Advertisement

ސުވޭޖް ޕްލާންޓަކުން ކަނޑަށް ނަޖިސްފެން ބޭރުކުރާ މައްސަލައެއް މަޖިލީހަށް

24 އޮކްޓޯބަރު 2021 - 10:15 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ހުޅުމާލެ. ޕްލޭނިން މިނިސްތްރީން ޓެންޑާކޮށްފައިވާ ހުޅުމާލެ ސުވޭޖް ޕްލާންޓާއި ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ފެންމަތި ވެއްޖެ. އެ ޕްލާންޓުގެ ހަރަދާއި، ނަޖިސް ފެން ކަނޑަށް ދޫކުރަން އޮންނަ އޮތުން އެ ކަންބޮޑުވުންތަކުގައި ހިމެނޭ. އެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވެސް ހުށަހަޅާފަ.


ސުވޭޖް ޕްލާންޓަކުން ކަނޑަށް ނަޖިސްފެން ބޭރުކުރާ މައްސަލައެއް މަޖިލީހަށް

24 އޮކްޓޯބަރު 2021 - 10:15 0

ހައުސިން މިނިސްޓްރީން ހުޅުމާލޭގައި ޓެންޑާކޮށްފައިވާ ސުވޭޖް ޓްރީޓްމެންޓް ޕްލާންޓެއް އެޅުމުގެ މަޝްރޫއު ފަރުމާކޮށްފައިވަނީ ޓްރީޓް ނުކުރާ ނަޖިސް ފެން ކަނޑަށް ދޫކުރާ ފަދަ ގޮތަކަށް ކަމަށާއި، އަދި އެ މަޝްރޫއަކީ ހަރަދު ބޮޑު މަޝްރޫއެއްކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މިދިޔަ ބުދަ ދުވަހު މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ސޮއިކުރައްވާ މަޖިލީހަށް ހުށަހެޅި އެ މައްސަލައިގަ ބުނެފައިވަނީ އެ މަޝްރޫއު ޓެންޑާ ކޮށްފައިވަނީ ޓްރީޓް ނުކުރާ ނަޖިސްފެން ކަނޑަށް ދޫކުރާފަދަ ގޮތަކަށް ކަމަށާއި، އަދި ޓްރީޓްކުރެވިފައިވާ ފެން، ފެން ފަށަލަ ތެރެއަށް ދޫކުރާފަދަ ގޮތަކަށް ކަމަށް ފާހަގަކޮށްފަ އެވެ.

އަދި ސުވޭޖް އަކީ އެކި ޒާތުގެ ވިހަ މާއްދާއާއި ޕްލާސްޓިކް ރެޒިޑިއު އަދި މައިކްރޯޕްލާސްޓިކް ހިމެނޭ އެއްޗެއްކަމުން އެގޮތަށް ކަނޑަށް ދޫކުރުމުން، ކަނޑު ތަގައްޔަރުވެ ގުދުރަތީ ވެއްޓާއި ކަނޑުގެ ދިރުންތަކާއި އިންސާނުންނަށް ވެސް ނޭދެވޭ އަސަރުކުރާ ކަމެއް ކަމުގައި ފާހަގަކޮށްފަ އެވެ. އަދި އެއީ އެކަމުގައި ކަންބޮޑުވުން ހުރި ކަމެއް ކަމުގައި މެމްބަރު ހައިތަމް މައްސަލަ ހުށަހެޅި ސިޓީގައި ވިދާޅުވެފައި ވެ އެވެ.

އެ ސިޓީގައި ވަނީ ރާއްޖޭގައި އަމަލުކުރާ ސިވޭޖް ޑިސްޕޯސަލް ރެގިއުލޭޝަންގައި ނަރުދަމާ ނިޒާމުގެ ތެރެއިން ޓްރީޓްކޮށްފައި ކަނޑަށް ދޫކުރާ ފެނުގެ އެފްލުއެންޓް ކޮލިޓީ ރިކުއަޔަމެންޓްގެ ގޮތުގައި ހުންނަން ޖެހޭނީ ލީޓަރެއްގައި އެންމެ ގިނަވެގެން ވެސް 20 މިލިގުރާމް ބައޯކެމިކަލް އޮކްސިޖެން ޑިމާންޑް (ބީއޯޑީ5) ކޮންސެންޓްރޭޝަންކަން ފާހަގަކޮށްފަ އެވެ.

"އެހެން ނަމަވެސް މަޝްރޫއުގެ ޓެންޑާގެ މާއްދާތައް ބުނާ ގޮތުން ބައެއް ހާލަތްތަކުގައި އެއްވެސް ގޮތަކަށް ޓްރީޓްނުކޮށް 10،000 ކިއުބިކް ލީޓަރުގެ ނަޖިސް ފެން ކަނޑަށް ދޫކުރެވިދާނެ އެވެ،" މައްސަލަ ހުށަހެޅި ސިޓީގައި ވެ އެވެ.

އެއީ ސުވޭޖް ޑިސްޕޯސަލް ރެގިއުލޭޝަންއާ ކަނޑައެޅިގެން ހިލާފްކަމެއްކަމަށް އަދި ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމެއް ކަމުގައި ވެސް އެ ސިޓީގައި މެމްބަރު ހައިތަމް ވިދާޅުވެ އެވެ.

އަދި މަޝްރޫއުގެ ދަށުން ދޫކުރާ ނަޖިސް ފެން ހުންނަން ވަނީ ފަސް މިލިގްރާމް ބައޯމެޑިކަލް އޮކްސިޖެން ޑިމާންޑް ކޮންސެންޓްރޭޝަނެއްގައިކަމަށް ވެސް ސިޓީގައި ވެ އެވެ. އެހެން ނަމަވެސް އެއީ ދުނިޔޭގެ ވަރަށް މަދު ކުންފުންޏެއްގެ ކިބައިގައި ހުރި ގާބިލުކަމެއް ކަމުގައި މެމްބަރު ހައިތަމްގެ އެ ސިޓީގައި ވިދާޅުވެ އެވެ.

މެމްބަރު ހައިތަމް. ހުޅުމަލެ ސުވޭޖް ޕްލާންތް މަޝްރޫއާ ގުޅިގެން މެމްބަރު ހައިތަމް ވަނީ ކަންބޮޑުވުން ފާޅުކޮށް މައްސަލައެއް މަނޖިލީހަށް ހުށަހަޅާފަ-- ފޮޓޯ: މަޖިލިސް


އެކަމުގެ ސަބަބުން ރާއްޖެ ފަދަ އިގްތިސޯދީ ގޮންޖެހުންތަކާ ކުރިމަތިވާނޭކަމަށް ވެސް އެ ސިޓީގައި ލަފާކޮށްފައިވާއިރު، އެ ޓެންޑާގައި ބުނެފައިވާ ފެންވަރުގެ ޓްރީޓްމެންޓް ޕްލާންޓެއް އޮޕަރޭޓްކުރުމަށް ދުވާލަކު 15 މެގަވޮޓުގެ ކަރަންޓު ބޭނުންވާނޭކަމަށް ވެސް ދާއިރާގެ މާހިރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށް އެ ސިޓީގައި މެމްބަރު ހައިތަމް ފާހަގަކުރައްވަ އެވެ.

އަދި އެއީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލޭގައި ދުވާލަކަށް ކަރަންޓަށް ބޭނުންވާ މިންވަރުގެ ތިންބައި ކުޅަ އެއްބައި ކަމަށާއި، ޓެންޑާކޮށްފައިވާ މަޝްރޫއުގެ ދަށުން ކަރަންޓު އުފައްދަން ގަންނަ ތެލުގެ ހަރަދާއި، ޕްލާންޓް ހިންގުމާއި މެއިންޓެނެންސް ފަދަ ކަންކަމަށް ވެސް ބަލާއިރު ބޮޑު ހަރަދެއް ދާނެކަމަށް އެ ސިޓީގައި ވެ އެވެ.

އެ މަޝްރޫއަކީ ރާއްޖެއިން ކަނޑައަޅާފައިވާ ނެޓް-ޒީރޯ އެމިޝަންސްގެ ލަނޑުދަނޑި ހާސިލުކުރުމުގެ އަޒުމާ ވެސް އިދިކޮޅު ކަމެއް ކަމުގައިވާއިރު، އެފަދަ ނިންމުމެއް ނިންމުމުން، އެއީ އެކަމުގައި ހިމެނޭ ފަރާތްތަކުން ފުރިހަމައަށް ކަންކަން ދިރާސާނުކޮށް ކުރާ ކަމުގެ ހެއްކެއްކަމަށް ވެސް އެ ސިޓީގައި ވެ އެވެ.

ވޯލްޑް ބޭންކްގެ ފަންޑިންގެ ދަށުން ކުރިޔަށް ގެންދަން ޓެންޑާކޮށްފައިވާ އެ މަޝްރޫއު ފަރުމާކޮށްފައިވަނީ ނިޒާމުގެ ޑިޒައިނާއި އިންޖިނިއަރިންއަށް ރިއާޔަތް ނުކޮށް، ރާއްޖޭގެ އިގްތިސޯދީ އަދި ތިމާވެށީގެ ނާޒުކު ހާލަތަށް ވެސް ރިއާޔަތް ނުކޮށް އަދި އިންސާނުންނާއި އެހެނިހެން ދިރޭ ތަކެތީގެ ސިއްހަތަށް ވެސް ރިއާޔަތްނުކޮށްކަމަށް ވެސް އެ ސިޓީގައި ވެ އެވެ.

އެ މަޝްރޫއުގެ ފަންޑިން ހަމަޖެހިފައި އޮންނަތާ ދެ އަހަރު ދުވަސް ވޭތުވެފައިވާކަން މެމްބަރު ހައިތަމް ފާހަގަކުރެއްވި އެވެ. އަދި އަދަށް ވެސް އެއްވެސް މަސައްކަތެއް އެ މަޝްރޫއުގެ ދަށުން ކުރިޔަށް ނުގެންގޮސް އޮތުމަކީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވެފައި އޮތް ދަނޑިވަޅެއްގައި އެހީދޭ ބައިނަލްއަގްވާމީ ފަރާތްތަކުގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވުރު ގޯސްވާނޭކަމެއް ކަމުގައި ވެސް ދެކޭކަމަށް އެ ސިޓީގައި ވެ އެވެ.

"ވީމާ، މި ދެންނެވި ކަންކަމަށް ރިއާޔަތްކޮށް، މިކަންކަމުގައި ޒިންމާވާ ފަރާތްތައް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް މި މައްސަލަ ވީހާވެސް އަވަހަށް ބައްލަވައި ދެއްވުން އެދި ދެންނެވީމެވެ،" މެމްބަރު ހައިތަމް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވި އެ ސިޓީގައި ވިދާޅުވި އެވެ.