Advertisement

ޔޫއެންޖީއޭ ރައީސް ޝާހިދު ރާއްޖެ ވަޑައިގެންފި

6 އޮކްޓޯބަރު 2021 - 09:07 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އދ.ގެ އާންމު މަޖިލީހުގެ ރަައީސް އަބްދުﷲ ޝާހިދު ރާއްޖެ ކުރައްވާ ދަތުރުފުޅުގެ ތެރެއިން. ޝާހިދު ރާއްޖެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ. ފޮޓޯ: ފޮރިން މިނިސްޓްރީ


ޔޫއެންޖީއޭ ރައީސް ޝާހިދު ރާއްޖެ ވަޑައިގެންފި

6 އޮކްޓޯބަރު 2021 - 09:07 0

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިިސިއްޔަތުން އަބްދުﷲ ޝާހިދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު މާލެއަށް ވަޑައިގެންފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާ ޝާހިދު ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ޝާހިދު ރާއްޖެ ވަޑައިގަންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިމިދިޔަ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ދެެއްވި ރަސްމީ ދައުވަތަކަށެވެ.

މިއީ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރިއާސަތާއި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ.

ޝާހިދުގެ ދަތުރުފުޅު ނިންމަވާލައްވާނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. މި ޒިޔާރަތުގައި ޝާހިދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

ޝާހިދު އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ހުޅުވާލި ފުރުސަތުގައި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރާ ވާދަ ކުރެއްވުމަށްފަހު އެވެ.

އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ.

އާއްމު މަޖިލީހުގެ ރިއާސަތާއި ހަވާލުވެވަޑައިގަތުމަށްފަހު، "ޕްރެސިޑެންސީ އޮފް ހޯޕް" ނުވަތަ އުއްމީދީ ރިއާސަތުގެ ނަމުގައި ޝާހިދު ވަނީ ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔޭގެ ހަމަޖެހުމަށް އަމާޒުކުރައްވާ މަސައްކަތް ކުރައްވަން ވައުދުވެވަޑައިގެންފަ އެވެ.