ކޮޕަ އެމެރިކާ: ފިޓްނަސް ދަށްވުމުން ހަމޭސް އަށް ކޮލަމްބިއާ ޓީމުން ފުރުސަތެއް ނެތް

May 28, 2021, 3:39 PM
ކޮޕަ އެމެރިކާ: ފިޓްނަސް ދަށްވުމުން ހަމޭސް އަށް ކޮލަމްބިއާ ޓީމުން ފުރުސަތެއް ނެތް

މެޑެލިން، ކޮލަމްބިއާ (ޖޫން 28) - އަންނަ މަހު ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ކޮލަމްބިއާ އިން ނެގި ސްކޮޑުން ފިޓްނަސް ދަށްވުމުގެ ސަބަބުން އެ ޓީމުގެ ތަރި ހަމޭސް ރޮޑްރިގޭޒް ބާކީިކޮށްފި އެވެ.

އަނިޔާގެ ސަބަބުން އުމުރުން 29 އަހަރުގެ ސަބަބުން ހަމޭސް އަށް މި ފަހަރު އޭނާ ކްލަބް ލެވަލްގައި ކުޅެމުން އަންނަ އެވަޓަންގެ ގިނަ މެޗުތަކެއް ވެސް ގެއްލުނެވެ.

އިނގިރޭސި ޕްރިމިއާ ލީގު މިދިޔަ ހަފްތާގައި ނިމުނު ފަހުން ކުރު ޗުއްޓީ އަކަށް ދިއުމަށް ފަހު ހަމޭސް އެނބުރި ކޮލަމްބިއާ އަށް ދިޔައީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ރައްޓެހިންނާ އެކު ޗުއްޓީގައި ހޭދަކުރި ދުވަސްތަކުގައި ހަމޭސް ވަނީ ފިޓްނަސް ހިފެހެއްޓުމަށް ކަސްރަތު ކުރާ ވީޑިއޯތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ.

އެކަމަކު ކޮލަމްބިއާ ސްކޮޑު ނަގަން ހެދި ފިޓްނަސް ޓެސްޓްތަކުން ފާހަގަވީ ޓީމަށް ބޭނުންވާ ލެވަލަށް ހަމޭސް ފިޒިކަލީ ތައްޔާރު ނޫން ކަން ކަމަށް ޓީމުގެ ފިޓްނަސް ޓީމުން ވަނީ ކަނޑަައަޅައިފަ އެވެ. އެހެންވެ، ކޮލަމްބިއާގެ ކޯޗު ރެއިނާލްޑޯ ރުއޭޑާ ނިންމީ ކުރިއަށް އޮތް ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ އިން ޕެރޫ އާއި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗަށާއި ކޮޕަ އެމެރިކާ އަށް ދާ ސްކޮޑުން ހަމޭސް ބާކީ ކުރާށެވެ.

ކޯޗު ރެއިނާލްޑޯގެ މި ނިންމުމަށް ސަޕޯޓް އޮތްކަން ބަޔާންކޮށް ކޮލަމްބިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބަޔާނެއް ނެރެފަ އެވެ.

ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން އަނިޔާވުމުން ހަމޭސް ދަނޑުމަތީގައި އިށީދެގެން.

ހަމޭސް އަކީ ކޮލަމްބިއާ ފުޓްބޯޅައިގެ މަގުބޫލު ތަރިއެކެވެ. އޭނާ ވަނީ ވަރަށް ފަހަކާ ޖެހެންދެން ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއް ކުޅެފަ އެވެ. ހަމޭސް ނުނަގައި ސްކޮޑު ފައިނަލް ކުރުމުން ކޮލަމްބިއާގެ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

މީގެ ހަ އަހަރު ކުރިން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނަ ގޯލު ޖަހައިގެން ވިދާލި ހަމޭސް އެ އަހަރު ވަނީ ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ކުޅުނު ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. އަންޗެލޮޓީ 2017 ވަނަ އަހަރު ބަޔާން މިއުނިކްގައި ހުރިއިރު ވެސް ހަމޭސް ގެނެސްފައިވެ އެވެ. ހަމޭސް މި ސީޒަނުގައި އެވަޓަން އަށް ގެނައުމުގެ ފަހަތުގައި ވެސް އެންމެ އިސް ރޯލެއް ކުޅުނީ އަންްޗެލޮޓީ އެވެ.

ޕްރިމިއާ ލީގަކީ ފިޒިކަލް ފުޓްބޯޅައިގެ ލީގަކަށްވާތީ ހަމޭސް އަށް ކުރިމަތިވި އަނިޔާގެ މައްސަލަތައް ގިނަ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. ކުޑަކަޅުވާ އާއި ފައިވަޅަށް ލިބުނު އަނިޔާތަކުގެ ސަބަބުން ހަމޭސް އަށް ލީގުގެ 16 މެޗު ގެއްލުނެވެ.

ކޮލަމްބިއާގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކެއްގެ ސަބަބުން އެ ގައުމުގައި މަސްރަހު ގޯސްވެފައިވާތީ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޯލް އިން ވަނީ ކޮޕަ އެމެރިކާ މި ފަހަރު ހޯސްޓްކުރުމުގެ ފުރުސަތު ކޮލަމްބިއާ އަތުން ނަގައިފަ އެވެ. ކޮލަމްބިއާ އަތުން ފުރުސަތު އަތުލުމުން މި ފަހަރުގެ މުބާރާތް އޮންނާނީ އަންނަ މަހުގެ 13 އިން ޖުލައި 10 އަކަށް ހަމައެކަނި އާޖެންޓީނާގަ އެވެ.

ކޮޕަ އެމެރިކާގައި މި ފަހަރު ކޮލަމްބިއާ އޮތީ ދެ ވަނަ ގްރޫޕްގަ އެވެ. އެ ގްރޫޕްގައި ދެން އޮތީ ބްރެޒިލް، ވެނެޒުއޭލާ، އެކުއެޑޯ އަދި ޕެރޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox