Advertisement

ހުޅުމާލެއަށް މުނިސިޕަލް ހިދުމަތް ނުދެވޭތީ މޭޔަރު ކަންބޮޑުވެއްޖެ

13 ނޮވެންބަރު 2021 - 20:10 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

މާލެ ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު


ހުޅުމާލެއަށް މުނިސިޕަލް ހިދުމަތް ނުދެވޭތީ މޭޔަރު ކަންބޮޑުވެއްޖެ

13 ނޮވެންބަރު 2021 - 20:10 0

ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފާޅުކުރައްވައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އުޅޭ މަންޒަރު ޓްވިޓާގައި ހިއްސާކޮށްފައި ވަނިކޮށް، އެޓްވީޓް ޝެއާކޮށް މޭޔަރު މުއިއްޒު ވަނީ މާލެ ސިޓީ ގައި ކުނި ނައްތާލުން ފަދަ ޒަރޫރީ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އިހުމާލުވާކަމަށް ވިދާޅުވެ ހިތްހަމަޖެހުން ފާޅުކުރައްވައިފަ އެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލަށް ލިބެން ވާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒުގެ ޓްވީޓް


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްކޮށް ފްލެޓްތަކަށް މީހުން ބަދަލުވާން ފެށުމާއެކު އެ ސަރަހައްދުގައި ކުނި ވަނީ ގިނަވާން ފަށާފަ އެވެ. އެ ސަރަހައްދުން ކުނި ނެގޭނެ ރަނގަޅު ނިޒާމެއް ނެތުމުގެ ޝަކުވާ ބޮޑެވެ.

ހިޔާ ފްލެޓް ސަރަހައްދުގެ އެކި ހިސާބުތަކަށް އާއްމުން ކުނި އަޅަމުންދާ އެ ސަރަހައްދުގެ އާންމު ކުނި ނެގުމުގެ ހިދުމަތް ވެމްކޯއިން ފޯރުކޮށްދެ އެވެ.

ނަމަވެސް ބައެއް މީހުން ފަރުނީޗަރުތަކާއި ބޮޑެތި ހުސް ފޮށިގަނޑު ފަދަ ތަކެތި އުކަ އެވެ. އެފަދަ ބައެއް ތަކެތި އެތަނަށް ގިނަވެފައި ހުރެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ވަނީ މިފަދަ ކުނިތައް އަޅަން ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފަ އެވެ. އަދި އެ ސަރަހައްދުތަކުން ކުނި ސާފު ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުންދާ ކަމަށް އެކޯޕަރޭޝަނުން ބުނެ އެވެ.

ނަމަވެސް ބައެއް ފަހަރު އެހެން ސަރަހައްދުތަކަށް ކުނި އަޅާ ކަން އެޗްޑީސީން ފާހަގަކުރެ އެވެ.