Advertisement

ގުރައިދޫ މަރުކަޒުން 89 ކޭސް، ހައި ރިސްކް އަށް މީހަކު ހުޅުމާލެއަށް

25 އޮކްޓޯބަރު 2021 - 13:44 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ގުރައިދޫ މަރުކަޒުގައި ދައުލަތުން ބަލަހައްޓާ ބަޔަކު ކެއުމަކަށް އިންސާފުކުރަނީ: އިއްޔެ އެ ރަށުން ވަނީ އިތުރު 80 ސާމްޕަލް ނަގާފައި.


ގުރައިދޫ މަރުކަޒުން 89 ކޭސް، ހައި ރިސްކް އަށް މީހަކު ހުޅުމާލެއަށް

25 އޮކްޓޯބަރު 2021 - 13:44 0

ކ. ގުރައިދޫގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 89 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އޭގެތެރެއިން ހައިރިސްކް މީހުންގެ ގޮތުގައި ފާހަގަ ވެފައިވާ އަށް މީހަކު ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލު ކޮށްފި އެވެ.

ގުރައިދޫން އެންމެ ފުރަތަމަ ކޭސްތަކެއް ފެނިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ ކޮވިޑްގެ އަލާމާތްތައް ހުރެގެން މަރުކަޒުން ދެއްކި ބަޔެކެވެ. ޕޮޒިޓިވްވި ތިން މީހުންގެ ކޮންޓެކްޓްގެ ގޮތުގައި 100 އަށްވުރެ ގިނަ މީހުން ވަނީ ފާހަގަ ވެފަ އެވެ.

ގުރައިދޫ ހެލްތް ސެންޓަރުން މައުލޫމާތު ދެއްވަމުން އިބްރާހިމް ރަޝާދު "އަދަދު" އަށް ވިދާޅުވީ މިހާތަނަށް އެ ރަށުން ޖުމްލަ 117 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މަރުކަޒުން ޕޮޒިޓިވްވި 106 މީހެކެވެ. އެއީ 89 ބަލި މީހަކާއި 17 މުވައްޒަފުންނެވެ.

"އެންމެ ކްރިޓިކަލް ކަމަށް ގަބޫލު ކުރެވޭ ޕޭޝެންޓުން މިހާރު މާލެ ބަދަލު ކޮށްފަ ވަނީ. ކިރިޔާ ވެސް ކްރިޓިކަލް ވާހެން ހީވާނަމަ އެ ޕޭޝެންޓު މޫވް ކުރޭ. މިހާރު ބަދަލު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އަށް މީހުން،" ރަޝާދު ވިދާޅުވި އެވެ.

މަރުކަޒުން ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުމާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލް ނެގުމަށްފަހު، އޭގެ ތެރެއިން އަށް މުވައްޒަފުން އަދި މަރުކަޒުގައި ބަލަހައްޓަމުން ގެންދާ އަށް މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެންވުމާއެކު، ކ. ގުރައިދޫ ޓާސްކް ފޯސްގެ އިރުޝާދުގެ ދަށުން ޕޮޒިޓިވް ކޭސް އާއި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ތިބި މީހުން މަރުކަޒުގައި މިހާރު ވަނީ ކަރަންޓީން ކުރެވިފަ އެވެ.

މިވަގުތު މަރުކަޒުން ޕޮޒިޓިވް ވެފައިވާ މުވައްޒަފުންގެ ތެރެއިން 10 މީހުން ތިބީ ގޭގައި ކަރަންޓީން ވެގެންނެވެ. ހަ މުވައްޒަފުން މަރުކަޒުގައި ތިބިއިރު އެއް މުވައްޒަފަކު ވަނީ ކޮވިޑް ފެސިލިޓީއަށް ބަދަލު ކޮށްފަ އެވެ.

ޖެންޑާ ނިސްޓްރީގެ ސޯޝަލް ސާވިސް ޑިޕާޓްމަންޓްގެ ފަރާތުން ދެ ކޭސްވޯކަރުން އިއްޔެ ވަނީ ގުރައިދޫއަށް ގޮސްފަ އެވެ. އެއީ މަރުކަޒުގައި ތިބި މީހުންނާއި މުވައްޒަފުންނަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ދިނުމަށް ކަމަށެވެ.

މަރުކަޒުގައި ތިބޭ ހައިރިސްކް މީހުން މާލެ ބަދަލް ކުރުމުގައި އެ ތަނުގައި ތިއްބަވާ ޑޮކްޓަރުންގެ އިތުރުން މާލޭގައި ތިއްބަވާ ޑޮކްޓަރުންގެ ލަފާ ހޯދާ ކަމަށް ރަޝާދު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިއްޔެ އިތުރު 80 ސާމްޕަލް ނަގާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރަށު ތެރެއިން ނެގި 60 ސާމްޕަލާއި ގުރައިދޫ މަރުކަޒު ތެރޭން ނެގި 20 ސާމްޕަލެވެ.

އިއްޔެ އިން ފެށިގެން ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މީހުން ވަދެ ނިކުމެ އުޅުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. އެ މަރުކަޒުގައި ތިބި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެރަށުގެ ހެލްތު ސެންޓަރާ ގުޅިގެން ދަނީ މަސައްކަތްތައް ކުރަމުންނެވެ.