ޗައިނާ މުބާރާތުގެ ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

Nov 10, 2026, 11:20 AM
ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި): ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި): ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކޮށް މުބާރާތުގެ ތިން ވަނަ ހޯދިއިރު، ލިބުނު ތަޖުރިބާ ރަނގަޅު ކަމަށާއި ގައުމީ ފުޓްސަލް ޓީމުން މިހާރު ބޭނުންވަނީ ވެސް ވަރުގަދަ ޓީމުތަކާ ކުޅެން ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ބުނެފި އެވެ. 

މި މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ދެކުނު ކޮރެއާ އަތުން 5-1 އިން ބަލިވެފަ އެވެ. އެކަމަކު، ދެ ވަަނަ މެޗުން ހޮންގް ކޮންގްގެ މައްޗަށް ރާއްޖޭން ވަނީ 7-0 އިން ރެކޯޑް މޮޅެއް ހޯދައިފަ އެވެ. ތިން ވަނަ މެޗުގައި އިއްޔެ، ޗައިނާ ކައިރީގައި ރާއްޖެ ވަނީ 8-3 އިން ބަލިވެފަ އެވެ. ރާއްޖޭން މީގެ 21 އަހަރު ކުރިން، 2005 ވަނަ އަހަރުގެ ފުޓްސަލް އޭޝިއަން ޗެމްޕިއަންޝިޕްގައި ޗައިނާ އަތުން ވަނީ 21-0 އިން ބަލިވެފަ އެވެ. 

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ޗައިނާ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ފީފާ ރޭންކިން އަށް ބަލާއިރު، ދެކުނު ކޮރެއާ އަކީ ދުނިޔޭގެ 69 ވަނަ އެވެ. ރާއްޖެ އަކީ 99 ވަނަ އެވެ.  ހޮންގް ކޮންގް އަކީ ދުނިޔޭގެ 118 ވަނަ އެވެ.  ޗައިނާ އަކީ ދުނިޔޭގެ 84 ވަނަ އެވެ. މި މުބާރާތުގެ ކުރިން ޔޫރަޕްގެ ޓީމުތަކާ ކުޅުނު ޗައިނާ އިން މުބާރާތް ކާމިޔާބުކުރި ތިން މެޗުން ވެސް މޮޅުވެގެންނެވެ. ދެ މެޗުން މޮޅުވި ދެކުނު ކޮރެއާ ދެ ވަނަ އަށް ދިޔައިރު، މެޗަކުން މޮޅުވި ރާއްޖެ ދިޔައީ ތިން ވަނަ އެވެ. އަދި، ހޮންގް ކޮންގް ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. 

Advertisement

އިއްޔެގެ މެޗަށް ފަހު ދިން އިންޓަވިއުގައި އިންމި ބުނީ، ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަކީ ތަޖުރިބާ އަށް ބަލާއިރު ރަނގަޅު މުބާރާތެއް ކަމަށެވެ. 

"މިއީ އަހަރެމެންނަށް ވަރަށް ރަނގަޅު މުބާރާތެއް. އެއީ، ތަޖުރިބާ އަށް ބަލާކަމަށްވާނަމަ، އަހަރެމެން ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން. އަހަރެމެންނަށް އެނގޭ ޗައިނާ އަކީ ވަރަށް ވަރުގަދަ ޓީމެއްކަން. އަަހަރެމެން އިންތިޒާރުވެސް ކުރަމުންދިޔަ މެޗެއް އެއީ، ތަޖުރިބާ އަށް ބަލާއިރު، އެއީ، އަހަރެެމެން އިތުރަށް ރަނގަޅުކުރަން، އަދި އަހަރެމެންގެ ކުރިއެރުމަށްޓަކައި،" އެފްއޭއެމް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ ފުރަތަމަ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް ހޯދި އިންމި ބުންޏެވެ. 

"އަަހަރެމެން ދެކޭގޮތުގައި މި އަށް ވުރެން ރަނގަޅަށް އަހަރެމެންނަށް ކުޅެވޭނެ މިއަދު (އިއްޔެ) އެކަމަކު، ރަނގަޅު ފައިޓެއް ވެސް ދެވުނު،" 

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި): ޗައިނާ މުބާރާތުގެ މެޗަކަށް ފަހު އިންޓަވިއު ދެނީ.
ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި): ޗައިނާ މުބާރާތުގެ މެޗަކަށް ފަހު އިންޓަވިއު ދެނީ.

ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިއާޒް (ނިއާ) ބުނީ، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ދިނީތީވެ ޝުކުރު އަދާކުރާ ކަމަށެވެ. 

"މި މުބާރާތުން އަހަރެމެންނަށް ވަރަށް މުހިންމު ތަޖުރިބާތަކެއް ލިބިއްޖެ، އިންޝާﷲ، އަހަރެމެން ދާނީ ކުރިއަށް،" ނިއާ ބުންޏެވެ. 

 ރާއްޖެ އަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދައިދިން އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކީރޯވް، ޗައިނާ އިންޓަނޭޝަނަލް މުބާރާތަށް ޓީމާ ގުޅުނީ ޗައިނާ އިންނެވެ.

އޭގެ ކުރިން، މާލޭގައި ޓްރެއިނިންތައް ކުރިއަށްެގެންދިޔައީ، އެސިސްޓަންޓް ކޯޗުން ކަމަށްވާ ނިއާ އާއި މުހައްމަދު ފުހެއިދު (ޓޯޑް)ގެ ބެލުމުގެ ދަށުން މާލޭގަ އެވެ. މާލޭގައި އިންޑޯއެއްގައި ޕްރެކްޓިހެއް ކުރަން ފުރުސަތު ނުލިބި މުބާރާތުގެ ކުރިން ރާއްޖެ އަށް އިންޑޯގައި ޕްރެކްޓިސް ކޮށްލަން ލިބުނީ ޗައިނާ އަށް ދިޔަ ފަހުންނެވެ. ޖެނުއަރީ މަހު ތައިލެންޑުގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ހޯދިއިރު، މާލޭގައި އިންޑޯއެއްގައި ޕްރެކްޓިސް ކޮށްލަން ނުލިބުނު ނަމަވެސް، އެފްއޭއެމް އިން ހޯދައިދިން ފުރުސަތެއްގައި ޗައިނާގައި ރާއްޖޭން ކޭމްޕެއް ކުރިއަށްގެންދިޔަ އެވެ. އެ ކޭމްޕަކީ ސާފް ކާމިޔާބުކުރަން އިންޑޯ ޕިޗެއްގައި ގަވާއިދުން ޕްރެކްޓިސް ކޮށް ޓީމު އެކުލަވާލަން ލިބުނު ފުރުސަތެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox