about 21 hours 0
about 21 hours 0
އަންނަ އޭޕްރިލް މަހު ބާއްވާ އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަން އިން ހުޅުވާލައިފި އެެވެ.
އެ ގޮތުން، އެފްއޭއެމް އިން ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލެ ޒޯނުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން އެދޭ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓާކޮށްފައިވާ ކްލަބްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 22 ވަނަ ދުވަހުގެ މެންދުރު ފަހު ތިނެއް ކުރިން އީ-މެއިލް ( [email protected] ) މެދުވެރިކޮށް އެފްއޭއެމަށް އެންގުމަށް އެ އެސޯސިއޭޝަނުގެ އިއުލާނު މެދުވެރިކޮށް ވަނީ އަންގައިފަ އެވެ.
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުރިއަށްގެންދާނެ ފޯމެޓް ފައިނަލް ވެގެންދާނީ ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބެލުމަށް ފަހު އެވެ.
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ބޭއްވީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު/ޑިސެމްބަރުގަ އެވެ. އެ ފަހަރު، އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް ތަށި އުފުލާލީ ލެގޫންސް ސްޕޯޓްސް ކްލަބް އެވެ. މީގެ ތެރެއިން އޮޑިން ވަނީ، އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ފުރަަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.
އެފްއޭއެމް އިން މުޅި ރާއްޖެ ޝާމިލުވާ ގޮތަށް އެކުލަވާލި ފުޓްބޯޅައިގެ ސިސްޓަމްގެ ތެރެއިން، އިއުލާނު ކުރެވިފައިވާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ، ރާއްޖެ ބެހިގެން ދިޔަ، ހަތަރު ރީޖަނަލް ލީގުގެ ތެރެއިން މާލޭ ލީގު ކޮލިފިކޭޝަން ބުރެކެވެ.
އެފްއޭއެމް އިން ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ބަދަލުކޮށް އަތޮޅު ފުޓްބޯޅަ މުބާރާތް ފެށީ ފުރަތަމަ ޑިވިޝަނަށް ޓީމުތަކަށް އާދެވޭ ގޮތަށް ހަތަރު ރީޖަނަކަށް ބަހާލައިގެންނެވެ. ސެންޓްރަލް ރީޖަންގެ އިތުރުން ދެން ހިމެނެނީ، ނޯތު ރީޖަން އާއި ސައުތު ރީޖަން އަދި މާލެ ރީޖަން އެވެ.
Comment