Advertisement

އަލީ ރަމީޒްގެ އެކައުންޓް ޓުވިޓާ އިން އަނބުރާ ދީފި

25 މޭ 2021 - 10:45 2

އާއިޝަތު ރިފްއާ

އާއިޝަތު ރިފްއާ

އަލީ ރަމީޒް ޕްރޮގްރާމެއް ހުށަހަޅައިދެނީ.-- ފޮޓޯ: ސޯޝަލް މީޑިއާ


އަލީ ރަމީޒްގެ އެކައުންޓް ޓުވިޓާ އިން އަނބުރާ ދީފި

25 މޭ 2021 - 10:45 2

އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް މިދިޔަ ހުކުރު ދުވަހު ސަސްޕެންޑް ކުރުމަށްފަހު މިއަދު އަނބުރާ ދީފި އެވެ.

ޓުވިޓާ އެކައުންޓް އަނބުރާ ލިބުމާ ގުޅިގެން އަލީ ރަމީޒް ބުނެފައިވަނީ އެކައުންޓް ހޯދައި ދިނުމަށް އެކި އެކި ގޮތް ގޮތަށް ގިނަ ބަޔަކު މަސައްކަތްކޮށް ދީފައިވާ ކަމަށެވެ. އެ ހުރިހާ އެންމެނަށް ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

އެކައުންޓް އަނބުރާ ލިބުމުން އަލީ ރަމީޒް ކޮށްފައިވާ ޓުވީޓް


ލަވަ ކިޔުން ހުއްޓާލުމަށްފަހު ދީނީ ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތުގައި އުޅޭ އަލީ ރަމީޒުގެ އެކައުންޓް ސަސްޕެންޑްކުރި ސަބަބެއް ކަމަށް ޓުވިޓާއިން ބުނެފައިވަނީ ޓުވިޓާ ރޫލްސްތަކާ ހިލާފުވެފައިވުމެވެ.

ޓްވިޓާއިން އެކުލަވާލައިވާ ގަވާއިދުގައި ވަނީ އަށް ބާވަތެއްގެ ކަންކަމާ ގުޅޭ ގޮތުން ލިޔެ، ނޫނީ ފޮޓޯ އާންމުކުރާނަމަ، އެ އެކައުންޓެއް ސަސްޕެންޑްކުރާނެ ކަމަށެވެ. އެގޮތުން މީހުންނަށް ބިރު ދެއްކުމުގެ ގޮތުން ޓްވީޓްކުރުމާއި ޓެރަރިޒަމް އަދި އެކްސްޓްރިމިޒަމަށް ހިތްވަރުދީ، އެކަން ފަތުރާ ނަމަވެސް އެކައުންޓް ސަސްޕެންޑް ކުރާނެ އެވެ. އަދި ނަފުރަތު އުފެއްދުމުގެ ވާހަކަތައް ދެއްކުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ވެސް ފުރައްސާރަކޮށް ގޯނާކުރުމާއި ކުޑަކުދިންގެ ކަރާމާތް ގެއްލުވާލައި ވާހަކަ ދެއްކުމާއި އަމިއްލައަށް ގެއްލުން ދިނުމުގެ ވާހަކަ ނުވަތަ އަމިއްލައަށް މަރުވުމުގެ ވާހަކަ ފަތުރާ ނަމަވެސް، އެކައުންޓް ސަސްޕެންޑްކުރާނެ އެވެ. އިޖުތިމާއީ މިންގަނޑާ ހިލާފު ފޮޓޯ އާއި ނާޒުކު މަންޒަރު ފެންނަ ފޮޓޯތައް އާންމުކުރުމަކީ ވެސް ޓްވިޓާގައި ކުށެކެވެ.