ބިދޭސީ ކީޕަރު ބެންޗުގައި، ނާޖިހު އަރައި ތަފާތު ދައްކަނީ

ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ނާޖީ: ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާ ކީޕަރެއް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު، ގްރެފިކްސް: އަހުމަދު އަހުސަން (އަރަކަ)

ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ނާޖީ: ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާ ކީޕަރެއް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު، ގްރެފިކްސް: އަހުމަދު އަހުސަން (އަރަކަ)

ލީގުގެ ފުލުގައި އޮންނަ ޓީމެއް ނޫނީ މޮޅެއް ނުުލިބި ގިނަ މެޗުތަކެއް ނިންމާލާ ޓީމެއްގައި ހުންނަ ގޯލްކީޕަރެއްގެ މައްސަލަ ދައްކާނަމަ ވަރަށް ބައިވަރު ފެންނާނެ އެވެ. އެކަމަކު އެ ފަދަ ޓީމެއްގެ ގޯލު ބަލަހައްޓަން ހިތްވަރު ދައްކާ ގޯލްކީޕަރެއްގެ ވާހަކަ ދައްކަން ޖެހޭނެ އެއް ސަބަބަކީ އޭނާ ދައްކާ ހިތްވަރާ މޮޅު ކުުޅުމުގެ ސަބަބުންނެވެ. އެގޮތަށް ބަލާއިރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ގޯލު ބަލަހައްޓަމުން އަންނަ އަލީ ނާޖިހު (ނާޖީ)ގެ ވާހަަކަ ދައްކާލަން ޖެހެ އެވެ. ނާޖީ އަކީ މި ފަހަކަށް އައިސް ދިން ފުރުސަތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ގޯލްކީޕަރެވެ.

މި ސީޒަނަށް ޔުނައިޓެޑް ވިކްޓްރީން ޓީމު ވަރުގަދަކުރިއިރު ވަނީ އެ ޓީމަށް މީގެ ކުރިން ކުޅެފައިވާ ކިރްގިސްތާންގެ ގޯލްކީޕަރު ރުސްލާން އާމިރޯވް ގެނެސްފަ އެވެ. ލީގުގެ ފުރަތަމަ އަށް މެޗުގެ ތެރެއިން ހަތް މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ އާމިރޯވް އެވެ. އެކަމަކު ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ އިހުސާން އަބްދުލް ގަނީ (ސާންތީ) ހަވާލުވެ އޭނާ އަށް ޓީމުގެ ޕްރެކްޓިހުގައި ނާޖީ ކުރާ ހިތްވަރު ފެނިގެން ފުރަތަމަ އެގާރައިން ފުރުސަތު ދޭން ނިންމީ އެވެ.

ޔުނައިޓެޑް ވިކްޓްރީ ލީގުގައި ކުޅުނު ފުރަތަމަ އެގާރަ މެޗުގައި މޮޅެއް ނުލިބި ނިންމާލިއިރު، އޭގެ ތެރެއިން ހަތަރު މެޗެއްގައި ނާޖީ ގޯލު ބެލެހެއްޓި އެެވެ. އެ މެޗުތަކުގައި ވެސް ޖުމްލަކޮށް ބަލާއިރު ޔުނައިޓެޑް ވިކްޓްރީ ބަލިވެފައި ހުރީ ރަނގަޅަށް ކުޅުނު ނަމަވެސް ހަނި ތަފާތަކުންނެވެ. ނާޖީ ވަނީ އެ މެޗުތަކުގައި ރަނގަޅު ބޯޅަތަކެއް ހުއްޓުވައިފަ އެެވެ.

Advertisement

ޔުނައިޓެޑް ވިކްޓްރީގެ މެޗެއްގެ ތެރެއިން ނާޖީ (ވ.2).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ޔުނައިޓެޑް ވިކްޓްރީގެ މެޗެއްގެ ތެރެއިން ނާޖީ (ވ.2).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޔުނައިޓެޑް ވިކްޓްރީގެ މެޗެއްގެ ތެރެއިން ނާޖީ (ވ.2).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"ހަގީގަތުގައި ނާޖީ ކޮންމެ މެޗެއްގައި ވެސް އެބަ ކުރޭ އާންމު ގޮތެއްގައި މެޗު ބަދަލުކޮށްލެވޭ ވަރުގެ ސޭވްތަކެއް. ދެން މި ދަނީ ނަތީޖާ ނުނެރެވި. އެކަމަށް ހައްލެއް ހޯދޭނީ މުޅި ޓީމުން ކުރާ ހިތްވަރުން. އެ ދުވަސް ވެސް އަންނާނެ،" ލީގުގެ ދެ ވަަނަ ބުރުގައި މާޒިޔާ އަތުން ބަލިވި މެޗަށް ފަހު ސާންތީ ބުންޏެވެ.

މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅުކޮށް ޔުނައިޓެޑް ވިކްޓްރީ ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ވަނީ މޮޅުވެފަ އެވެ. އެ ދެ މެޗުގައި ވެސް އުމުރުން 21 އަހަރުގެ ނާޖީ އިތުބާރާ އެކު ރަނގަޅަށް ކުޅުނެވެ.

"ޔޫވީގައި މިހާރު އޮންނާނެ ސަގާފަތަކީ އަބަދުވެސް އެންމެ މޮޅު ކުޅުންތެރިޔާ ކުޅޭނީ. ބޭރެއް އެތެރެއެއް ނޯންނާނެ. އެންމެ ތަފާތަށް ޕާފޯމަންސް ދައްކާ ކުޅުންތެރިން ދަނޑުމަތިން ފެންނާނީ. ނާޖީ (ފުރުސަތު) އެ ހޯދީ ހަމަ ނާޖީގެ މަސައްކަތުން،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ ޔުނައިޓެޑް ވިކްޓްރީގެ ކޯޗިން ޓީމަށް އެހީވާން އެ ޓީމުގެ ޕްރެކްޓިހަށް މި ސީޒަނުގައި އޭނާ އެންމެ ފުރަތަމަ ނުކުތްއިރު، ގޯލްކީޕަރު ޓްރެއިނަރަކަށް ހުރި ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދު ވަނީ ނާޖީގެ ވާހަަކަ ފާހަގަކޮށްފަ އެވެ. ޒަރިޔަންދުގެ ނަޒަރުގައި ނާޖީ ރަނގަޅަށް މަސައްކަތްކޮށްފިނަމަ މޮޅު ކީޕަރަކަށްވާނެ ކަމަށް ސާންތީ ބުންޏެވެ.

"މީގެ ހަމަ ޒަރިޔަންދު އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑަކީ އެއްވެސް ޓީމެއްގައި ގޯލްކީޕަރެއްގެ ކަމެއް ނިންމާ މީހެއް ނޫން. އަޅުގަނޑު އަސްލަމްއާ އެކު މަސައްކަތް ކުރިއިރުގައި ވެސް އެކަން އޮތީ އެހެން. ޔޫވީގައި ވެސް ޒަރިޔަންދު ނިންމާނީ ޔޫވީގެ ގޯލުގައި ހުންނާނީ ކާކުތޯ. ދެން އަޅުގަނޑުމެންނަށް ފެނޭ މާ ބޮޑުތަން ތަފާތީ މި ނާޖީ. ދެން އެއް ކަމެއް ރަނގަޅު ބިދޭސީ ކީޕަރު ތަންކޮޅެއް ބޮޑަށް އެފާޓް ލާން ފަށައިފި،" ސާންތީ ބުންޏެވެ.

ނ. ވެލިދު އަށް އުފަން ނާޖީ އެންމެ ފުރަތަމަ ފާހަގަވާން ފެށީ ޝިޔާމް މައުރޫފް ކަޕުންނެވެ. އީގަލްސްގައި މިހާރު ހުރި ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ދިން ފުރުސަތެއްގައި ފުރަތަމަ ނާޖީ އައީ 2019 ވަަނަ އަހަރު ޔޫތު މުބާރާތް ކުޅޭށް ޔުނައިޓެޑް ވިކްޓްރީ އަށެވެ. އެ ފަހަރު އޭނާ ރަނގަޅުވުމުން ޔުނައިޓެޑް ވިކްޓްރީގެ ސީނިއާ ޓީމަށް ޕްރޮމޯޓްކުރި އެވެ.

ލީގުގެ މެޗަކަށް ފަހު ސާންތީ (ކ) އާއި ނާޖީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ލީގުގެ މެޗަކަށް ފަހު ސާންތީ (ކ) އާއި ނާޖީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލީގުގެ މެޗަކަށް ފަހު ސާންތީ (ކ) އާއި ނާޖީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުގައި މުހައްމަދު ނަޒީހު ހުރިއިރު، ކޮންމެވެސް ވަރަކަށް މެޗުތަކުގައި ކުޅެލަން ނާޖީ އަށް ފުރުސަތު ލިބުނެވެ. ފަހުން އެ ޓީމާ ހަވާލުވި މުހައްމަދު އާދަމް ވެސް ނާޖީ ބައެއް މެޗުތަކުގައި ބޭނުންކުރި އެވެ. އެކަމަކު ނާޖީ އަށް އިތުބާރުކޮށް ފުރުސަތު ދޭން ފެށީ ސާންތީ އެވެ. ނާޖީ "އަދަދު" އަށް ބުނީ މިއީ ކުރި މަސައްކަތުން ލިބުނު ފުރުސަތެއް ކަމަށެވެ.

"ބޭނުމީ އަދިވެސް ރަނގަޅުކުރަން ހުރި ކަންތައްތަކަށް ފޯކަސް ކުރަން. ޒަރިޔަންދުގެ ފަރާތުން ވަރަށް އެހީތެރިކަން ލިބޭ. މަޝްހޫރު ކީޕަރަކާ އެކީ މަސައްކަތްކުރެވުމަކީ ވެސް ހިތްހަމަޖެހުމެއް. ޒަރިޔަންދު އަދި ސާންތީ ވަރަށް އެއްޗެހި ބުނެދޭ،" ނާޖީ ބުންޏެވެ.

ރާއްޖޭގައި ގޯލްކީޕަރުން ނުއުފެއްދޭ މައްސަލަ އަކީ މިދިޔަ އަހަރުތަކުގައި ގިނަ ކޯޗުންނާއި ފުޓްބޯޅައިގައި އުޅޭ އެންމެން ކަހަލަ ގޮތަކަށް ކުރި ޝަކުވާ އެކެވެ. ދިވެހި ކީޕަރުންނަށް މި ވަގުތު ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަނީ ވެލެންސިއާ އަށް ކުޅޭ ގައުމީ ޓީމުގެ އެއް ވަނަ ގޯލްކީޕަރު މުހައްމަދު ފައިސަލް، ދަ ގްރާންޑޭގެ ގޯލުގައި މޮޅަށް ކުޅެމުން އަންނަ އިޔާން އަބްދުލް އަލީމް (ޗިކީ)، ގައުމީ ޓީމާއި މާޒިޔާގެ ހުސެއިން ޝަރީފް (ހުސެން)ގެ އިތުރުން ނާޖީ އެވެ. އަނެއް ހަތަރު ކްލަބްގެ ގޯލު ބަލަހައްޓަނީ ބިދޭސީ ކީޕަރުންނެވެ.

ސާންތީ ބުނީ ނާޖީ އަށް ފުރުސަތު ދިނުމުގެ ފަހަތުގައި އޮތް އަނެއް ކަމަކީ ދިވެހި ފުޓްބޯޅަ އަށް ވެސް ކަމެއް ކޮށްދިނުން ކަމަށާއި ނާޖީ މަސައްކަތްކޮށްފިނަމަ މޮޅު ކީޕަރަކަށް ވެ ގައުމީ ލެވަލްގައި ވެސް ކުޅެވިދާނެ ކަމަށެވެ. އަދި އަންނަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ ކޯޗަކަށް ހުރެފިނަމަ ބިދޭސީ ކީޕަރެއް ނުގެނެސް ނާޖީ ޑިވެލޮޕްކުރަން ވިސްނާނެ ކަމަށް ސާންތީ ބުނެފައިވެ އެވެ.

ނާޖީ ވަނީ 2019 ވަނަ އަހަރު އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް ދިޔަ ގައުމީ ޒުވާން ޓީމާއި ހަމަ އެ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީމުގައި ހިމެނިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox