Advertisement

ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން

12 އޮގަސްޓު 2021 - 13:05 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ރައީސް އޮފީހުގެ މިނިސްޓަރަކަށް ޒަހާ ހަމަޖައްސައި މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ. -- ފޮޓޯ/ރައީސް އޮފީސް


ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން

12 އޮގަސްޓު 2021 - 13:05 0

ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައީސް އޮފީހުގެ މިނިސްޓަރަކަށް މިއަދު ހަމަޖައްސަވައިފި އެވެ.

އެނގިފައިވާ ގޮތުގައި ރައީސް އޮފީހުގައި މިއަދު މެންދުރުު ބޭއްވި ރަސްމިއްޔާތެއްގައި ޒަހާ އަށް ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުން ޒަހާ ވަކިކުރަން ނިންމެވުމުން އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އެ މަގާމުން ޒަހާ ވަކިކުރަން ނިންމީ، ރައްޔިތުންގެ ޝަކުވާތައް ލިބުމާ އެކު ވައުދު ފުއްދުން އަވަސްކުރަން ކެބިނެޓަށް ގެންނެވި ބަދަލުތަކާ ގުޅިގެން ކަމަށް ރައީސް އޮފީހުން އޭރު ބުނެފައިވެ އެވެ.

ޒަހާ ވަކިކުރަން ނިންމެވީ އޭނާއާ އަށް އެނގިވަޑައިގެން ނޫން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން ޒަހާ އޭރު ވިދާޅުވެފައި ވަނީ މަގާމުން ދުރުކުރަން އުޅޭ ކަމުގެ އެއްވެސް ސިގުނަލެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އަދި މަސައްކަތާ ދޭތެރޭގައި ރައީސް މުހައްމަދު ސޯލިހު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ޒަހާ ވިދާޅުވަމުން ގެންދެވީ ހަވާލުކުރައްވާފައިވާ މަސައްކަތްތައް ބަރާބަރަށް ތަންފީޒުކުރެއްވި ކަމަށެވެ. މައްސަލަތަކުގައި ހައްލު ހޯދައި އެ ދާއިރާ އިން އެދެވޭ ނަތީޖާތަކެއް ވެސް ނެރެވިފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

ޒަހާގެ މަގާމަށް ހަމަޖެއްސީ އެންވާރަމެންޓް މިނިސްޓަރަކަށް ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. އެންވާރަމެންޓް މިނިސްޓަރަކީ ރައީސް އޮފީހުގެ ކުރީގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އެވެ.