Advertisement

ފިޔަވަތީގައި ކުދިންތަކަކަށް މުވައްޒަފުން އަނިޔާކުރި ކަމުގެ ތުހުމަތު

8 ސެޕްޓެންބަރު 2021 - 11:33 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހުޅުމާލޭގައި ހުންނަ ފިޔަވަތި: ރޭ ދަންވަރު ހިނގި އެ ހާދިސާއާ ގުޅިގެން އެތަނަށް އާންމުން އެއްވެފައިވޭ. -- ފޮޓޯ: ޖެންޑާ މިނިސްޓްރީ


ފިޔަވަތީގައި ކުދިންތަކަކަށް މުވައްޒަފުން އަނިޔާކުރި ކަމުގެ ތުހުމަތު

8 ސެޕްޓެންބަރު 2021 - 11:33 0

ހުޅުމާލޭގައި ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބައިތިއްބާ ފިޔަވަތީގައި ކުދިންތަކަކަށް އެތަނުގެ މުވައްޒަފުންތަކެއް ރޭ އަނިޔާކުރި ކަމަށް ކުރެވުނު ތުހުމަތުގެ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން ވަނީ ރޭ ހިނގި އެ ހާދިސާގައި އެއްވެސް ކުއްޖަކަށް ހާނިއްކައެއްނުވާކަން ކަށަވަރުކޮށްދީފަ އެވެ.

ރޭ ދަންވަރު ހިނގި ކަމަށް ބުނާ އެ ހާދިސާއާ ގުޅޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަނީ އާއްމުންތަކެއް އެތަނުގެ ބޭރު ދޮރޯށި ކައިރިއަށް އެއްވެ ދޮރު ހުޅުވޭތޯ އުޅޭ ތަނެވެ. އަދި އޭރު އެތެރެއިން ކުދިން ރޯ އަޑު އިވެ އެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބު "އަދަދު" އަށް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު ވަގުތުން އެކަން ބަލަން ފެށި ކަމަށާއި އެކަން ތަހުގީގުކުރަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި ޗައިލްޑް އޮމްބޮޑްސްޕާސަންގެ އޮފީހާ ގުޅިގެން ކަމަށެވެ.

"ތަހުގީގަށްފަހު ފިޔަވަތީގައި ދިރިއުޅޭ އެއްވެސް ކުއްޖަކަށް އެތަނުގެ މުވައްޒަފަކު އަނިޔާކުރި ކަން ހާމަވެއްޖެނަމަ އެ މީހަކަށް ފިޔަވަޅު އަޅާނެ،" ޝިހާބު ވިދާޅުވި އެވެ.

ފުލުހުން ވަނީ އެ މައްސަލަ އެ އޮފީހަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް, ފުލުހުން ހިޔާގައި ހުރި ކުއްޖަކަށް އަނިޔާކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.

ފިޔަވަތީގައި ކުދިން ރަނގަޅަށް ނުބެލެހެއްޓޭ ކަމުގެ ޝަކުވާ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ.