Advertisement

ރަޝިއާ

11 ޖޫން 2021 - 22:50 0


ރަޝިއާ

11 ޖޫން 2021 - 22:50 0

ރަޝިއާ އިން ވަނީ ޔޫއެސްއެސްއާރްގެ ނަމުގައި ކުޅުނުއިރު، 1960 ވަަަނަ އަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ރަޝިއާގެ ނަމުގައި ކުޅެން ފެށި ފަހުން އެ ޓީމަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވުނީ 2008 ވަނަ އަހަރު އެވެ. އޮސްޓްރިއާގައި ބޭއްވި އެ މުބާރާތުގައި ރަޝިއާ ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އެ ޓީމު ބަލިވީ މުބާރާތުގެ ތަށި އުފުލާލި ސްޕެއިން އަތުންނެވެ . މިއީ ރަޝިއާ ޔޫރޯގައި ކުޅޭ 12 ވަނަ ފަހަރެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި މުބާރާތުން އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

މި ފަހަރުގެ ޔޫރޯ އަށް ރަޝިއާ ކޮލިފައިވީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި އެ ޓީމު ކުޅުުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވި އެވެ. ބަލިވީ ގްރޫޕްގެ އެއް ވަނަ ހޯދި ބެލްޖިއަމާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. ކޮލިފައިން ބުރުގައި އެ ޓީމުގެ ތަރި އަކީ ފޯވާޑް އާޓެމް ޒޫބާ އެވެ. އޭނާ ވަނީ ކޮލިފައިންގައި ނުވަ ގޯލު ޖަހައިފަ އެވެ.

ފަހަކަށް އައިސް ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި ރަޝިއާ އިން ތަފާތު ކުުޅުންތެރިން ވަނީ ފެނިފަ އެވެ. އެ ގޮތުން 2008 ވަނަ އަަހަރު ޔޫރީ ޒިރްކޯފާއި ރޯމަން ޕަލްވިޔުޗެންކޯ އަދި އަންދްރޭ އާޝަވިން ފަދަ ކުޅުންތެރިން ފެނުނެވެ. ،. މިހާރު އޮތް ސްކޮޑުގައި އެ ފަދަ ރޫހެއްގައި ކުޅެން ިތިބި ކުޅުންތެރިންނަކީ ޑެނިސް ޗެރިޝޭފާއި ޒޫބާގެ އިތުރުން އަލެކްސަންޑަ ސޮބޯލޭފް އެވެ. އަދި އަލެކްސެއި މިރަންޗުކް ފަދަ ކުޅުންތެރިން ވެސް މި ފަހަރުގެ ޔޫރޯގައި ތަފާތު ދައްކާެނެ ކަމަށް ބެލެވެ އެވެ.

ރަޝިއާގެ ކޯޗު ޗެރްޗެޝޯފް


ކޯޗު: ސްޓަނިސްލާވް ޗެރްޗެޝޯފް

ކުރިން ގޯލްކީޕަރަކަށް ކުޅުނު ސްޓަނިސްލާވް ޗެރްޗެޝޯފް ރަޝިއާ ޓީމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އެއީ ފްރާންސްގެ ޔޫރޯ އަށް ފަހު އެވެ. އޭނާ ހަވާލުވި ފަހުން ރަޝިއާ ކުޅުނީ އަމިއްލަ ގައުމުގައި 2018 ވަނަ އަހަރު ހޯސްޓްކުރި ފީފާ ވޯލްޑް ކަޕްގަ އެވެ. ސްޕެއިން ފަދަ ޓީމުތަކުގެ މައްޗަށް ކުރިހޯދައި ރަޝިއާ ވަނީ އެ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. އެ މުބާރާތުން ލިބުނު ތަޖުރިބާގެ އަލީގައި މި ފަހަރުގެ ކޮލިފައިންގައި ޗެރްޗެޝޯފް ވަނީ ގިނަ ކަންކަން ރަނގަޅުކޮށްފަ އެވެ.

ސްކޮޑު

ގޯލްކީޕަރުން: ޔޫރީ ޑްޔޫޕިން (ރުބިން ކަޒާން)، މަޓްވޭއީ ސަފޯނޯވް (ކްރަސްނޯޑާ)، އަންޓޮން ޝުނިން (ޑިނަމޯ މޮސްކޯ)

ޑިފެންޑަރުން: ޖިއޯޖީ ޒިކީޔާ (ސްޕާޓާ މޮސްކޯ)، އީގޯ ޑިވީވް (ސީއެސްކޭއޭ މޮސްކޯ)، ޔޫރީ ޒިރްކޯފް (ޒެނިޓް)، ޔަޗެސްލާވް ކަރަވައޭވް (ޒެނިޓް)، ފެޑޯ ކުދްރިޔާޝޯފް (އަންޓަލިޔަސްޕޯ)، އަންޑްރެއި ސެމެނޯފް (އަހްމަޓް)، މާރިއޯ ފެނާންޑޭސް (ސީއެސްކޭއޭ މޮސްކޯ)

މިޑްފީލްޑަރުން: ޑިމިޓްރީ ބަރީނޯވް (ލޮކޮމޯޓިވް މޮސްކޯ)، ރިފަޓް ޒެމަލެޓްޑިނޯފް ( ލޮކޮމޯޓިވް މޮސްކޯ)، މެކްސިމް މުކިން (ސީއެސްކޭއޭ މޮސްކޯ)، އަލެކްސަންޑަ ގޮލޯވިން (މޮނާކޯ)، ޑަނީލް ފޯމިން (ޑިނަމޯ މޮސްކޯ)، ރޮމަން ޒޮބްނިން (ސްޕާޓާ މޮސްކޯ)، އަލެކްސޭއި އިއޯނޯވް (ކްރަސްނޯޑާ)، ޑަލޭ ކުޒްޔާޔޭވް (ޒެނިޓް)، އަންޑްރެއި މޮސްޓޯވޯއީ (ޒެނިޓް)، މަގޯމެޑް އޮޒްޑޯއެވް (ޒެނިޓް)، ޑެނިސް މަކަރޯވް (ރުބިން)، އަލެކްސެއި މިރަންޗުކް (އެޓަލަންޓާ)، ޑެނިސް ޗެރީޝެފް (ވެެލެންސިއާ)

ފޯވާޑުން: އާޓެމް ޒޫބާ (ޒެނިޓް)، އެންޓޮން ޒަބޮލޮޓްނީ (ސީއެސްކޭއޭ މޮސްކޯ)، އަންޑްރެއި ސޮބޯލެވް (ސްޕާޓާ މޮސްކޯ)