Advertisement

ފަތުވާ: ދިރޭތަކެތީގެ ސިފަޖެހޭ ގޮތަށް މޮނިއުމަންޓް ހެދުމާއި ބެހެއްޓުން ހަރާމް ކަމެއް

about 2 hours 0

މި އަހަރުގެ ޖޫން މަހު ހއ. ވަށަފަރުގައި ބެހެއްޓި އެރަށް ރަމްޒުކޮށްދޭ މޮނިއުމަންޓުގައި މަޑިއަކާއި ކޯމަހެއް ދައްކާފައިވޭ. -- ފޮޓޯ: ފަށަފަރު ކައުންސިލް


ފަތުވާ: ދިރޭތަކެތީގެ ސިފަޖެހޭ ގޮތަށް މޮނިއުމަންޓް ހެދުމާއި ބެހެއްޓުން ހަރާމް ކަމެއް

about 2 hours 0

ދިރޭތަކެތީގެ ސޫރަ ސިފަވާ ގޮތަށް މޮނިއުމަންޓް ފަދަ ތަކެތި ހެދުމާއި، އެފަދަ ތަކެތި ބެހެއްޓުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފި އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގާ ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރޭ އެއްޗެއްގެ ސިފައިގައި ބުދު، މޮނިއުމެންޓް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހެދުމާއި ބެހެއްޓުމަކީ ދީނީ ގޮތުން ހުއްދަ ނޫން ކަމެކެވެ.

މި ފަތުވާގައި ދަލީލެއްގެ ގޮތުން ނަގާފައިވަނީ މައްކާ ފަތަހަ ކުރެއްވި ދުވަހު ކައުއިތުރު ރަސޫލާ، ގެފުޅު ތެރޭގައި ހުރި ބުދުތައް ނައްތާލެއްވުމަށް ޞަހާބީންނަށް އަމުރުކުރެއްވި ހާދިސާއެވެ. އަދި އަލީގެފާނަށް ރަސޫލާ ދެއްވި އިރުޝާދެއްގައި، އެއްވެސް ބުދެއް އޭގެ ސިފަ ހަލާކުނުކޮށް ދޫނުކޮށްލުމަށާއި، އުސްކޮށް ހަދާފައިވާ ގަބުރެއް ބިމާ ހަމަނުކޮށް ދޫނުކޮށްލުމަށް އަންގަވާފައިވާކަން ފަތުވާގައި ފާހަގަކޮށްފައިވެ އެވެ.

ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ:

  • ގިޔާމަތް ދުވަހުން އެންމެ ގަދަފަދަ އަޒާބު ލިބޭހުށީ ފުރާނަ އެކުލެވޭ ތަކެތީގެ ސޫރަ ހަދާ މީހުންނަށް ކަމަށް އައިސްފައިވާ ހަދީސްތަކަށް ރިއާޔަތްކޮށް، ބުދު ހެދުމާއި ބެހެއްޓުމަކީ އިލްމުވެރިންގެ އިޖުމާއުން ހަރާމް ކަމެއް ކަމަށެވެ.
  • މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި، އެފަދަ ތަކެތި ހުންނަ ތަންތަނަށް ރަހުމަތުގެ މަލާއިކަތުން ވަދެވަޑައިނުގަތުމާއި، އެފަދަ ތަކެތީގެ ސަބަބުން ޝިރުކަށް މަގުފަހިވުން ހިމެނޭ ކަމަށެވެ.

ފަތުވާ ނިންމާލަމުން ބުނެފައިވަނީ، އިހުގެ މީހުންވެސް ބުދުތަކަށް އަޅުކަން ކުރަން ފެށީ ސޯލިހު މީހުންގެ ހަނދާނުގައި ބެހެއްޓި ބުދުތަކަށް ޒަމާންތަކެއް ފަހުން މީސްތަކުން ޝިރުކުކުރަން ފެށުމުން ކަމަށާއި، އެހެންކަމުން މުސްލިމުން މިފަދަ ކަންކަމުން ދުރުހެލިވެ، ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.