Advertisement

ރިޔާސީ އިންތިހާބުގައި "މުޖުރިމުން" ވާދަކުރާތީ ލީބިޔާގައި މުޒާހަރާކޮށްފި

21 ނޮވެންބަރު 2021 - 08:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލީބިޔާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންނާ މެދު ހިތްހަމަނުޖެހޭ އާއްމުން ޕޯސްޓަރުތައް ހިފައިގެން މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއޭ


ރިޔާސީ އިންތިހާބުގައި "މުޖުރިމުން" ވާދަކުރާތީ ލީބިޔާގައި މުޒާހަރާކޮށްފި

21 ނޮވެންބަރު 2021 - 08:41 0

ޓްރިޕޮލީ، ލީބިޔާ (ނޮވެމްބަރު 20) - އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި "ހަނގުރާމައިގެ މުޖުރިމުން" ވާދަކުރާތީ ހިތްހަމަނުޖެހިފައި ތިބި އާއްމުންގެ އެތައް ސަތޭކަ ބަޔަކު ހުކުރު ދުވަހު ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި މުޒާހަރާކޮށްފި އެވެ.

އެ މީހުން ހިތްހަމަނުޖެހެނީ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމާއި ލީބިޔާގެ އިރުމަތީ ހިސާބުތަކުގައި ހަނގުރާމަވެރި ގްރޫޕެއް ހިންގާ ހަލީފާ ހަފްތާރްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރުމުންނެވެ.

ހުކުރު ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ ސައިފް އާޢި ހަފްތާރްގެ ޕޯސްޓަރުތަކުގެ މައްޗަށް ފައިން އަރައި، ހަފްތާރަށް ފައިދާވާ ގޮތަށް އެކުލަވާލާފައިވާ ކަމަށް ބުނީ އިންތިހާބާ ބެހޭ ގާނޫނު އުވާލަން އަޑު އުފުލާފަ އެވެ. އަދި މުޖުރިމުންގެ ކެންޑިޑެސީ ބާތިލްކުރަން ވެސް ގޮވި އެވެ.

ލީބިޔާގައި 2011 ވަނަ އަހަރު ހިންގި އިންގިލާބުގައި ގައްޒާފީގެ 40 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައި ނަމަވެސް، އޭގެ ފަހުން އެ ގައުމުގައި ސުލްހަ ގާއިމްކުރެވިފައެއް ނުވެ އެވެ. އެހެންކަމުން ޑިސެމްބަރު 24 ގެ އިންތިހާބަކީ ސުލްހަ ގެނައުމަށް އދ. އިން ބާރު އަޅާތީ ކުރާ މަސައްކަތުގެ ބަޔެކެވެ.

އިންތިހާބާ ގުޅޭ އެކި ކަންކަމާ މެދު ލީބިޔާގެ ސިޔާސީ ފެކްޝަންތަކުގެ މެދުގައި ދެބަސްވުން އެބަ އޮތެވެ. އެއް ބަޔަކު އެންމެ ބޮޑަށް ހިތްހަމަނުޖެހެނީ ވެރިރަށް ޓްރިޕޮލީ ހިފައި އަސްކަރީ ބަގާވާތެއް ގެންނަން އުޅުނު ހަފްތާރްގެ ކެންޑިޑެސީ ބާތިލްކޮށްފައި ނުވާތީ އެވެ.