2.4 މިލިއަން ރުފިޔާގެ ލޯނު ދިން މީހާ އެއީ ކާކުކަން ހާމަކުރަން ބޭނުމެއް ނުވޭ: ސައުދާ

މެންބަރު ސައުދާ މަޖިލީހުގައި: އޭނާއަށް ލޯނު ދިން މީހާ ހާމަކުރަން ވަނީ ދެކޮޅު ހަދާފައި -- ފޮޓޯ: މަޖިލިސް

މެންބަރު ސައުދާ މަޖިލީހުގައި: އޭނާއަށް ލޯނު ދިން މީހާ ހާމަކުރަން ވަނީ ދެކޮޅު ހަދާފައި -- ފޮޓޯ: މަޖިލިސް

ރައީސް މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ، އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއަށް 2.4 މިލިއަން ރުފިޔާގެ ލޯނު ދިން މީހާ އެއީ ކާކުކަން ހާމަކުރަން ބޭނުން ނުވާ ކަމަށް ސައުދާ ބުނެފި އެވެ. 

ސައުދާ އަދަދު އަށް ވިދާޅުވީ ލޯނު ދިން މީހާގެ މައުލޫމާތު މާލީ ބަޔާނުގައި ހާމަނުކުރީ އެކަން އެގޮތަށް ކުރަން މަޖުބޫރު ނުވުމުން ކަމަށާއި ލޯނު ދިން މީހާވެސް އެއީ ކާކުކަން ހާމަކުރަން ބޭނުން ނުވާ ކަމަށެވެ. 

"އިންނާނެ އަމިއްލަ ފަރާތަކުންނޭ ޖަހާފައި [މާލީ ބަޔާނުގައި]. ދެން މާލީ ބަޔާނުގައި ސީދާ މީހާގެ ނަމާއި އައިޑީކާޑާއި ހުރިހާ އެއްޗެއް ހުށަހަޅާކަށް ނީނދޭ އެނގޭތޯ. އޭގައި ހާމަކުރަންޖެހޭ ވަރަށް އަޅުގަނޑު ހާމަކޮށްފައި އެއިނީ އެނގޭތޯ. އަޅުގަނޑެއް ނޫން. އަޅުގަނޑު މީހެއް އަތުން ނެގީ. އެމީހާ ބޭނުން ނުވަންޏާ އަޅުގަނޑަށް އެމީހާގެ މައުލޫމާތެއް ނުދެވޭނެތާ ދެއްތޯ،" އޭނާ ވިދާޅުވި އެވެ. 

Advertisement

ސައުދާ މީގެކުރިން ވިދާޅުވެފައިވަނީ 2.4 މިލިއަން ރުފިޔާގެ ލޯނަކީ ވިޔަފާރިވެރިއެއް އަތުން ނެގި ސްޓޫޑަންޓް ލޯނެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ބެހޭ ހުރިހާ މައުލޫމާތެއް ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ. 

ސައުދާގެ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާވުމުން އެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފްލެގްވި އެވެ. އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލި ކަމެއް ނޭނގެ އެވެ. 

މި އަހަރާއި މިދިޔަ އަހަރު ސައުދާ މަޖިލީހަށް ހުށަހެޅި މާލީ ބަޔާނުން އެނގޭ ގޮތުގައި އަހަރެއްގެ ތެރޭގައި 990،000ރ. އޭނާއަށް މުސާރައިގެ ގޮތުގައި ވަނީ ލިބިފަ އެވެ. އޭނާގެ އެކައުންޓްތަކުގައި މި އަހަރު މާލީ ބަޔާން ހުށަހެޅިއިރު ހުރީ 11،697ރ. އާއި 119.61 ޑޮލަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox