މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް އަލް މަންސޫރީ އައްޔަންކުރައްވައިފި

Oct 1, 2026, 8:03 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

މޮރޮކޯގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބު ލިބަރަލް-ސެންޓްރިސްޓް ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން، އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް ފާތިމާ އިއްޒަހްރާ އަލް މަންސޫރީ، ރަސްގެފާނު މުހައްމަދު ހަވަނަ އަންގާރަ ދުވަހު އައްޔަންކުރައްވައިފި އެވެ.

ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރަސްގެފާނު މިހާރު ވަނީ އަލް މަންސޫރީއާ ހަވާލުކުރައްވާފަ އެވެ.

އަލް މަންސޫރީ ނިސްބަތްވެވަޑައިގަންނަވާ އޮތެންޓިސިޓީ އެންޑް މޮޑާނިޓީ ޕާޓީ (ޕީއޭއެމް) އަކީ 2008 ވަނަ އަހަރު ރަސްގެފާނުގެ މުޝީރަކު އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން ވަނީ އިޖުތިމާއީ ގޮތުން ގައުމު ޒަމާނީކުރުމަށާއި ސެކިއުލާ ފިކުރަށް ތާއީދުކޮށް، އިސްލާމިސްޓް ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (ޕީޖޭޑީ) އާ ދެކޮޅު ފިކުރެއްގެ ގޮތުގައި މަގާމު ހޯދާފަ އެވެ.

Advertisement

މޮރޮކޯއަކީ ދުސްތޫރީ ރަސްކަމެއް އޮންނަ ގައުމަކަށް ވާއިރު، އެ ގައުމުގެ ޚާރިޖީ ސިޔާސަތާއި، ދިފާއީ ކަންކަމުގެ އިތުރުން މުހިންމު އެހެނިހެން ދާއިރާތަކުގެ ފުރިހަމަ ބާރު އޮންނަނީ ރަސްގެފާނުގެ އަތްޕުޅުގަ އެވެ.

މޮރޮކޯގެ ގާނޫނުއަސާސީ ބުނާ ގޮތުން، ސަރުކާރުގެ އިސްވެރިޔާ ނުވަތަ ބޮޑުވަޒީރުގެ މަގާމަށް ރަސްގެފާނު އައްޔަންކުރައްވަން ޖެހިވަޑައިގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ސިޔާސީ ޕާޓީއަކުންނެވެ.

ނިމިދިޔަ ކޯލިޝަން ސަރުކާރުގެ ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޕީއޭއެމް އިން އިންތިޚާބުގެ އެއްވަނަ ހޯދާފައިވަނީ، މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަދި ސަރުކާރުގެ ބަޖެޓް މެނޭޖަރުގެ މަގާމު ދެ ފަހަރެއްގެ މަތިން ފުރުއްވާފައިވާ ފައުޒީ ލަކްޖާ، އިންތިޚާބުގެ ހަފުތާތަކެއް ކުރިން އެ ޕާޓީއާ ގުޅިވަޑައިގަތުމާ އެކު ލިބުނު ކުރިއެރުމާއެކުގަ އެވެ.

މޮރޮކޯގެ ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަމާއި މަރަކޭޝްގެ މޭޔަރުކަން ކުރައްވާފައިވާ ގާނޫނީ ވަކީލު އަލް މަންސޫރީ، ދެން ކުރިއަށް ގެންދަވާނީ ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތަކެވެ. އަދި ކެބިނެޓްގައި ހިމެނޭ ވަޒީރުންގެ ލިސްޓު އެކަމަނާ ރަސްގެފާނުގެ ތަސްދީގަށް ހުށަހަޅުއްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާސިއާންގެ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވޭ: އޭޑީބީ

ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭޑީބީގެ ރިޕޯޓަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، ސަރުކާރުތަކުގެ ބަޖެޓުން މި ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޭންކުން ފާހަގަކުރެއެވެ.

މައްސަލަ ތަހުގީގުކުރަން އެންވީޑިއާއިން ލޯ ފާމްތަކަކާ ހަވާލުކޮށްފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގުޅުން ބޭއްވި މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ވަރުގަދަ ލޯ ފާމަކާ އެކުންފުނިން ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެފްބީއައި އިން ވެސް ތަހުގީގެއް ފަށާފައިވާއިރު، އެންވީޑިއާގެ ބާޒާރުގެ އަގުން 500 ބިލިއަން ޑޮލަރު ވަނީ ވެއްޓިފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox