Advertisement

ސެމީގެ ފަހު ދެ ޖާގަ އެލްޓީ އާއި ބިސް ބުރު އަށް

13 އޮގަސްޓު 2021 - 09:18 0

ސެމީން ފުރުސަތު ހޯދި އެލްޓީ ޓީމު.


ސެމީގެ ފަހު ދެ ޖާގަ އެލްޓީ އާއި ބިސް ބުރު އަށް

13 އޮގަސްޓު 2021 - 09:18 0

އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ ފަހު ދެ މެޗުން މޮޅުވެ، ލިޓްލް ޓައުން ސްޕޯޓްސް (އެލްޓީ) އާއި ބިސް ބުރު ސްޕޯޓްސް ކްލަބް ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ހޯދައިފި އެވެ.

ޕެނަލްޓީ ޖަހައިގެން އިއްޔެގެ މެޗުތަކުން މޮޅުވި އެލްޓީ އާއި ބިސް ބުރު ކުޅޭ ދެ ވަނަ ސެމީ ފައިނަލް އޮންނާނީ ހޯމަ ދުވަހު ހަވީރު އެވެ. ފުރަތަމަ ސެމީގައި އާދިއްތަ ދުވަހު ހަވީރު ކުޅޭނީ ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ (އޯވަންއޯ) އާއި ބުރު ސްޕޯޓްސް ކްލަބް އެވެ. ސެމީ އަށް ހޮވުނު ހަތަރު ޓީމަށް ވެސް ވަނީ ކުރިއަށް އޮތް ދެ ވަނަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ.

އިއްޔެ ހަވީރު ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު މެޗުގައި އެލްޓީ އާއި ލޮރެންޒޯ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ޕެނަލްޓީ ޖަހައިގެން އެލްޓީން ވަނީ ލޮރެންޒޯގެ މައްޗަށް 3-2 އިން ކުރިހޯދައިފަ އެވެ.

އެލްޓީގެ ކޯޗަކީ ރާއްޖެ އަށް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިން ރަން ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. އައްސަދުގެ ކޯޗުކަމުގައި އެ ޓީމުން އަންނަނީ މި ފަަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ޓީނޭޖާއި ބިސް ބުރު ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މެޗު އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

ޕެނަލްޓީގައި ބިސް ބުރުން ވަނީ ފޮނުވާލި ތިން ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ޓީނޭޖުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ފުރަތަމަ ޕެނަލްޓީ އެވެ. ދެން ޖެހި ތިން ޕެނަލްޓީ ނާކާމިޔާބުވެ، ބިސް ބުރު މެޗުން މޮޅުވީ އެވެ.

ޕެނަލްޓީގައި ބިސް ބުރު މޮޅުވީ 3-1 އިންނެވެ. ތިން ވަނަ ޑިވިޝަންގެ ފައިނަލް އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.