ފީފާގެ އެހީގައި ބޫޓާނުގައި މުބާރާތެއް، ރާއްޖެ އަށް ދައުވަތު ދޭނެ

Oct 20, 2026, 12:59 PM
2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ އެހީއާ އެކު ބޫޓާންގައި އިންޓަނޭޝަނަލް މުބާރާތެއް، "ފީފާ ހިމަލާޔާ ކަޕް"ގެ ނަމުގައި ބޭއްވުމަށް މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ބޫޓާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު، ފުޓްބޯޅައިގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ބޫޓާނަށް އިތުރު ފުރުސަތުތައް ހޯދައިދޭން ފީފާ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އިންފަންޓީނޯ ވަނީ ދެއްވައިފަ އެވެ. 

ބޫޓާންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ޕްރޮޕޯސަލް ފީފާ އަށް ހުށަހެޅީ ފީފާގެ މާލީ އެހީތެރިކަމާ އެކު، އެ ގައުމުގައި އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށެވެ. އަދި، ބޫޓާނުން އެ އިންޓަނޭޝަނަލް މުބާރާތް ކުރިއަށްގެންދާއިރު، މައިގަނޑު ގޮތެއްގައި ފުރުސަތު ފަހިކޮށްދޭން ބޭނުންވަނީ ދެކުނު އޭޝިއާގެ ގައުމުތަކަށެވެ. 

"ފީފާ ހިމަލާޔާ ކަޕް" ކުރިއަށް ގެންދިއުމަށް ފީފާގެ އެހީތެރިކަން ޔަގީންވާ ހިސާބުން އެ މުބާރާތު ގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާގެ ހުރިހާ ގައުމަކަށް ފޮނުވަން ބޫޓާނުން ވަނީ ނިންމައިފަ އެވެ. އަދި، މި މުބާރާތް އަންނަ އަހަރު ބާއްވަން ބޫޓާނުން ބޭނުންވެ އެވެ. 

ބޫޓާންގައި މި ދުވަސްވަރު އަންނަނީ، އޭއެފްސީ ޗެލެންޖް ލީގުގެ އެއް ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުރިއަށްގެންދަމުންނެވެ. އަދި، ބޫޓާންގައި ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅޭ އުމުރުފުރާގެ އެކިއެކި ސާފް މުބާރާތްތައް ހޯސްޓްކޮށްފަ އެވެ. އެކަމަކު، މިހާތަނަށް ބޮޑު މުބާރާތެއް ހޯސްޓްކުރުމުގައި ބޫޓާނަށް އަދި ކުރިއެރުމެއް ނުލިބޭތީވެ، އެ ގައުމުން ފީފާގެ އެހީތެރިކަމަށް އެދުނީ އެވެ. 

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި މި ވަގުތު ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ 15 ވަނަ މުބާރާތް އަންނަ މަހު ބަންގްލަދޭޝްގެ ޑާކާގައި އަންނަ މަހު އޮންނާނެ އެވެ. އެ މުބާރާތް ވެސް ފީފާގެ އެންޑޯޒްމަންޓާ އެކު ކުރިއަށްގެންދިއުމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ މަޝްވަރާތައް ފަށައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox