Advertisement

ފާޓީ ކޮންޓްރެކްޓް އާކޮށްފި، ރިލީޒަށް އެއް ބިލިއަން ޑޮލަރު

21 އޮކްޓޯބަރު 2021 - 09:36 0


ފާޓީ ކޮންޓްރެކްޓް އާކޮށްފި، ރިލީޒަށް އެއް ބިލިއަން ޑޮލަރު

21 އޮކްޓޯބަރު 2021 - 09:36 0

ބާސެލޯނާ (21 އޮކްޓޯބަރު) - އެއް ބިލިއަން ޑޮލަރުގެ ރިލީޒް ކްލޯސަކާ އެކު، ބާސެލޯނާ އަށް ކުޅެމުންދާ ސްޕެއިންގެ ޒުވާން ފޯވަޑް އަންސޫ ފާޓީ އެ ކްލަބުގެ ކޮންޓުރެކްޓް އާކޮށްފި އެވެ.

ފާޓީގެ ރިލީޒް ކްލޯސަކަށް އެއް ބިލިއަން ޑޮލަރު ބާސާ އިން ހަމަޖެއްސިއިރު، މި ހަފުތާގައި އެ ކްލަބުގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ވެސް ކޮންޓުރެކްޓް އާކުރީ އެއް ބިލިއަން ޑޮލަރުގެ ރިލީޒް ކްލޯސަކާ އެކު އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ދެން މި ވަރުގެ ރިލީސް ކްލޯސްއަކާ އެކު ކޮންޓްރެކްޓް އާ ކޮށްފައިވާ ސްޕެނިޝް ލީގުގެ ކުޅުންތެރިއަކީ ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ އެވެ.

ފާޓީ، 18، ބާސާގެ ކޮންޓުރެކްޓް އާކުރީ ހަ އަަހަރު ދުވަހުގެ މުއްދަތަކަށެވެ. ކޮންޓުރެކްޓް ހަމަވާނީ 2027 ވަނަ އަހަރުގަ އެވެ.

ފާޓީ ބާސާއާ ގުޅުނީ އުމުރުން 10 އަހަރުގަ އެވެ. މިހާތަނަށް ބާސެލޯނާ އަށް ކުޅުނު 47 މެޗުގައި، އޭނާ ވަނީ 15 ލަނޑު ޖަހައިފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފައިވާ ފާޓީ އަށް ލިބުނު އަނިޔާއަކާ ގުޅިގެން، 10 މަސް ދުވަސް ކުޅުމާ ދުރުގައި ހުރުމަށް ފަހު، އޭނާ އަލުން ކުޅެން ނުކުތީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭނާ އަށް ސްޕެއިން ޓީމުން ފުރުސަތު ދިނީ ސްޕެއިންގެ ރަށްވެހިކަން ވެސް ދިނުމަށް ފަހު އެވެ.

ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އެ ކްލަބު ދޫކޮށް ޕީއެސްޖީ އަށް ބަދަލުވުމާ އެކު، މެސީ ބޭނުން ކުރަމުންދިޔަ 10 ނަމްބަރު ޖޯޒީ ވެސް ބާސާ އިން ދިނީ ފާޓީ އަށެވެ.

ފާއިތުވި ތިން ސީޒަންގައި ފާޓީ ވަނީ ގިނަ ރެކޯޑްތަކެއް ހަދައިފަ އެވެ. އެގޮތުން އޭނާ އަކީ ލަލީގާގައި ލަނޑު ޖަހައި، އެސިސްޓްކުރި ޖެހި ބާސާގެ އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އަދި ޗެމްޕިއަންސް ލީގު މެޗެއް ކުޅުނު ބާސާގެ އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. -- ބީބީސީ