Advertisement

އެލްޖީއޭ ބޯޑުގެ ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމްއަށް

12 ޖޫން 2021 - 15:35 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އެލްޖީއޭ ބޯޑަށް ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިހާބުވި ހުސައިން ޔާމީން މުހައްމަދު--


އެލްޖީއޭ ބޯޑުގެ ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމްއަށް

12 ޖޫން 2021 - 15:35 0

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރަށު ކައުންސިލްގެ ގޮނޑިއަށް ޕީޕީއެމްގެ ކެންޑިޑޭޓް އިންތިހާބު ވެއްޖެ އެވެ.

މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ އިންތިހާބު ކާމިޔާބު ކުރީ ކ. ގުރައިދޫ ކައުންސިލަރު ހުސައިން ޔާމީން މުހައްމަދު އެވެ. ޕީޕީއެމްގެ ޔާމީނަށް 416 ވޯޓް ލިބުނެވެ. ދެން އޭނާއާ އެންމެ ވާދަ ކުރި އެމްޑީޕީގެ ތޮއްޑޫ ކައުންސިލަރު އަހުމަދު ކަރަމްއަށް ލިބުނީ 414 ވޯޓެވެ.

އެ މަގާމަށް ވާދަ ކުރީ އެމްޑީޕީގެ ފަސް ކައުންސިލަރުންނާއި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ކެންޑިޑޭޓެކެވެ.

އެލްޖީއޭގެ ބޯޑުގެ މޭޔަރުންގެ ގޮނޑިއަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ ވާދަ ކުރައްވައި ކާމިޔާބު ހޯދީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު އެވެ.

ސިޓީ ކައުންސިލަރުންގެ މެދުގައި މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން ޕީޕީއެމްގެ މުއިއްޒަށް 21 ވޯޓް ލިބުނުއިރު އެމްޑީޕީގެ އިސްމާއީލް ވަނީ 24 ވޯޓް ހޯއްދަވައިފަ އެވެ.

ލޯކަލް ކައުންސިލްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއް އަދި އަތޮޅު ރައީސުންގެ ތެރެއިން މެންބަރެއް ހުންނަވަން ޖެހެ އެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅު ރައީސްގެ ގޮނޑިއަށް އިންތިހާބަކާ ނުލައި، ޕީޕީއެމްއަށް ނިސްބަތްވާ ކ. އަތޮޅުގެ ރައީސް އަހުމަދު ނިމާލު ވަނީ ހޮވިވަޑައިގެންފަ އެވެ. އެއީ، އެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރު، ވަގުތު ހަމަވިފަހުން ފޯމް ހުށަހަޅުއްވާފައިވާ ކަމަށް ބުނެ އެ ފޯމް ބަލައިނުގަތުމުންނެވެ.

ނަމަވެސް، ބަޝީރު ވަނީ ގަޑި ޖެހުމުގެ ކުރިން އޭނާ ފޯމް މެއިލް ކުރެއްވި ކަމަށް ވިދާޅުވެ، އިލެކްޝަން ކޮމިޝަންގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމަވައިފަ އެވެ.