5 އޮގަސްޓު 2021 - 13:59 1
ފަޒީނާ އަހުމަދު
ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދޭނީ އަންނަ މަހުގެ އެކަކާ ހަމައަށް. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
5 އޮގަސްޓު 2021 - 13:59 1
ރާއްޖޭގައި މުޅި އާބާދީއަށް ވެކްސިން ހަމަކޮށްފައިވާ އިރު އެސްޓްރާޒެނިކާގެ ފުރަތަމަ ޑޯޒު އަންނަ މަހުގެ 1 ގެ ކުރިން ޖަހައި ނިންމަން މުއްދަތެއް ކަނޑައަޅައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒު ނިންމަން މުއްދަތެއް ކަނޑައެޅީ ފެބުރުއަރީ މަހު ފެށި ޕްރޮގްރާމްގައި ނުޖަހައި ތިބި އެންމެންނަށް ވެކްސިން ހަމަވެފައިވާތީ ކަަމަށެވެ. އަދި ކުރު މުއްދަތެއްގައި އެންމެންނަށް ވެކްސިން ފުރިހަމަކުރެވޭ ވަރަށް ތައްޔާރުވެފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.
ވެކްސިން ޖެހޭ އާބާދީގެ 21 ޕަސެންޓް މީހުން ފުރަތަމަ ޑޯޒު ނުޖަހާ ތިބިއިރު ދެ ވަނަ ޑޯޒު 40 ޕަސެންޓް މީހުން އަދި ނުޖަހަ އެވެ.
"ފުރަތަމަ ޑޯޒު ވީހާވެސް އަވަހަށް ޖަހައި ނިންމަން ޖެހެނީ ދެ ވަނަ ޑޯޒަށް ވެސް ވަގުތު ޖެހޭތީ," ނަޒްލާ ވިދާޅުވި އެވެ.
އެސްޓްރާޒެނިކާގެ ދެ ވަނަ ޑޯޒު ޖަހަނީ ފުރަތަމަ ޑޯޒަށް ދެ މަސް ވުމުންނެވެ.
ރާއްޖޭގައި ގިނަ ބަޔަކަށް ޖަހަން ނިންމާފައިވާ ވެކްސިން ހަ މަސް ދުވަހުގެ ތެރޭގައި މުއްދަތު ހަމަވުމަކީ ވެސް ވީހާވެސް އަވަހަށް އެކަން ނިންމަން ޖެހޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. ވެކްސިން އުފައްދާ ތަނަކުން ޓެސްޓްކޮށްފައި ރާއްޖެ އަށް ލިބޭއިރު އޮންނަނީ ހަ މަސް ދުވަހަށް ވުރެން ވެސް މުއްދަތު ކުރުވެފައި ކަން ނަޒްލާ ފާހަގަކުރެއްވި އެވެ.
އެއްވެސް ވެކްސިނެއް އުކާލާކަށް, ބޭކާރުވާކަށް ނޭދެން. ގިނަ ގައުމުތަކަކަށް ނުލިބޭ ވަރަށް މުހިއްމު ރިސޯސެއް ރާއްޖެއަށް ލިބިފައި މިވަނީ.
ރާއްޖޭގައި މިހާރު ހުރި ވެކްސިންގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަވެ އެވެ. އޭގެ ކުރިން އެންމެންނަށް ދެ ޑޯޒު ފުރިހަމަކޮށް ނިންމަން އެޗްއީއޯސީން ވަނީ އަމާޒު ހިފައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށްރަށަށް ދަތުރުކުރާއިރު މިހާރު ހަދަން ޖެހޭ ޕީސީއާރު ހެދުން ފަދަ ކަންކަމަށް ލުއި ދެވެން އޮންނާނީ ގިނަ ބަޔަކު ވެކްސިން ޖަހައިގެންނެވެ.
ނަޒްލާ ވިދާޅުވީ ރާއްޖޭގައި ދެމުން އަންނަ އެސްޓްރާޒެނިކާގެ އިތުރުން ފައިޒާ ވެކްސިން ވެސް މި މަހުގެ ތެރޭގައި ޖަހަން ފަށާނެ ކަމަށެވެ.
މި ވެކްސިން ދޭން ނިންމާފައި ވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނާއި މާބަނޑު މީހުންނަށެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވާ ފަދަ ބައްޔެއް ނުވަތަ ބޭހެއް ބޭނުންކުރާ މީހުން ވެސް ހިމެނެނީ އެ ވެކްސިން ދޭން ނިންމާފައިވާ ކެޓަގަރީގަ އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށީ އިންޑިއާއިން ހަދިޔާކުރި 200،000 ޑޯޒުންނެވެ. ޗައިނާއިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ.
އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ އެސްޓްރާޒެނެކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒު ހިމެނެ އެވެ. މީގެތެރެއިން ރާއްޖެ އަށް ލިބުނީ އެސްޓްރާޒެނެކާ ވެކްސިނެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޙުސެއިން
over 3 years ago
ފަޒީ ކޮބާތަ 17 އަހަރާ 18 އަހަރުގެ ކުދިން . އެ އުމުރު ގެ ކުދިންނަށް ނުޖަހަނީތޯ . ނޫނީ އެއުމުރުގެ ކުދިން ނެތީތޯ.
Comment