އީގަލްސް - އަބަހާނީ މެޗު މާލޭގައި ކުޅުމުގެ ފުރުސަތު ބޮޑު

އީގަލްސްގެ ޕްރެކްޓިސްގެ ތެރެއިން އެ ޓިމުގެ ހައިޝަމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީގަލްސްގެ ޕްރެކްޓިސްގެ ތެރެއިން އެ ޓިމުގެ ހައިޝަމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދެ ފަހަރަށް ފަސްކޮށްފައިވާ އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުރުގައި ރާއްޖޭގެ އީގަލްސް އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް ކުޅެން ހަމަޖެހިފައިވާ މެޗު އަންނަ މަހު މާލޭގައި ކުޅުމުގެ ފުރުސަތު ބޮޑު ކަމަށް ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އީގަލްސް އާއި އަބަހާނީގެ މެޗު އެންމެ ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މި މަހު 14 ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅޭ ގޮތަށެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑްގެ ކޭސްތައް ގިނަވެ، ލޮކްޑައުންއެއްގައި އޮތުމުން އެ ގައުމުގައި މެޗު ކުޅެވޭނެ ގޮތެއް ނުވި އެވެ. އެހެންވެ އޭއެފްސީ އަށް ޖެހުނީ ބަދަލުތަކެއް ގެންނާށެވެ.

ހާލަތަށް ބަލައި އޭއެފްސީން އަބަހާނީގެ ހުށަހެޅުމަކާ އެއްގޮތަށް އީގަލްސް ކުޅޭ މެޗު މި މަހު 21 ވަނަ ދުވަހު ނޭޕާލްގައި ކުޅެން ނިންމި ނަަމަވެސް އޭރު ވެސް ބަންގްލަދޭޝް ލޮކްޑައުންއެއްގައި އޮތުމުން ދަތުރުފަތުރު ކުރުމުގެ ހުއްދަ ނުލިބި އެންމެ ފަހުން 21 ގައި ވެސް މެޗު ކުޅެވޭގޮތް ނުވީ އެވެ.

ފަހުން އަބަހާނީން އޭއެފްސީ އަށް ހުށަހެޅީ ހާއްސަ ވިސާއެއް ހޯދުމަށް ފަހު ނަމަވެސް އިއްޔެ އިންޑިއާގައި އެ މެޗު ކުޅެވޭތޯ ބެލުމަށެވެ. އެ މުއްދަތު ވެސް ފަހަނައަޅައި ގޮސްފައިވާއިރު، މިހާރު މި މެޗު ކުޅުމުގެ ފުރުސަތު އެންމެ ބޮޑީ އަންނަ މަހު މާލޭގައި ކަމަށް ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މީގެ ކުރިން އޭއެފްސީން ވަނީ އަބަހާނީ އަށް މެޗު ކުޅެން ނިއުޓްރަލް ދަނޑެއް ނުދެއްކިއްޖެނަމަ މާލޭގައި މެޗު ކުޅޭނެ ކަމަށް އަބަހާނީ އަށް އަންގައިފަ އެވެ.

ބަންގްލަދޭޝްގެ ޑެއިލީ ސްޓާ އަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އޮފިޝަލަކު ބުނިގޮތުގައި އޭއެފްސީގެ ވިސްނުމަކީ އަންނަ މަހު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ފެށުމުގެ ކުރިން އެކަށީގެންވާ ވަގުތެއް ދިނުމަށް ފަހު ކޮލިފައިން ދެ ވަނަ ބުރުގައި އީގަލްސް އާއި އަބަހާނީ ކުޅޭ މެޗުގެ އިތުރުން ޕްލޭއޮފް މެޗު ވެސް މާލޭގައި ކުޅުމަށެވެ. އެއީ ދަތުރުފަތުރުކުރުމުގައި ހުރިހާ ފަރާތަކަށް ވެސް ލުޔެއްދެވޭނެ ގޮތަކަށް ވާތީ އެވެ.

އީގަލްސް އާއި އަބަހާނީ މެޗުން މޮޅުވެގެން އަންނަ ޓީމެއް ޕްލޭއޮފްގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅެން ރޭވިފައި އޮތީ މި ބުދަ ދުވަހު އިންޑިއާގެ ގޯއާގަ އެވެ. އެކަަމަކު އީގަލްސް އާއި އަބަހާނީ މެޗު އަދި ކުޅެވިފައިނުވާތީ އާއި އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ މިހާރު ޕްލޭއޮފް މެޗު ގޯއާގައި ކުޅެވުމުގެ ފުރުސަތު ކުޑަކަމަށް އެ ޓީމުގެ އޮފިޝަލަކު އިންޑިއާގެ ނޫސްތަކަށް ވަނީ އިންޓަވިއު ދީފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އިން އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ރަސްމީކޮށް އީގަލްސް އާއި އަބަހާނީ ކުޅޭ މެޗު ކުޅޭނެ ވަކި ތާރީހެއް އެނގިފައި ނުވާ ކަމަށާއި މީގެ ވަރަށް އަވަހަށް އޭއެފްސީން ގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ.

އެެފްއޭއެމުން އެންމެ ފަހުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލަށް ގެނައި ބަދަލުތަކަށް ފަހު އީގަލްސް މެޗުތައް ރޭވިފައިވާ ގޮތުން އެ ޓީމާއި އަބަހާނީ ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހަށް ފަހު ކަމަށް ބެލެވެ އެވެ. އީގަލްސް އިން އޭއެފްސީ ކަޕްގައި ވާދަކުރާތީ ފަސްކުރަން ޖެހުނު ދިވެހި ލީގުގައި އެ ޓީމު ކުޅެން އޮތް ކްލަބް ވެލެންސިއާ މެޗާއި މާޒިޔާ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހާއި އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ އަންނަ މަހު ކުރީކޮޅުގައި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން އެ ގައުމުގެ ލީގު ފެއްޓޭތޯ މަސައްކަތްކުރަމުންނެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ އޭއެފްސީ ކަޕްގައި ކުޅޭ ދެ ޓީމަށް އެހީވުމާއި ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝް ކުޅެން އޮތް މެޗުތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނާއި އެ ގައުމުގެ ޔޫތު މިނިސްޓްރީގެ މަޝްވަރާތަކަށް ފަހު މަސައްކަތްކުރަމުން އަންނަނީ ހަތަރު ދަނޑެއްގައި ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅުމަށެވެ. އަދި އެކަން ކުރާނީ ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީން ދޭ ހާއްސަ ގައިޑްލައިނެއްގެ ތެރެއިންނެވެ.

ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން ބެންގަލޫރުން މި ވަގުތު ފަރިތަކުރުންތައް ބާއްވަމުން އަންނަނީ އޭއެފްސީގެ ގައިޑްލައިންތަކެއްގެ ތެރެއިން ގޯއާގަ އެވެ. ބެންގަލޫރުގެ ކޯޗަކަށް ހުރީ ޖަރުމަނު ޒުވާން ގައުމީ ޓީމުތަކާއި އެ ގައުމުގެ ހޮފެންހައިމްގެ އިތުރުުން ޗައިނާގެ ގުއާންޒޫ އެވަގްރާންޑޭ އާއި ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓްގެ ޓެކްނިކަލް މަގާމެއްގައި މީގެ ކުރިން ހުރި ކޯޗު މާކޯ ޕެޒޮއުލީ އެވެ.

އޭއެފްސީ ކަޕް ކޮލިފައިންގެ ފުރަތަަމަ ބުރުގައި އީގަލްސް އިން ވަނީ މާލޭގައި 2-0 އިން ބޫޓާންގެ ތިމްޕޫ ބަލިކޮށްފަ އެވެ. އެ ބުރުގައި ދެން ކުޅުނު އަނެއް މެޗުން ސްރީލަންކާ ޕޮލިސް އަތުން ނޭޕާލްގެ އާމީ ކްލަބް މޮޅުވީ 5-1 އިންނެވެ. އެކަމަކު ކޮލިފައިން ދެ ވަނަ ބުރުގައި ބެންގަލޫރުން ވަނީ 5-0 އިން އާމީ ކްލަބް ބަލިކޮށްފަ އެވެ.

ކޮލިފައިން ޕްލޭއޮފުން މޮޅުވާ ޓީމަކަށް އަންނަ މަހު 14 އިން 21 އަށް ސެންޓްރަލައިޒްކޮށް މާލޭގައި ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުުތު އޮތީ ރާއްޖޭގެ މާޒިޔާ، ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ.

މިދިޔަ އަހަރުގެ ކޮލިފައިން ބުރުުގައި ރާއްޖޭގެ މާޒިޔާ އިން ވަނީ އަބަހާނީ އާއި ބެންގަލޫރު ކަޓުވާލާފައި ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. މިހާރު އޮތް ފޯމެޓަށް އޭއެފްސީ ކަޕްގެ ކޮލިފައިން ބުރު ކުޅެގެން ރާއްޖޭން މިހާތަނަށް ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ މާޒިޔާ އެކަންޏެވެ. މީގެ ކުރިން ކޮލިފައިންގައި ކުޅެގެން ރާއްޖޭގެ ވެލެންސިއާ އާއި ޓީސީ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox