Advertisement

އެކްސްކަވޭޓަރެއްގެ ލޮޅުމާއެކު އިސްދޫގެ ޒަމާންވީ ފެން ވަޅު އަޑިއަށް

3 އޮކްޓޯބަރު 2021 - 18:05 3

ނާޒިމް ހަސަން

ނ

Advertisement

އިސްދޫގެ ޒަމާންވީ ވަޅު އަޑިއަށް ގޮސްފައި: ވަޅު ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން --


އެކްސްކަވޭޓަރެއްގެ ލޮޅުމާއެކު އިސްދޫގެ ޒަމާންވީ ފެން ވަޅު އަޑިއަށް

3 އޮކްޓޯބަރު 2021 - 18:05 3

Advertisement

Advertisement

ލ. އިސްދޫގައި އެ ފެން ވަޅު ނެތް ހަނދާނެއް ހުރި މީހަކު ނެތެވެ. ވަޅަށް ސީދާވީ އަހަރެއް ބުނަން ނޭނގުނަސް, އެއީ އެހާ ވެސް ގިނަ ދުވަސްވީ އަސާރީ ވަޅެކެވެ.

އެކަމަކު, މިއަދު ހެނދުނުގެ ވަގުތެއްގައި އިސްދޫގެ މި ފެން ވަޅު ވަނީ ކުއްލިއަކަށް އަޑިއަށް ގަނބައިގެން ގޮސްފަ އެވެ.

Advertisement

މިކަން ހިނގާފައިވަނީ އިސްދޫ ކައުންސިލްގެ ނައިބު ރައީސް އާދަމް ނަސީމް "އަދަދު"އަށް ކިޔައިދެއްވި ގޮތުގައި, މިއަދު ހެނދުނު ވަޅު ހުރި މަގުން އެކްސްކަވޭޓަރެއް ނުވަތަ ހައިމާކެއް ދިޔަ ގަޑީގައި އައި ލޮޅުންތަކާއެކު އެވެ.

އޭގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު, ވަޅު ކުއްލިއަކަށް އަޑިއަށް ދިޔައީ އެކްސްކަވޭޓަރު ވަޅު ހުރަސްކުރިތާ ކުޑަ އިރުކޮޅެއް ތެރޭ އެވެ.

Advertisement

އާދަމް ނަސީމް ވިދާޅުވި ގޮތުގައި, ވަޅު ހުރި ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ފެނުގެ ނިޒާމް ގުޅުމަށްޓަކައި މަގުތައް ކަނޑައި, މަގު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެހެންވެ, އެ ސަރަހައްދުގައި ބަރު ވެހިކަލްތައް ގިނައިން ދުއްވަ އެވެ.

އެ ފެން ވަޅު ހުރި މަގަކީ, ރަށު އެއްކޮޅުން އަނެއް ކޮޅަށް ދެވެން އޮންނަ މަގެކެވެ. އެ ވަޅު ކައިރީ މިހާރު ރަށުގެ އިންޖީނުގެ އާއި އުރީދޫގެ އެންޓަނާ ވެސް އެބަ ހުއްޓެވެ. ނަމަވެސް, ވަޅު ހުރީ ރައްކާތެރިކޮށް ހިމާޔަތްކޮށްފަ އެވެ.

"އެ ވަޅަކީ ވަރަށް ބަލައިގެން ހިމާޔަތްކޮށްގެން ގެންގުޅޭ ވަޅެއް, ތަރިކައެއް މި ރަށުގެ," ނަސީމް ވިދާޅުވި އެވެ.

ގަލާއި އުވައިން ހަދާފައިވާ ވަޅުގައި އާނުގަނޑުގެ އަޑިއަށް "ހޮހަޅަ"ތަކެއްގެ ގޮތަށް ކޮޅު ނޭނގޭ ވަރަށް ފުންކޮށް ކޮނެފައިހުރިކަން ވެސް އާދަމް ނަސީމް ފާހަަގަ ކުރައްވަ އެވެ.

އެހެންވެ, އެ ވަޅަކީ އާދަޔާ ހިލާފު ވަޅެއްކަން ސިފަކޮށް ދެއްވަމުން ނަސީމް ވިދާޅުވި ގޮތުގައި, އަދިވެސް އެ ވަޅު ހިމާޔަތް ކުރަން ކައުންސިލުން މަސައްކަތް ކުރާނެ އެވެ.

"އެއީ ތަރިކައެއް, ނައްތާލުން އެ ވާނީ ގޯސް ކަމަކަށް, ވަޅުގެ އަސްލު ނުގެއްލޭ ގޮތަށް އަދިވެސް ހިމާޔަތްކޮށް ބަލަހައްޓަން މަސައްކަތް ކުރާނަން," ނައިބު ރައީސް ވިދާޅުވި އެވެ.

ވަޅު އަޑިއަށް ދިޔުމުގެ ކުރިން ހުރި ގޮތުގެ ފޮޓޯއެއް


އެއް އަރިއަށް ކަހަލަ ގޮތަކަށް ވަޅު އަޑިއަށް ގޮސްފައިވާއިރު, މިހާރު ވަޅުން ބިމުން މައްޗަށް ފެންނަން ހުރީ ގާތްގަނޑަކަށް އެއް ފޫޓެއްހާ ހިސާބެވެ.

އިހުގައި ރަށުގެ މީހުން ދިރިއުޅުނު ސަރަަހައްދުގެ މެދުގައި ހުރި މި ވަޅަކީ, ފެން ތާނގި ބަހައްޓައިގެން ގޭގައި ވާރޭ ފެން ބޯން ފެށުމުގެ ކުރިން ރައްޔިތުން ފެން ބުއިމަށް ބޭނުން ކުރި ވަޅެވެ.

އެހެންވެ, މި ފެން ވަޅަކީ އެ ރަށުގެ އެތައް ހަނދާނަކާއި ތާރީހަކާ ގުޅިފައިވާ މުހިންމު ތަރިކައެކެވެ.

Advertisement

7.69%

84.62%

7.69%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޙަަމްދު

over 3 years ago

ވަޅަކީއެއްވެސް އިރެއްގައި ކައުންސިލުން ބަލަހަށްޓައިގެން އުޅުނުވަޅެއްނޫން. އެމީހެއްގެ ޖީބަށްބަރުވަންޔާ ކޮންއާސާރީތަނެއް އޮންނާނީ. މިހާރުފެނިގެން މިދަނީ އެމަންޒަރު.

ނަސްރީން

over 3 years ago

"އެ ވަޅަކީ ވަރަށް ބަލައިގެން ހިމާޔަތްކޮށްގެން ގެންގުޅޭ ވަޅެއް، ތަރިކައެއް މި ރަށުގެ،" ނަސީމް ވިދާޅުވި އެވެ. ވަޅުގެ އަސްލު ފޮޓޯ ފެނުނީމަ އެނގިއްޖެ ވަޅައް ކަލޭމެން ބަލަނީ ކިހިނެއް ކަން.. ކީއްކުރާނީ ހުސް ރޯނު އެދުރުން

😂

over 3 years ago

😂😂😂