Advertisement

ދެން ޓިކެޓް ކައުންޓަރު ދޮށަށް ދާކަށް ނުޖެހޭނެ

2 އޮކްޓޯބަރު 2021 - 14:03 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އެމްޓީސީސީގެ މާލެ-ވިލިމާލެ ފެރީ ޓާމިނަލްގެ ޓިކެޓް ކައުންޓަރު. -- ފޮޓޯ: އެމްޓީސީސީ


ދެން ޓިކެޓް ކައުންޓަރު ދޮށަށް ދާކަށް ނުޖެހޭނެ

2 އޮކްޓޯބަރު 2021 - 14:03 0

ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ރާއްޖޭގައި ދެމުން އަންނަތާ އަހަރުތަކެއްވެއްޖެ އެވެ. އެ އަހަރުތަކުގައި ދިވެހިންގެ ދިރިއުޅުން ތަރައްގީވެއްޖެ އެވެ. އެންމެ ފަހު ޓެކްނޮލޮޖީ ވެސް އެ އަހަރުތަކުގައި ދިވެހިންނާ ބައްދަލުކޮށްފި އެވެ. އެކަމަކު ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް، އެއާ ވަރަށް ތަރައްގީ ނުވެ އޮތުމަކީ އާއްމުންގެ ޝަކުވާ އެކެވެ.

ޓިކެޓް ކައުންޓަރު ދޮށުގައި ހުއްޓާ ފެރީ ނައްޓާލުމާ ކޮންމެ ފަހަރަކު ބަސް ކާޑަށް ރުފިޔާ އަޅަން ޓާމިނަލަށް ދާން ޖެހުމަކީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދާ ކޮންމެ މީހަކުވެސް ތަޖުރިބާކޮށްފައިވާ ކަމެކެވެ. ޓިކެޓު ގަންނަން ވަކިި ރުފިޔާ ގެންގުޅެން ޖެހުން އެއީ ވަރަށް ބޮޑު ތަކުލީފެކެވެ. ކޭޝް ކާޑުން ނުވަތަ ޓްރާންސްފާކޮށްގެން އެކަން ނުކުރެވެންވީ ސަބަބެއް މިހާރު އޮވެގެން ނުވާނެ ކަމަށް އާއްމުން ގަބޫލުކުރެ އެވެ.

ރައްޔިތުންގެ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިވަނީ ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ޒަމާނަށް ފެއްތުމުގެ މަސައްކަތް ފަށައިފަ އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅި ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތުގައި ޑިޖިޓަލް ޕޭމަންޓް ތައާރަފުކުރުމުގެ މަސައްކަތް މިވަނީ ފަށާފަ އެވެ.

އެމްޓީސީސީ އިން ބީއެމްއެލްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޓެގްރޭޓަޑް ޓްރާންސްޕޯޓް މެނޭޖްމަންޓު އަދި އޮޓޮމެޓިކް ފެއާ ކަލެކްޝަން ސިސްޓަމެއް ޕަބްލިކް ޓްރާންސްޕޯޓު ހިދުމަތުގައި ބޭނުންކުރަން ފަށާނެ އެވެ. މި ހިދުމަތް ބީއެމްއެލްއިން ފޯރުކޮށްދެނީ މާސްޓާކާޑުގެ "ސްމާޓް ސިޓީސް" އިނީޝިއޭޓިވްގެ ދަށުންނެވެ.

މި ހިދުމަތް ފޯރުކޮށްދޭން ފެށުމުން ޓިކެޓް ކައުންޓަރުތައް ދޮށަށް ދާކަށް ނުޖެހޭނެ އެވެ. ބަހަށް އަރަން ނުވަތަ ފެރީއަށް އަރަން ރުފިޔާ އަޅައިގެން ވަކި ކާޑެއްވެސް ގެންގުޅޭކަން ނުޖެހޭނެ އެވެ. އެމްޓީސީސީން ފޯރުކޮށްދޭ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްތައް ހޯދަން ބޭނުންވާނީ ހަމައެކަނި ކޭޝް ކާޑެވެ.

އޮޓޮމެޓިކް ފެއާ ކަލެކްޝަން ސިސްޓަމެއް ތައާރަފުކުރުމް ކޮންމެ މީހަކަށްވެސް އެމީހެއްގެ ކޭޝް ކާޑުން ނުވަތަ ޑިޖިޓަލްޕޭގެ ވަސީލަތްތައް ބޭނުންކޮށްގެން ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދޭނެ އެވެ. ފައިސާ ކެނޑޭނީ ސީދާ ކޭޝް ކާޑުންނެވެ. އަދި ފައިސާ ކެޑޭ ވަރު ވަގުތުން ބަލާލެވޭނެ އެވެ.

މިހާރު ދުނިޔެ އަދި ރާއްޖެ މިއޮތް ބަލިމަޑުކަމުގެ ހާލަތަށް ބަލައި އަތުން އަތަށް ފައިސާ ބަދަލުކުރުމުގެ ބަދަލުގައި މިގޮތަށް ހިދުމަތް ހޯދުމުން އޮތް ރައްކާތެރިކަންވެސް އިތުރުވެ އެވެ. މިއީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކަން ކުރަމުންވެސް އަންނަ ގޮތެވެ. މިއީ ރާއްޖޭގެ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ކުރިއަރައި ޒަމާނަށް ފެތިގެންދާ މަންޒަރެވެ.