ނޭޕާލްގައި ނުކުޅެވުނު، އީގަލްސް އާއި އަބަހާނީ މެޗު އިންޑިއާގައި؟

އަބަހާނީން އޭއެފްސީ ކަޕަށް ބާއްވާ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އަބަހާނީ ޑާކާ

އަބަހާނީން އޭއެފްސީ ކަޕަށް ބާއްވާ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އަބަހާނީ ޑާކާ

އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީން ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗު އަންނަ ބުދަ ދުވަހު ނޭޕާލުގައި ކުޅޭ ގޮތަށް ހަމަޖެއްސި ނަމަވެސް އެ ދުވަހުގެ މެޗަށް އަބަހާނީ އަށް މެޗު ކުޅެން ދަތުރުކުރެވޭނެ ގޮތެއް ނުވުމުން އެ މެޗު އިންޑިއާގައި ކުޅެވޭތޯ ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން މަޝްވަރާތައް ފަށައިފި އެވެ.

އީގަލްސް އާއި އަބަހާނީގެ މެޗު އެންމެ ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝްގައި ކުޅޭ ގޮތަށެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑްގެ ކޭސްތައް ގިނަވެ، ލޮކްޑައުންއެއްގައި އޮތުމުން އެ ގައުމުގައި މެޗު ކުޅެވޭނެ ގޮތެއް ނުވި އެވެ. އެހެންވެ އޭއެފްސީ އަށް ޖެހުނީ ބަދަލުތަކެއް ގެންނާށެވެ. ހާލަތަށް ބަލައި އޭއެފްސީން އަބަހާނީގެ ހުށަހެޅުމާ އެއްގޮތަށް އީގަލްސް ކުޅޭ މެޗު އަންނަ ބުދަ ދުވަހު ނޭޕާލްގައި ކުޅެން ނިންމި ނަަމަވެސް އަދިވެސް ބަންގްލަދޭޝް ލޮކްޑައުންއެއްގައި އޮތުމުން ދަތުރުފަތުރު ކުރުމުގެ ހުއްދަ ނުލިބި އެންމެ ފަހުން އަންނަ ބުދަ ދުވަހު ވެސް މެޗު ކުޅެވޭގޮތް ނުވީ އެވެ.

މިދިޔަ ދެ ދުވަހު އޭއެފްސީ އާއި އަބަހާނީ އަދި ބީއެފްއެފްގެ އޮފިޝަލުން ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި ނިންމާފައިވަނީ ހާއްސަ ވިސާއެއް ހޯދުމަށް ފަހު ނަމަވެސް މި މަހު 25 ގައި ލަސްވެގެން ބެންގަލޫރުގައި އަބަހާނީ އާއި އީގަލްސް މެޗު ކުޅެވޭތޯ ބެލުމަށެވެ. އެކަން ބަންގްލަދޭޝްގެ މީޑިއާތަކަށް އަބަހާނީގެ މެނޭޖަރު ސަތުޔަޖީތު ދާސް ރޫޕޫ ވަނީ ކަށަވަރުކޮށްދީފަ އެވެ.

Advertisement

އިންޑިއާގައި ކުޅެވޭތޯ ބަލަނީ މިހާރު އޮތްގޮތުން މި މަހު 28 ވަނަ ދުވަހު އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗު އިންޑިއާގައި ކުޅެން ޖެހޭނެތީ އެވެ. ޕްލޭއޮފް އިން ފުރުސަތު ހޯދާފައިވަނީ ކޮލިފައިން ދެ ވަނަ ބުރުގައި ބުދަ ދުވަހު ނޭޕާލްގެ އާމީ ކްލަބް އަތުން 5-0 އިން މޮޅުވި ބެންގަލޫރު އެފްސީ އެވެ. ޕްލޭއޮފް މެޗުގައި ބެންގަލޫރު ކުޅޭނީ އަބަހާނީ އާއި އީގަލްސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފް އިން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ.

އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ރާއްޖޭގަ އެވެ. މެޗުތައް އޮތީ އަންނަ މަހު 14 އިން 21 ގެ ނިޔަލަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އިންޑިއާގައި އީގަލްސް އާއި އަބަހާނީ މެޗު ނުކުޅެވިއްޖެނަމަ އެ މެޗު ދެން ކުޅޭނީ އަންނަ މަހު މާލޭގަ އެވެ. އީގަލްސް އިން ކޮލިފައިން ފުރަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވީ މާލޭގައި ކުޅެގެންނެވެ. މިއީ އީގަލްސް ތާރީހުގައި އެ ޓީމުން އޭއެފްސީ ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

އަބަހާނީއާ ދެކޮޅަށް ރާއްޖޭގެ ކްލަބްތަކުގެ ރެކޯޑް ރަނގަޅެވެ. އަބަހާނީ އަތުން މިހާތަނަށް ރާއްޖޭގެ ކްލަބެއް ބަލިވެފައިނުވެ އެވެ. ރާއްޖޭގެ ނިއު ރޭޑިއަންޓާއި މާޒިޔާއާ ދެކޮޅަށް އަބަހާނީ އިން ޖުމްލަ ހަ މެޗެއް ކުޅެފައިވާއިރު، ހަތަރު މެޗުން ވީ ބައްޔެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މާޒިޔާ އިން ވަނީ މިދިޔަ އަހަރުގެ ކޮލިފައިން ދެ ވަނަ ބުރުގައި އަބަހާނީ ކަޓުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox