Advertisement

ވަށަފަރު ސްކޫލަށް ދެ އަހަރު ފަހުން ޕްރިންސިޕަލަކު ހަމަޖައްސަނީ

14 އޮގަސްޓު 2021 - 13:14 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހއ. ވަށަފަރު ސްކޫލު: އެ ރަށު ސްކޫލުގައި މި އަހަރު ކިޔަވައިދޭން ފެށި އިރު ޓީޗަރުން ހަމަނުވާ ކަމަށް ކައުންސިލުން ބުނޭ-- ފޮޓޯ: ވަށަފަރު ސްކޫލު ޓްވިޓާ


ވަށަފަރު ސްކޫލަށް ދެ އަހަރު ފަހުން ޕްރިންސިޕަލަކު ހަމަޖައްސަނީ

14 އޮގަސްޓު 2021 - 13:14 0

ހއ. ވަށަފަރު ސްކޫލްގައި ޕްރިންސިޕަލަކު ނެތްތާ ދެ އަހަރަށް ފަހު އެ ސްކޫލަށް ޕްރިންސިޕަލެއް ހަޖައްސަން އެޑިއުކޭޝަނުން ނިންމައިފި އެވެ.

ގްރޭޑް 1-10 އަށް ކިޔަވައިދޭ ސްކޫލުގައި 100 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލް ކުރަމުންނެވެ. ޕްރިންސިޕަލަކު ނެތި ގިނަ ދުވަސް ވެފައިވާތީ ބެލެނިވެރިން ދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ވަށަފަރު ކައުންސިލްގެ ރައީސް އަހުމަދު މުއީން "އަދަދު" އަށް ވިދާޅުވީ މިދިޔަ ދައުރުގައި ތިއްބެވި ކައުންސިލަރުން އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކައިގެން ޕްރިންސިޕަލަކު ހޯދަން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު ޕްރިންސިޕަލަކު ހަމަނުޖެހި ދެ އަހަރު ވާން ޖެހުނު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ބުރާސްފަތި ދުވަހު މިނިސްޓްރީން ބުނެފައި އޮތީ މި މަސްތެރޭ ޕްރިންސިޕަލަކު ހަމަޖައްސައިދޭނެ ކަމަށް،" މުއީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޫލް ފެށިގެން ކުރިއަށްދާއިރު ޕްރިންސިޕަލެއް ނެތުމުގެ އިތުރަށް ކިޔަވައިދޭނެ ޓީޗަރުން ވެސް ހަމައެއް ނުވެ އެވެ. އެކަމާ ބެލެނިވެރިން ވެސް ކަންބޮޑުވުންފާޅު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިދިޔަ ހަފުތާގައި ފެށިއިރު އެ ސްކޫލަށް ޓީޗަރުން ހަމަނުވާ ކަމަށް ކައުންސިލުން ބުނި ނަމަވެސް އެޑިއުކޭޝަނުން ޔަގީންކަން ދޭ ގޮތުގައި ހުރިހާ ސްކޫލަކަށް ވެސް ވަނީ ޓީޗަރުން ހަމަވެފަ އެވެ.

ވަށަފަރުގައި ޕްރިންސިޕަލެއް ނެތި އަހަރުތަކެއް ފާއިތުވި ސަބަބު އެޑިއުކޭޝަން މިނިސްޓްރީން ހޯދަން ކުރި މަސައްކަތުގައި, އެތަނުގައި މީޑިއާއަށް މައުލޫމާތު ދެއްވަން ހަވާލުވެ ތިއްބެވި އިސްވެރިން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ނުލިބުނެވެ.