Advertisement

ވައިރަސް ކޮންޓްރޯލް ނުވާތީ ވެކްސިން ޕާސްޕޯޓާށް ޑަބްލިއުއެޗްއޯގެ ތާއީދެއް ނެތް

20 އޭޕްރީލް 2021 - 12:08 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޑަބްލިއުއެޗްއޯގެ އިމާރާތެއްގެ ބޭރުގައި ނަން ބޯޑު ބަހައްޓާފައި. އެ ޖަމިއްޔާއިން ބުނެފައިވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ނުވާތީ ކޮވިޑް ވެކްސިން ޕާސްޕޯޓަށް ތާއީދު ނުކުރާ ކަމަށް.-- ފޮޓޯ: ރޮއިޓާޒް


ވައިރަސް ކޮންޓްރޯލް ނުވާތީ ވެކްސިން ޕާސްޕޯޓާށް ޑަބްލިއުއެޗްއޯގެ ތާއީދެއް ނެތް

20 އޭޕްރީލް 2021 - 12:08 0

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަސަރުކޮށްފައިވާ ދަތުރުފަތުރުގެ ދާއިރާ އަލުން ރަނގަޅަށް ހުޅުވާލުމަށް ވެކްސިން ޕާސްޕޯޓް ބޭނުން ކުރުމާ ދެކޮޅު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އެ ޖަމިއްޔާގެ އެމެޖެންސީ ކޮމިޓީގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ހަމައެކަނި ވެކްސިން ޖަހައިގެން ވައިރަސް ފެތުރުން ކޮންޓްރޯލް ނުވާނެތީ، ވެކްސިން ޕާސްޕޯޓް ބޭނުން ކުރުމަށް ތާއީދު ނުކުރާ ކަމަށެވެ.

ފަސޭހަކޮށް ބައިނަލްއަގްވާމީ ދަތުރުތައް ކުރުމަށް ވެކްސިން ޕާސްޕޯޓެއް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރިން ވެސް ޑަބްލިއުއެޗްއޯއިން ބުނެފައި ވެއެވެ. އިއްޔެ ބައްދަލުވުމުގައި އެ ޖަމިއްޔާއިން ބުނީ ވެކްސިން ޖެހުމުން ވައިރަސް ފެތުރުން ކޮންޓްރޯލްވާ މިންވަރާ ގުޅޭ ދިރާސާއެއް ނެތް ކަމަށެވެ.

އޭގެ އިތުރުން ގައުމުތަކަށް ވެކްސިން ލިބުމުގައި ހުރި ތަފާތު ކުރުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ޑަބްލިއުއެޗްއޯއިން ބުނީ ވެކްސިން ޕާސްޕޯޓެއް ތައާރަފުކޮށްފި ނަމަ ދަތުރުފަތުރުގައި ވެސް ހަމަހަމަކަން ގެއްލޭނެ ކަމަށެވެ.

ވެކްސިން ޕާސްޕޯޓުގެ ބަދަލުގައި ޑަބްލިއުއެޗްއޯއިން ގައުމުތަކަށް ލަފާދެނީ ބައިނަލްއަގްވާމީ ދަތުރުވެރިންނަށް ކަރަންޓީނުގެ ފިޔަވަޅު ކުރިއަށް ގެންދިޔުމަށެވެ.