އީގަލްސް މެޗާ މެދު އަނެއްކާވެސް އަބަހާނީގެ ރާގު ބަދަލުވެއްޖެ

އީގަލްސް މެޗާ މެދު އަނެއްކާވެސް އަބަހާނީގެ ރާގު ބަދަލުވެއްޖެ

ދެ ފަހަރަށް ފަސްކޮށްފައިވާ އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ބަންގްލަދޭޝްގެ ޑާކާ އަބަހާނީން ކުޅެން އޮތް މެޗާ ބެހޭގޮތުން އެ ޓީމުން ދައްކާ ވާހަކަތައް އަނެއްކާ ވެސް ބަދަލުވެއްޖެ އެވެ.

އީގަލްސް އާއި އަބަހާނީގެ މެޗު އެންމެ ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މި މަހު 14 ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅޭ ގޮތަށެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑްގެ ކޭސްތައް ގިނަވެ، ލޮކްޑައުންއެއްގައި އޮތުމުން އެ ގައުމުގައި މެޗު ކުޅެވޭނެ ގޮތެއް ނުވި އެވެ. އެހެންވެ އޭއެފްސީ އަށް ޖެހުނީ ބަދަލުތަކެއް ގެންނާށެވެ. ހާލަތަށް ބަލައި އޭއެފްސީން އަބަހާނީގެ ހުށަހެޅުމަކާ އެއްގޮތަށް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު މި މަހު 21 ވަނަ ދުވަހު ނޭޕާލްގައި ކުޅެން ނިންމި ނަަމަވެސް އޭރު ވެސް ބަންގްލަދޭޝް ލޮކްޑައުންއެއްގައި އޮތުމުން ދަތުރުފަތުރު ކުރުމުގެ ހުއްދަ ނުލިބި އެންމެ ފަހުން 21 ގައި ވެސް މެޗު ކުޅެވޭގޮތް ނުވީ އެވެ.

ފަހުން އަބަހާނީން އޭއެފްސީ އަށް ހުށަހެޅީ ހާއްސަ ވިސާއެއް ހޯދުމަށް ފަހު ނަމަވެސް މިދިޔަ އާދިއްތަ ދުވަހު އިންޑިއާގައި އެ މެޗު ކުޅެވޭތޯ ބެލުމަށެވެ. މިހާރު އެ މުއްދަތު ވެސް ފަހަނައަޅައި ގޮސްފައިވާއިރު، އެ މެޗު ކުޅުމުގެ ފުރުސަތު އެންމެ ބޮޑީ އަންނަ މަހު މާލޭގައި ކަމަށް މީގެ ދެ ދުވަސް ކުރިން ބަންގްލަދޭޝްގެ މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ ކުރިން އޭއެފްސީން ވަނީ އަބަހާނީ އަށް މެޗު ކުޅެން ނިއުޓްރަލް ދަނޑެއް ނުދެއްކިއްޖެނަމަ މާލޭގައި މެޗު ކުޅޭނެ ކަމަށް އަބަހާނީ އަށް އަންގައިފަ އެވެ. ވާހަކަ ދެކެވިފައި އޮތީ އަބަހާނީ އާއި އީގަލްސްގެ މެޗު އަށް ވަނަ ދުވަހު ކުޅުމަށް ފަހު އޭގެ ތިން ދުވަސް ފަހުން އެ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފްގައި ބެންގަލޫރާ ދެކޮޅަށް ކުޅޭ ގޮތަށް ހެދުމަށެވެ. މި ދެ މެޗު ވެސް މާލޭގައި ކުޅޭގޮތަށެވެ. އެއީ ވީހާ ވެސް ގްރޫޕް ސްޓޭޖް މެޗުތަކާ ކައިރިކޮށްފައި އެ މެޗުތައް ކުޅެފިނަަމަ ކްލަބްތަކުގެ ދަތުރު ފަތުރަށް ލުއިތަކެއް ދޭ ގޮތަށެވެ.

އެކަމަކު އިއްޔެ އަބަހާނީ އާއި ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން ބައްދަލުކުރުމަށް ފަހު އެ ގައުމުގެ މީޑިއާތަކަށް ބީއެފްއެފްގެ ޖެނެރަލް ސެކްރެޓަރީ އަބޫ ނައީމް ޝޮހާގް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އަންނަ މަހުގެ އަށް ވަނަ ދުވަހާއި 11 ވަނަ ދުވަހުގައި މާލޭގައި ކޮލިފައިން ދެ ވަނަ ބުރާއި ޕްލޭއޮފް މެޗު ކުޅެން ރާއްޖޭން ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށެވެ.

"އޭއެފްސީން އޮތީ ރާއްޖެ އަށް ޕްރޮޕޯސްކޮށްފައި އަންނަ މަހުގައި އެ ދެ މެޗު މާލޭގައި ކުޅެން. އެކަމަކު އެ މެޗު ކުޅެން ބޭނުންވާ ހުއްދަ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އެ ގައުމުގެ ސަރުކާރުން ނުހޯދުނު. އެހެންވެ އަހަރެމެން ހުށަހަޅަނީ އަންނަ މަހު 5 އިން 7 އާ ދެމެދު އެ މެޗު ބަންގްލަދޭޝްގައި ކުޅެން. ބަންގްލަދޭޝްގައި އޮތް ލޮކްޑައުން މުއްދަތު އިތުރު އެއް ހަފްތާ އަށް ދައްމައިފިނަމަ އަހަރެެމެން މިނިސްޓްރީތަކާ ވާހަކަ ދައްކައިގެން ހައްލެއް ހޯދާނަން. އެކަމަކު މެޗު ކުޅޭނަމަ ކޮވިޑް-19ގެ ރައްކާތެރި ފިޔަވަޅުތަކުގެ ތެރެއިން އީގަލްސް އިން ކަރަންޓީނު މުއްދަތެއް ވެސް ފުރިހަަމަކުރަން ޖެހޭނެ،" ޝޮހާގް ވިދާޅުވި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "އަދަދު" އަށް ވިދާޅުވީ ރާއްޖޭން އެ މެޗުތައް ހޯސްޓްނުކުރެވޭނެ ކަމަށް ބުނެފައިނުވާނެ ކަމަށާއި ވަރަށް އަވަހަށް އޭއެފްސީން އެކަމާ ބެހޭގޮތުން މިއަދު ގޮތެއް ނިންމާނެ ކަމަށެވެ.

އަބަހާނީން އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން މީގެ ކުރިން ވެސް ގިނަ ގޮތްގޮތަކުން ވަނީ މަސައްކަތްކޮށްފަ އެވެ.

އެފްއޭއެމުން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ދެން ނުކުޅެ އޮތް ދެ މެޗު މާލޭގައި ހޯސްޓްނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށް ބީއެފްއެފް އިން ބުނި ނަމަވެސް އެއީ މާ ބުރަދަނެއް ހުރި ވާހަކައެއްގެ ގޮތުގައި ނުބެލެވެ އެެވެ. އެއީ އަންނަ މަަހުގެ 14 އިން 21 އަށް މާލޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ރާއްޖޭން ބިޑެއް ކާމިޔާބު ކޮށްގެން ނިންމާފައިވާއިރު، އިތުރު ދެ މެޗެއް ކުޅެން ރާއްޖޭން ހުއްދަ ނުލިބޭނެ ސަބަބެއް ނޯންނާނެތީ އެވެ. އަނެއްކޮޅުން އީގަލްސް އިން ކޮލިފައިން ފުރަތަމަ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ކުޅުނު މެޗު ވެސް ހޯސްޓްކުރީ ރާއްޖޭގަ އެވެ. އެއީ ވެސް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ.

އެނގިފައިވާ ގޮތުގައި އީގަލްސް އާއި އަބަހާނީގެ މެޗާ ބެހޭގޮތުން މިއަދު އޭއެފްސީން ގޮތެއް ނިންމާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox