Advertisement

ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގަނީ ނަސްލު ނައްތާލުމުގެ ހަނގުރާމަ އެއް: ހުތުބާ

21 މޭ 2021 - 17:10 0

އާއިޝަތު ރިފްއާ

އާއިޝަތު ރިފްއާ

ގާޒާއަށް އިޒްރޭލުން ބޮން އަޅަނީ:


ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގަނީ ނަސްލު ނައްތާލުމުގެ ހަނގުރާމަ އެއް: ހުތުބާ

21 މޭ 2021 - 17:10 0

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި އިޒްރޭލުން ހިންގަމުން އަންނަނީ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކަމަށް މިއަދުގެ ހިތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި އިތުރަށް ބުނީ ދެ ގައުމުގެ މި މައްސަލައަކީ މުޅި އިސްލާމީ އުއްމަތުގެ މައްސަލައެއް ކަމަށާއި އެއީ ދާހިލީ މައްސަލައެއް ނޫން ކަމަށެވެ.

"މި މުގައްދަސް ބިމުގެ މައްސަލަ އިސްލާމީ އުއްމަތުގެ މައްސަލައަކަށް ނުވާންވީ ކީއްވެހެއްޔެވެ،" ހުތުބާގައި ބުންޏެވެ.

"އެ ބިން މިނިވަންކުރުމަށްޓަކައި އެންމެހައި މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަން ޖެހޭނެ،" ހުތުބާގައި ކިޔެވެ.

ފަލަސްތީނު މީހުންނާށް އެކި ގޮތް ގޮތަށް ދީފައިވާ އަނިޔާތައް

ނަމާދަށް ނުދެވޭ ގޮތަށް މިސްކިއްތަށް ހިސާރުކުރުން

ބަނޑަށް ޖެއްސުން

ކަނު އަނދިރީގައި ބެހެއްޓުން

ސާފު ބޯފެނާއި ފާހާނާ ކުރެވޭނެ ވަސީލަތްތައް ހަލާކު ކުރުން

މުވާސަލާތި ވަސީލަތްތަކާއި އަސާސީ ހިދުމަތްތަކުން މަހްރޫމު ކުރުން

ގާޒާ އާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލު ކުރަން މިފަހަރު ފެށީ ނިމުނު ރޯދަ މަހު އަގްސާ މިސްކިތުގައި ފަލަސްތީނު މީހުން އަޅުކަން ކުރަން އިޒްރޭލުން ހުރަސް އަޅަން ފެށުމާއި ގުޅިގެންނެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް އިޒްރޭލުން ދިޔައީ ގާޒާ އަށް ހަމަލާދީ އެތައް ގެއްލުންތަކެއް ދެމުންނެވެ. މި ހަމަލާ ތަކުގައި ގިނަ މީހުން މަރުވެ އެތަށް ބަޔަކަށް ޒަހަމް ވެފައިވެ އެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

ނަމަވެސް ދެ ގައުމު ދެމެދު ފާއިތުވި 11 ދުވަހު ހުއްޓުމެއް ނެތި ހިންގި ހަމަލާ ބަދަލު ކުރުންތައް މިއަދު ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

ހަމަލާތައް ހުއްޓާލީ ކަމަށް އަންގާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެއްވެސް ޝަރުތެއް ނެތި ހަމަލާ ހުއްޓާލަން މިސްރުން ހުށަހެޅި ގޮތަށް އިޒްރޭލުގެ ސެކުއިރިޓީ ކެބިނެޓުން އެއްބަސްވެފައިވާ ކަމަށެވެ.

ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ވެސް ބުނީ ދަންވަރު 02:00 އިން ފެށިގެން ހަމަލާތައް ހުއްޓާނެ ކަމަށެވެ. އެ ހަބަރާއެކު ފަލަސްތީނުގެ އެތައް ހާސް ބަޔަކު ދަނީ ގާޒާ އާއި ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގެ މަގުތަކަށް ނިކުމެ އުފާފާޅުކުރަމުންނެވެ.

ކާމިޔާބު ލިބުނުކަން އަންގައިދޭ ދިދަތަކާއެކު ފަލަސްތީނު މީހުން އުފާފާޅުކުރާއިރު، ހަމާސް ޖަމާއަތުން ވެސް ދެކެނީ މިއީ އިޒްރޭލާ ދެކޮޅަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ.

ހަމަލާ ބަދަލުކުރުން ނިމުނު އިރު 232 މީހުން ވަނީ މަރުވެފައިވެ އެވެ. އަދި އިޒްރޭލުން 12 މީހުން މަރުވި އެވެ.