރިޔާސީ އިންތިހާބު ފަސްކޮށްފި

23 ޑިސެންބަރު 2021 - 08:12 0

ޓްރިޕޮލީ، ލީބިޔާ (ޑިސެމްބަރު 22) - ދާހިލީ ހަމަނުޖެހުން ބޮޑުވެފައިވާ ލީބިޔާގެ ރިޔާސީ އިންތިހާބު އަންނަ ހުކުރު ދުވަހު ބޭއްވުމަކީ "ނުވާނެ" ކަމަކަށް ވާތީ އެއް މަސް ފަހުން އިންތިހާބު ބާއްވަން ނިންމައިފި އެވެ.

ރައްޔިތުންގެ އިންގިލާބަކުން 2011 ވަނަ އަހަރު މުއައްމަރު ގައްޒާފީގެ 40 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައި ނަމަވެސް ލީބިޔާގައި ސުލްހަ ގާއިމްވެފައެއް ނުވެ އެވެ. އެހެންވެ، ރިޔާސީ އިންތިހާބުގެ ބޭނުމަކީ ސުލްހަ ގެނައުމުގެ މަސައްކަތް ކުރުމެވެ.

އިންތިހާބާ ގުޅޭ ގާނޫނީ މައްސަލަތަކާއި، ބައެއް ކެންޑިޑޭޓުންގެ ޝަރުތު ހަމަވޭތޯ އުފެދޭ ސުވާލާއި، ހަނގުރާމަވެރި ގްރޫޕްތަކުގެ އަމަލުތަކާ ހެދި އިންތިހާބު ފަސްކުރަން ޖެހޭނެ ކަމަށް ބެލެވިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ޑިސެމްބަރު 24 ވަނަ ދުވަހު އިންތިހާބު ބާއްވަން ތާވަލު ކުރީ މިދިޔަ އަހަރު އދ. އިން އިސްނަގައިގެން ބޭއްވި ސުލްހައިގެ މަޝްވަރާގަ އެވެ. ނަމަވެސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާ ކޮމިޓީން ބުނީ ހާލަތު އޮތް ގޮތުން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ނަމަވެސް އިންތިހާބު ފަސްކުރުމަށް ފަހު، ދެން ބާއްވާނެ ތާރީހެއް އެ ކޮމިޓީން ފާހަގައެއް ނުކުރެ އެވެ. އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައި ވަނީ ޖެނުއަރީ 24 ވަނަ ދުވަހު އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށެވެ.