Advertisement

ސާޕްޗެމްޕިއަންޝިޕް ލަކީޑްރޯ އިން މޮޅުވެގެން ޖީއެން އީވާން އަށް

14 ނޮވެންބަރު 2021 - 16:31 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ސާފް ޗެމްޕިއަންޝިޕްގެ ޖީއެން ސައިކަލް ޕްރޮމޯޝަންގެ ނަސީބު ވެރިޔާ ހޮވުމުގެ ތެރެއިން


ސާޕްޗެމްޕިއަންޝިޕް ލަކީޑްރޯ އިން މޮޅުވެގެން ޖީއެން އީވާން އަށް

14 ނޮވެންބަރު 2021 - 16:31 0

ނިމުނު އުރީދޫ ސާފްޗެމްޕިއަންޝިފް މުބާރާތާ ގުޅުވައިގެން ސޮލެރަލް އިންޝުއަރެންސް އާއި 'އަދަދު' ގުޅިގެން ކުރިއަށް ގެންދިޔަ ޖީއެން ލަކީޑްރޯގެ ނަސީބުވެރިއަކަށް މުހައްމަދު އީވާން އަޒާރު ހޮވިއްޖެ އެވެ.

ލަކީޑްރޯ އަށް ސޮލަރެލް އިންޝުއަރެންސް އިން ހުށަހެޅި އަގުބޮޑު ޖީއެން ސައިކަލު އީވާން އަށް ލިބިފައިވަނީ މިއަދު 'އަދަދު' އޮފީހުގައި ވަގުތުން ކުރިއަށް ގެންދިޔަ ގުރުއަތުލުމުން ނަސީބުވެރި ފަރާތަށް ހޮވިގެންނެވެ. އޭނާ ވަނީ ލަކީޑްރޯގެ ހުރިހާ ޝަރުތެއް ފުރިހަމަކޮށްފަ އެވެ.

މެޗްތަކުގެ ސްކޯ ދިމާކޮށްގެން އަގުބޮޑު ޖީއެން ސައިކަލެއް ހޯދުމަށް ހުޅުވާލި މި ލަކީޑްރޯގެ ޝަރުތުގެ ގޮތުގައި ބުނެފައިވަނީ ސްކޯ ދިމާކުރާ ފަރާތުން، "އަދަދު" ގެ ފޭސްބުކް ޕޭޖާއި ސޮލަރެލް އިންޝުއަރެންސްގެ ފޭސްބުކް ޕޭޖަށް ލައިކް ދިނުމަށް ފަހު، އެކަމާ ގުޅޭގޮތުން ޖަހާފައިވާ ޕޯސްޓްގެ ތިރިޔަށް ޓީމުގެ ނަމާއެކު ސްކޯ ޖެހުމަށެވެ.

ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދޭން ފެށި ފުރަތަމަ އަމިއްލަ ދިވެހި ކުންފުނި، ސޮލެރަލް އިންޝުއަރެންސް އާ ގުޅިގެން ހުޅުވާލި މި ފުރުސަތުގައި، ސްކޯ ދިމާކުރަން ޖެހޭނީ ކޮންމެ މެޗްގެ ފުރަތަމަ ކަށިގަނޑާ ހަމައަށެވެ.

މިއަދުގެ ގުރުއަތު ނެގުން ނިންމާލުމަށް ފަހު ސޮލަރެލްގެ މެނޭޖަ ކްލެއިމްސް އަހުމަދު މުނައްވަރު ވިދާޅުވީ އަދަދު ނޫހާ ގުޅިގެން ހުޅުވާލި މި ފުރުސަތުގައި ޖީއެން ސައިކަލާއި ކޮންމެ މެޗަކަށް މޮޓޯ އިންޝުއަރެންސް ދޭން ނިންމީ، ޖީއެން ސައިކަލްއަކީ ޒުވާނުން ވަރަށް ލޯބިކުރާ ބްރޭންޑަކަށް ވުމާއި، އަތުން އެއްވެސް ފައިސާއެއް ނުގޮސް ސައިކަލެއް ލިބޭނެ ގޮތް ތަނަވަސްކޮށް ދިނުމަށާއި، ސާފުގެ ފޯރި ވަރުގަދަކުރުމަށް ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ފައިނަލް މެޗާއެކު ހަ ދުވަހެއްގައި ޖުމުލަ 11 މެޗް ކުޅެފައިވެ އެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން، އިންޑިއާ، ސްރީ ލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް އެވެ.

މިއަހަރުގެ ސާފްޗެމްޕިއަންޝިޕްގެ ތަށި ހޯދީ އިންޑިއާ ޓީމެވެ.