Advertisement

އަޔާދީ ތަކާފުލް އިން ހަތަރު ވަނަ ފަހަރަށް އިފްސާ އެވޯޑުގެ ތަކާފުލް ވިންޑޯގެ ގޯލްޑް އެވޯޑް ހާސިލުކޮށްފި

15 ނޮވެންބަރު 2021 - 15:42 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

މި އަހަރަކީ އިފްސާ އެވޯޑުގެ ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ ކެޓަގަރީއިން އަޔަދީ ތަކާފުލް ގޯލްޑް އެވޯޑް ހާސިލްކުރި ހަތަރު ވަނަ ފަހަރު.


އަޔާދީ ތަކާފުލް އިން ހަތަރު ވަނަ ފަހަރަށް އިފްސާ އެވޯޑުގެ ތަކާފުލް ވިންޑޯގެ ގޯލްޑް އެވޯޑް ހާސިލުކޮށްފި

15 ނޮވެންބަރު 2021 - 15:42 0

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް އިން އިސްލާމިކް ފައިނޭންސިން ފޯރަމް އޮފް ސައުތު އޭޝިއާ (އިފްސާ) އެވޯޑުގެ ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ ކެޓަގަރީއިން ގޯލްޑް އެވޯޑް ހަތަރު ވަނަ ފަހަރަށް ހާސިލްކޮށްފި އެވެ.

އަޔާދީ ތަކާފުލް އިން މި އެވޯޑް ހަތަރު ވަނަ ފަހަރަށް ހާސިލްކޮށްފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި އެވޯޑް ހަފުލާގަ އެވެ.

އަޔާދީ ތަކާފުލް އިން ދަނީ 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި އެވޯޑް ހާސިލްކުރަމުން ނެވެ.

މި ހަތަރު އެވޯޑްގެ އިތުރުން 2017 ވަނަ އަހަރު އަޔާދީ ތަކާފުލް އިން ވަނީ ހައްޖު އަދި އުމްރާ ތަކާފުލް އަށް "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" ހާސިލްކޮށްފަ އެވެ. އަދި ހަމަ އެ އަހަރު ހިދުމަތުގެ އަގުވަޒަންކޮށް ސިލްވާ އެވޯޑެއްވެސް އަޔާދީ ތަކާފުލް އަށް ލިބުނެވެ.

ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އިފްސާ އެވޯޑް ހަފުލާއަކީ ސައުތު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ހިދުމަތްދިނުމުގައި މުޖްތަމައުއަށް ފައިދާ ކުރުވަނިިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެކެވެ.